07 ފެބުރުއަރީ 2023 - 06:43

އެކްޓްރެސް އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ އަކީ އުފަން ދުވަސް ފާހަގަކުރުމުގައި އަބަދުވެސް ފޭނުންގެ ސަމާލުކަން ހޯދާ ފަންނާނެކެވެ. ކޮންމެ އަހަރަކު ވެސް އުފަން ދުވަހު އޭނާ ތަފާތު ކަމެއް ކުރެ އެވެ.

ފެބްރުއަރީ 6 ގައި އޭނާ ފާހަގަކުރާ އުފަން ދުވަހަށް މިފަހަރު އޮތީ ކޮން ޕްލޭނެއްތޯ "ޕިންކްވިލާ" އިން ސުވާލުކުރުމުން ބުނީ 31 ވަނަ އުފަން ދުވަސް ފާހަގަކުރުން އޮންނާނީ ދުބާއީގައި ކަމަށާއި މިފަހަރު އޭނާގެ އެންމެ ގާތް ހުރިހާ އެކުވެރިން ދުބާއީގައި އެއްތަންވާނެ ކަމަށެވެ.

ނޯރާ ބުނީ އޭނާ އަކީ ދުނިޔޭގެ އެކި ހިސާބުތަކުން ގާތް އެކުވެރިން ގެންގުޅޭ މީހެއް ކަމަށާއި އެ އެކުވެރިންނަކީ އޭނާއަށް ވަރަށް ހާއްސަ ބައެއް ކަމަށެވެ.
ނޯރާ ބުނި ގޮތުގައި މިއީ މިއީ އޭނާގެ އެންމެ ގާތް ހުރިހާ އެކުވެރިން އެއްތަނަކަށް އެއްވާ ފުރަތަމަ ފަހަރު ކަމަށެވެ.
އޭނާގެ މި ޕްލޭންގެ ކުރިން ވެސް އުފަން ދުވަހުގެ ސެލެބްރޭޝަންތައް ވަނީ ބާއްވައިފަ އެވެ.
ނޯރާގެ 44 މިލިއަން ފޮލޯވާސް ތިބި އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީ އަށް ވަނީ އޭނާގެ ރައްޓެހިން ދިން ސަޕްރައިޒް ޕާޓީގެ މަންޒަރުތައް ޝެއާކޮށްފަ އެވެ. އޭގައި، "ހެޕީ ބާތު ޑޭ" ލިޔެފައި އިން ތައްޓަކާއި، ކޭކް ފޮއްޗަކާ އެކު، ރޯކޮށްފައި އިން އުށްބައްތިއެއް ފެނެ އެވެ.