07 ފެބުރުއަރީ 2023 - 13:30

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އެމްއެޗްއޭ އިން "ރޯދަ ހަދިޔާ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެއީ އެމްއެޗްއޭގެ ފިހާރަތަކުން "އެމްއެޗްއޭ ރިވޯޑްސް" ބޭނުން ކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނަކެވެ. "އެމްއެޗްއޭ ރިވޯޑްސް" އަކީ އެ ފިހާރަ އިން މި ދިޔަ އަހަރު ތައާރަފުކުރި ލޯޔަލްޓީ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޕޮއިންޓުން ކަސްޓަމަރުންނަށް ފަސް ޕަސެންޓުގެ ކްރެޑިޓް އަނބުރާ ލިބޭނެ އެވެ.
ޕޮއިންޓް ލިބޭ ގޮތުގެ ތަފްސީލާއި ލިބޭ ޕޮއިންޓުގެ ތަފްސީލު އެ ޕްރޮގްރާމަށް ރަޖިސްޓަރީ ކުރުމުން ލިބޭނެ އެވެ. ލޯޔަލްޓީ ޕްރޮގުރާމަށް އެމްއެޗްއޭގެ ފިހާރަތަކުން ރަޖިސްޓަރީ ކުރެވޭނެ އެވެ.
އެމްއެޗްއޭގެ "ރޯދަ ހަދިޔާ"ގެ ބައިވެރިންގެ ތެރެއިން ރޯދަ މަސް ފެށެން ދެން ކޮންމެ ހަފުތާއަކު ވެސް އެ ކުންފުނީގެ ކޮންމެ ފިހާރައަކުން ނަސީބުވެރިއެއް ހޮވައި އަގުހުރި "ގިފްޓް ހެމްޕާ" އެއް ދޭނެ އެވެ. އަދި ރޯދަ މަސް ފެށުމުން ރީޓެއިލް ހުރިހާ ފިހާރައަކުން ކޮންމެ ދުވަހަކު ނަސީބުވެރިއެއް ހޮވައި އަގުހުރި "ގިފްޓް ހެމްޕާ" އެއް ދޭނެ އެވެ.
ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ މުއްދަތުގައި އެމްއެޗްއޭގެ ހޯލްސޭލް ފިހާރަތަކުން ހާއްސަ އަގުތަކެއްގައި މުދާ ލިބޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.