ދިއްގަރުގައި ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
ދިއްގަރުގައި ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

މ. ދިއްގަރުގެ ފަޅު ތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ދެ މީހަކު މިއަދު ފިހިއްޖެ އެވެ.

ދިއްގަރުގައި ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
ދިއްގަރުގައި ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ، ހެނދުނު 9:50 ހާއިރު ލޯންޗުގައި ރޯވީ މަހަށް ދާން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. ލޯންޗުގެ ވެރިފަރާތާއި އިތުރު މީހަކު އޭރު އެ އުޅަނދުގައި ތިއްބެވެ.

ދިއްގަރުގައި ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
ދިއްގަރުގައި ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

ލޯންޗުގައި ރޯވުމާއެކު އެ މީހުން ނަގައިގެން ގެންދިޔައީ ރަށު ސިއްހީ މަރުކަޒަށެވެ. ނަމަވެސް، ދެ ފިރިހެނުންނަށް އިތުރު ފަރުވާ އަށް އިމަޖެންސީގައި 11:40 ހާއިރު މާލެ ފޮނުވާލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ނިޝާން ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އެކަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. އެ މީހާގެ ދެ ފައި ވަރަށް ބޮޑަށް ފިހިފައިވާއިރު، ދެން ހުރި މީހާއަށް ވެސް އެކި ޒަހަމްތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޭވީސް ފޫޓުގެ އެ ލޯންޗަކީ އަތޮޅު ތެރޭގައި ދަތުރުކުރުމަށް ބޭނުންކުރާ ލޯންޗެކެވެ. އެ ލޯންޗުގައި ޕެޓްރޯލް ހުރުމުން ފަޅުތެރެއަށް ފައްތާލުމަށް ފަހު މިހާރު ވަނީ ނަގައިފަ އެވެ. އެ ހާދިސާގައި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.