ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް
ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް

ގާޒިއަންޓެޕް (ފެބްރުއަރީ 6) - ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދަށް ދެ ފަހަރެއްގެ މަތިން މިއަދު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،300 އަށް އަރައިފި އެވެ.

ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް
ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް

ތުރުކީން 1،541 މީހުން މަރުވި ކަމަށް އެސޯސިއޭޓަޑް ޕްރސްއިން ރިޕޯޓްކޮށްފައި ވެއެވެ. ސީރިއާގެ ސަރުކާރު ކޮންޓްރޯލް ކުރާ ސަރަހައްދުތަކުން މަރުވި މީހުންގެ އަދަދަކީ 430 އެވެ. ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ގުރޫޕްތައް ކޮންޓްރޯލް ކުރާ ސަރަހައްދުން 380 މީހުން މަރުވެފައިވާ ކަމަށް އޭޕީން ބުންޏެވެ.

ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް
ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް

އެ ބިން ހެލުންތަކުގައި 8،000 އެއްހާ މީހުން ޒަހަމްވި އެވެ. މީހުން ސަލާމަތް ކުރަން މަސައްކަތް ކުރާ ޓީމުތަކުން ބުނި ގޮތުގައި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންނާ އެކު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް
ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް

ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބް އުރުދުގާން ނެރުއްވި ތަފާސްހިސާބުތަކުގައި ވާގޮތުން 2،818 އަށް ވުރެ ގިނަ އިމާރާތް ވަނީ ވެއްޓިފަ އެވެ.

ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް
ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް

ފުރަތަމަ ބިން ހެލުން އައީ ފަތިހު އެވެ. އެ ބިންހެލުން އައީ 7.8 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. އޭގެ އެއްގަޑިއރު ފަހުން ދެވަނަ ބިންހެލުމެއް އައެވެ. ބިންހެލުންތައް ރެކޯޑް ކުރާ ޖިއޮލޮޖިކަލް ސިސްޓަމްތަކުން އެނގޭ ގޮތުގައި މިއަދުގެ ބިންހެލުމަކީ އެ ސަރހައްދަށް މިދިޔަ 100 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް
ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް

އަލް ޖަޒީރާ އިން ބުނީ ހަފުތާއެއް ވަންދެން ތުރުކީގެ ސްކޫލްތަކާއި ބަންދު ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި 10 ޕްރޮވިންސެއްގައި ޔުނިވަސިޓީތައް ބަންދު ކުރުމަށް ވަނީ ނިންމައިފަ އެވެ. ތުރުކީ އަށް މި ދުވަސްވަކީ ސްނޯ ވެހެމުންދާ ދުވަސްވަރކެވެ. ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަމުގެ ގޮތުގައި ސްކޫލްތައް ހަމަޖެއްސުމަށް ތުރުކީ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް
ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް

ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ތިއްބީ ތައްޔާރަށެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ތުރުކީން އެދުނު ކޮންމެ އެހީ ދިނުމަށް އެމެރިކާގެ އިދާރާތަކުން ތައްޔާރަށް ތިބުމަށް އަންގައިފަ އެވެ. ރަޝިއާގެ ރައީސް ވްލަޑްމިއާ ޕުޓިން ވަނީ ސީރިއާ އަށް އެހީވާން ނިންމައިފަ އެވެ. ސީރިއާގެ ސަރުކާރު ހިމާޔަތް ކުރުމަށް އެ ގައުމުގައި ރަޝިއާ ސިފައިން މިހާރު ވެސް ތިބެ އެވެ.

ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް
ދެ ފަހަރަށް ބިންހެލުން އައި، މަރުވި މީހުންގެ އަދަދު 2،300 އަށް

ތުރުކީ އާއި ގްރީސްގެ ގުޅުން ގޯސްވެފައި ވީނަމަވެސް އެ ގައުމަށް އެންމެ ފުރަތަމަ އެހީވީ އަވަށްޓެރި ގްރީސް އެވެ. އެގޮތުން ގްރީސް އިން 21 މެންބަރުންގެ ޓީމެއް މިހާރު ވަނީ ތުރުކީ އަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ފަސް ޑޮކްޓަރުން ވެސް ހިމެނެ އެވެ. އަދި ޖިއޮލޮޖިސްޓުންނާއި ސިވިލް ޑިފެންސް އޮފިޝަލުން ވެސް ހިމެނެ އެވެ.

ޖަރުމަނުން ވަނީ ވަގުތީ ހިޔާ ހަދަން ބޭނުން ކުރާނެ ޓެންޓްތަކާއި ބޯފެނާއި ކާބޯތަކެތި ފޮނުވާނެ ކަމަށް ބުނެފަ އެވެ. ޕޮލެންޑުން ވެސް ވަނީ ރެސްކިއު ޓީމެއް ފޮނުވައިފަ އެވެ.