ތުރުކީއަށް ބާރުގަދަ ބިންހެލުމެއް
ތުރުކީއަށް ބާރުގަދަ ބިންހެލުމެއް

ތުރުކީގެ އިރުމަތީގައި، ސީރިއާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ގާޒީއަންތާބް އަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް
ތުރުކީއަށް ބާރުގަދަ ބިންހެލުމެއް

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި މިއީ 7.8 މެގްނިޓިއުޓްގައި މި ބިންހެލުން އައީ ތުރުކީ ގަޑިން ފަތިހު 4:17 ގަ އެވެ.

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް
ތުރުކީއަށް ބާރުގަދަ ބިންހެލުމެއް

މި ބާރުގަދަ ބިންހެލުމުގެ އަސަރު ތުރުކީގެ ވެރިރަށް އަންކާރާ އާއި އެހެން ސިޓީތަކުގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ކުރި އެވެ.

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް
ތުރުކީއަށް ބާރުގަދަ ބިންހެލުމެއް

ރިޕޯޓްތައް ބުނާ ގޮތުގައި، ބިންހެލުމާ އެކު ވަރަށް ގިނަ އިމާރާތްތައް ވެއްޓި އެތައް ބަޔަކު އެ ތަންތަނުގެ ދަށުގައި ތާށިވެފައި އެބަތިއްބެވެ.

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް
ތުރުކީއަށް ބާރުގަދަ ބިންހެލުމެއް

ތުރުކީގައި ހުރި ބީބީސީގެ ރިޕޯޓަރަކު ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 45 ސިކުންތު ވަންދެން ބިން ހެލުނެވެ. ތުރުކީގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ބިންހެލުމުގެ ބާރުމިނަކީ 7.4 މެގްނިޓިއުޑް ކަމަށާއި ފުރަތަމަ އައި ބިންހެލުމުގެ ފަހުން ވެސް ވަރުގަދަ ލޮޅުންތައް އެރި ކަމަށެވެ.

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް
ތުރުކީއަށް ބާރުގަދަ ބިންހެލުމެއް

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެކަމަކު ތުރުކީން ވަނީ އިމަޖެންސީ ހާލަތުގެ އެންމެ މަތީ ދަރަޖަ ކަނޑައަޅައި، އެހީގެ މަސައްކަތް ފަށައިފަ އެވެ. ބައެއް ރިޕޯޓް ބުނާ ގޮތުގައި އުސް އެތައް އިމާރާތެއް ވެއްޓި މީހުން މަރުވެފައިވެ އެވެ.

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް
ތުރުކީއަށް ބާރުގަދަ ބިންހެލުމެއް

ތުރުކީން ވަނީ މި ވަގުތު އެ ގައުމަށް ބައިނަލްއަގުވާމީ އެހީ ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.