ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ
ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ

މިދިޔަ 84 އަހަރުގެ ތެރޭގައި ތުރުކީ ވިލާތަށް އިއްޔެ އައި އެންމެ ބާރުގަދަ ދެ ބިންހެލުމުގައި އެ ގައުމުންނާއި އަވައްޓެރި ސީރިޔާ އިން މަރުވި މީހުންގެ އަދަދު 5،000 އަށް އަރަން ކައިރިވެއްޖެ އެވެ.

ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ
ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ

މިހާތަނަށް ލިބުނު ހިސާބުތަކަށް ބަލާއިރު، އިއްޔެ ތުރުކީ ވިލާތަށް އައި ބާރުގަދަ ދެ ބިންހެލުމާއި އެއާ ވިދިގެން އެރި ބާރުގަދަ ލޮޅުންތަކުގައި ތުރުކީ ވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،900 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ވާނެ ކަމަށް ރެކޯޑް ކުރެވިފައިވާތީ، އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރަމުންދާ ވަރަކަށް، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.

ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ
ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ

މި ބިންހެލުންތަކުގައި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ސީރިޔާގައި ވެސް ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާނެތީ، މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ
ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ

ދެ ގައުމުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، މި ބިންހެލުންތަކުގައި ތުރުކީ ވިލާތުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 15،300 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނި ގޮތުގައި އިމާރާތްތައް ވެއްޓުނުތާ 12 ގަޑިއިރު ފަހުން ވެސް، ބައެއް އިމާރާތްތަކުގެ ދަށުން، އެހީތެރިކަމަށް އެދި މީހުން ގޮވާ އަޑު އިވެ އެވެ.

ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ
ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ

ސީރިޔާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި އިއްޔެގެ ބިންހެލުންތަކުގައި އެ ގައުމުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 3،400 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މި ބިންހެލުންތަކުގައި ސީރިޔާ އިން ގެއްލުން ލިބުނު ސަރަހައްދުގެ ތެރޭގައި، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ހުރި ބައެއް ތަންތަން ވެސް ހިމެނެ އެވެ.

ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ
ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ

އެހެންކަމުން، ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގަޔާއި، ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކުގައި އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ.

ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ
ތުރުކީ ބިންހެލުން: މަރުވި އަދަދު 5،000 އަށް އަރަނީ

ތުރުކީ ވިލާތުން ބުނި ގޮތުގައި އިއްޔެ ބިންހެލުންތަކުގައި އެ ގައުމުން ވަނީ މަދުވެގެން 6،217 އިމާރާތް ވެއްޓި ބިމާ ހަމަވެފަ އެވެ. ގިނަ އިމާރާތްތައް ވެއްޓުނީ އެ ގައުމުގެ އިރުދެކުނު ސަހަރެއް ކަމަށްވާ އަދިޔަމާން އާއި ކުރުދީންގެ އަޣުލަބިއްޔަތު އޮންނަ، އިރުދެކުނު ސަހަރެއް ކަމަށްވާ ދިޔާރްބަކްރު އިންނެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ މަގުތަކާއި ހައިވޭތަކުގެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ އިރު، ބައެއް މަގުތަކާއި ހައިވޭތައް ވަނީ، ބޮޑު މަރާމާތަކަށް ފަހުގައި ނޫނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން ބައެއް ވައިގެ ބަނދަރުތަކުގެ ރަންވޭތައް ވެސް ރެނދުލައި ކަނޑައިގެން ގޮސްފައިވާ ކަމަށް ތުރުކީ ވިލާތުން ބުނެ އެވެ.

ސީރިޔާ އިން ވެއްޓުނު އިމާރާތްތަކުގެ ޖުމްލަ އަދަދެއް މިހާތަނަށް މުޅިން ސާފެއް ނުވި ނަމަވެސް، އެ އަދަދު ހާހުން މައްޗަށް ގޮސްފައިވާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭގެ އިތުރުން، ހާހަކަށް ވުރެ ގިނަ އިމާރާތުގެ ބޮޑު ބައެއް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އިއްޔެގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ހޯމަ ވިލޭރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، އިއްޔެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާންމަރަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.

ނުވަ ގަޑިއިރުގެ ތެރޭގައި ބާރު ގަދަ ދެ ބިންހެލުން އައި އިރު، ގިނަ މީހުން މަރުވީ ދެ ވަނަ ބިންހެލުމާ ވިދިގެން ލިބުނު ގެއްލުންތަކުގަ އެވެ. އެ ދެ ބިންހެލުމުގެ ތެރެއިން ބާރުގަދައީ ފުރަތަމަ އައި ބިންހެލުން ކަމަށް ވިޔަސް، ގިނަ އިމާރާތްތައް ވެއްޓުނީ ދެ ވަނަ ބިންހެލުމުގަ އެވެ. އިއްޔެގެ ފުރަތަމަ ބިންހެލުމަށް ފަހު، މިއަދުގެ ހެނދުނާ ހަމައަށް އެކި ބާރުމިނުގައި 240 އަށް ވުރެ ގިނަ ލޮޅުން އެ ސަރަހައްދަށް އައިސްފައިވެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ފުރަތަމަ ބިންހެލުމަށް ވުރެ ދެ ވަނަ ބިންހެލުމުގެ ބާރު ދަށްވިޔަސް، ދެ ވަނަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ އަދަދު ގިނަވީ، ފުރަމަ އައި ބާރުގަދަ ބިންހެލުމުގައި، ބިންގަނޑުގެ ފަސްގަނޑު ދޫވެ، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށް، ހަމަ އެހާ ބާރުގަދަ ބިންހެލުމެއް އައުމުންނެވެ.

ތުރުކީ ވިލާތުން ބުނި ގޮތުގައި އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމަކީ، މީގެ 84 އަހަރު ކުރިން 1939 ވަނަ އަހަރު، އެ ގައުމުގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ އެރްޒިންކާން އަށް އައި ބާރުގަދަ ބިންހެލުމަށް ފަހު، އެ ގައުމަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ އެވެ. ޑިސެމްބަރު 27، 1939 ގައި، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި އެރްޒިންކާން އަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް އިމާރާތެއް ވެއްޓި، 32968 މީހުން މަރުވެ، އިތުރު އެއް ލައްކަ އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.