ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ގާޒިއެންޓެޕް، ތުރުކީ (ފެބްރުއަރީ 6) - ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް މިއަދު އައި 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

މިއަދު ހެނދުނު އައި މި ބިންހެލުމުގައި ތުރުކީން 284 މީހުން އަދި ސީރިއާއިން 230 މީހުން ވަނީ މަރުވެފަ އެވެ. ތުރުކީގެ ނައިބު ރައީސް ފުއާތު އޮކްޓައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ 2323 މީހުން ޒަހަމް ވެފައިވާ ކަމަށެވެ. އިމާރާތްތަކުގެ ދަށުގައިވާ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރާ ރެސްކިއު ޓީމުން ބުނީ މަރުވެފައިވާ މީހުންގެ އަދަދު އިތުރު ވާނެ ކަމަށެވެ.

ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ތުރުކީގެ ދެކުނު ގާޒިއަން ޓެޕް ސިޓީ އާ 150 މޭލް ދުރުން ސީރިއާގެ އިމާ ކައިރި އަށް އައި މި ބިންހެލުމުގެ ދެ ގައުމުން 100 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ.

ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ތުރުކީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި އާންމުން މޯބައިލް ފޯނު ބޭނުން ނުކޮށް ރެސްކިއު ޓީމަށް އެހީވުމަށް އެ ގައުމުގެ ސަރުކާރުން ގޮވާލައިފައި ވެއެވެ.

ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ތުރުކީގެ ކާރިސާއާ ބެހޭ އިދާރާއިން ބުނީ ބިންހެލުމުގެ ފަހުން ވެސް އިތުރު ހެލުންތައް އެ ސަރަހައްދަށް އައި ކަމަށެވެ. ބިންހެލުމުގެ ގުޑުންތައް ސައިޕްރަސް، ލުބުނާން އަދި އިސްރާއީލްގައި ދިރިއުޅޭ މީހުންނަށް ވެސް އިހްސާސް ކުރެވުނެވެ. މިއީ ތުރުކީގެ ތާރީހުގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

މި ބިންހެލުމާ ގުޅިގެން ސްނާމީ އަރައިފާނެކަމުގެ އިންޒާރު އިޓަލީގެ ސަރުކާރުން ދިން ނަމަވެސް މިހާރު އެ އިންޒާރު ވަނީ ނަގައިފަ އެވެ. އިޓަލީގެ ދެކުނު ކަނޑުގެ އައްސޭރި އާ ކައިރީގައި އުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިޓަލީގެ ސަރުކާރުން ރޭ ފަތިހު އިންޒާރު ދިނެވެ. އެކަމަކު އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ފަހުން ބުނީ އެފަދަ އަލާމާތެއް މިހާރު ފާހަގަވާން ނެތް ކަމަށެވެ.

ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އެގޮތުން އިޓަލީގެ ދެކުނު ސަރަހައްދުގައި ބަހާއި ޓްރެއިންގެ ހިދުމަތްތައް ވެސް އެއް ގަޑިއރު ވަންދެން މެދު ކަނޑާލި އެވެ. އަލުން އެ ދަތުރުތައް ފެށީ ސްނާމީގެ އިންޒާރު ނެގުމުންނެވެ.

ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބާރުގަދަ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އެހެން ގައުމަކުން އެ ފަދަ އިންޒާރެއް ނެރެފައެއް ނުވެ އެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން އެންމެ ފުރަތަމަ ތުރުކީ އަށް ހުށަހެޅި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ހަނގުރާމައިގެ ވިލާގަނޑެެއްގެ ދަށުގައި އޮތް ޔޫކްރޭނެވެ. އެ ގައުމުގެ ރައީސް ވަލްޑަމީރް ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކުވެރި ތުރުކީ އަށް އެހީވާން ޔޫކްރޭނުން ވެސް ތައްޔާރަށް އޮތް ކަމަށެވެ.

ޔޫކްރޭނާއި ރަޝިއާގެ ދެމެދު ސުލްހަ ގާއިމު ކުރުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރަން ތުރުކީން ތައްޔާރަށް އޮތް ކަމަށް މީގެ ކުރިން ހާމަކޮށްފައި ވެއެވެ. އަދި މިދިޔަ ޖޫން މަހު ތުރުކީން ވަނީ ބްލެކް ސީ މެދުވެރިކޮށް ގޮދަނުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ޔޫކްރޭނަށް ދީފަ އެވެ. ޒެލެންސްކީ ވަނީ ތުރުކީން އަދާ ކުރި އެ ދައުރު ވެސް ފާހަގަ ކުރައްވައިފަ އެވެ.

އެހީވާން ހުށަހެޅި އެހެން ގައުމުތަކުގެ ތެރޭގައި އިސްރާއީލާއި ގްރީސް ވެސް ހިމެނެ އެވެ. ގްރީގެ ބޮޑު ވަޒީރު ކިރިއަކޯސް މިޓްސޮޓާކިސް ވިދާޅުވީ ގްރީސް އަށް އެހީ ވެދެވެން ހުރި ދާއިރާތަކަކީ ކޮބައިތޯ ބަލައި އެހީވާން ތައްޔާރަށް ހުންނެވި ކަމަށެވެ. އިސްރާއިލްގެ ރައިސް އައިސާކް ހަރްޒޮގް ވިދާޅުވީ އިސްރާއީލްގެ އެހީތެރިކަން ކޮންމެ ދާއިރާއެއްގައި ދިނުމަށް ވެސް ތައްޔާރަށް ތިބި ކަމަށެވެ. މިސްރުން ވެސް ވަނީ ތުރުކީ އާއި ސީރިއާ އަށް ވެސް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.