05 ފެބުރުއަރީ 2023 - 15:24

ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައިވާ ކެމެރާތައް ފުލުހުންނަށް ވެސް ބެލޭނެ ގޮތް ހެދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފުލުހުން ބުނީ، އެއީ ހުޅުމާލޭގެ 2 ގައި އިމާރާތް ކޮށްފައިވާ ހިޔާގެ 16 ޓަވަރުގެ ފްލެޓުތަކުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރެކޯޑްކުރާ މަންޒަރުތަކާއި އަޑުތައް ފުލުހުންނާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމުގެ ނަތީޖާއަކީ ފުލުހުން ބުނިގޮތުގައި، ފީޑް ކަނެކްޝަން ދިނުމަށް ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމެވެ.
ފުލުހުން ބުނީ، އެއީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށާއި ހުޅުމާލޭގެ 2 ގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ، ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމަށް އޭގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަވަސް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އޮފް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އެޗްޑީސީން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު އާތިފެވެ.
އެޗްޑީސީން ބުނީ 16 ޓަވަރުގައި 3،282 ކެމެރާ ހަރުކުރާނެ ކަމަށެވެ. މިހާރު ކޮންމެ ބުރިއެއްގައި ހަރުކޮށްފައި ވަނީ ހަތް ކެމެރާ ކަމަށް އެ ކުންފުނިން ބުންޏެވެ.