ކާއްޓޭ އާއި މަޓޭގެ ފުރަތަމަ ކޮމެޑީ ފިލްމުގެ ޓީޒާ ދައްކާލައިފި
ކާއްޓޭ އާއި މަޓޭގެ ފުރަތަމަ ކޮމެޑީ ފިލްމުގެ ޓީޒާ ދައްކާލައިފި

މަޖާ ވީޑިއޯތަކުންނާއި އިޝްތިހާރުތަކުން މަޝްހޫރުވި ނަޒީރު ޝިހާމް (ކާއްޓޭ) އަދި ހުސެއިން ސާދު (މަޓޭ) ގެ ފުރަތަމަ ކޮމެޑީ ފީޗާ ފިލްމު، "ވަނާޖްބޭސާ" ގެ ޓީސާ އެއް ދައްކާލައިފި އެވެ.

ކާއްޓޭ އާއި މަޓޭގެ ފުރަތަމަ ކޮމެޑީ ފިލްމުގެ ޓީޒާ ދައްކާލައިފި
ކާއްޓޭ އާއި މަޓޭގެ ފުރަތަމަ ކޮމެޑީ ފިލްމުގެ ޓީޒާ ދައްކާލައިފި

ވިޝާލް ޒަކީ ލިޔެ، ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި ކާއްޓޭ އަދި މަޓޭގެ އިތުރުން، ސިފައިންގެ ޑްރާމާތަކުންނާއި ސްޓޭޖް ތަމްސީލުގެ އިތުރުން "ހާދަރު" ފިލްމުގެ ވިލަންގެ ރޯލުން ފެނުނު، މުހައްމަދު ސައީދު ވެސް ލީޑު ރޯލަކުން ފެނެ އެވެ.

ފިލްމުގެ ޑައިރެކްޓަރު ވިޝާލް "މިހާރު" އަށް ކިޔައިދިން ގޮތުގައި، މި ފިލްމު ޝޫޓުކޮށްފައި ވަނީ ފ. ނިލަންދޫ އަދި ފ. ފީއަލީގަ އެވެ. ފިލްމުގެ ލީޑުން ފެންނަ ތިން މީހުންގެ އިތުރުން ދެން ތިބި ކާސްޓުންނަކީ އެ ރަށްތަކުގެ މީހުން ކަން އޭނާ ފާހަގަކުރި އެވެ.

"ނިލަންދޫ މީހުންގެ ސަޕޯޓު ވަރަށް ލިބުން. އެ ރަށު ވަރަށް ގިނަ މީހުން ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނެ" މި ރޮމޭންޓިކް ކޮމެޑީ ފިލްމުގެ ސިނަމަޓޯގްރަފީ އަދި އެޑިޓިންގެ މަސައްކަތް ވެސް ކުރި ވިޝާލް ބުންޏެވެ.

އޭނާ ބުނީ ފިލްމުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ތެރޭ، ޒަމާނީ ވަސީލަތްތަކާ އެކު އަލުން ހުޅުވާފައިވާ އޮލިމްޕަސް ސިނަމާގައި އެ ފިލްމު އަޅުވަން ކަމަށެވެ.

"މިއީ ޓީޒާއެއް. އަދި ޕޯސްޓާ ރިލީސިން އާއި ޓްރެއިލާ ދައްކާލުން ކުރިއަށް އޮންނާނެ،" ވިޝާލް ބުންޏެވެ.

"ޕާޓިކަލް ސްޓޫޑިއޯ" އާއި "ދަ ސްޓޫޑިއޯ" ގެ އިތުރުން "ވާންޗޯ އެންޓަޓެއިންމެންޓްސް" ގުޅިގެން ތައްޔާރުކުރާ "ވަނާޖްބޭސާ" ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތު އަދި ހިއްސާކުރަން ބޭނުން ނުވާކަން ފާހަގަކޮށް، ވިޝާލް ބުނީ އެއީ ތަފާތު ޓްވިސްޓުތައް ފެންނާނެ މަޖާ ފިލްމަކަށް ވާނެ ކަމަށެވެ.