"ހައި ސްކޫލް މިއުޒިކަލް" އިން ވިދާލި ވެނެސާ ހަޖަންސް އެންގޭޖު ވެއްޖެ
"ހައި ސްކޫލް މިއުޒިކަލް" އިން ވިދާލި ވެނެސާ ހަޖަންސް އެންގޭޖު ވެއްޖެ

"ހައި ސްކޫލް މިއުޒިކަލް" ފިލްމުތަކުން ވިދާލި އެކްޓްރެސް، ވެނެސާ ހަޖަންސް އެންގޭޖު ވެއްޖެ އެވެ.

"ހައި ސްކޫލް މިއުޒިކަލް" އިން ވިދާލި ވެނެސާ ހަޖަންސް އެންގޭޖު ވެއްޖެ
"ހައި ސްކޫލް މިއުޒިކަލް" އިން ވިދާލި ވެނެސާ ހަޖަންސް އެންގޭޖު ވެއްޖެ

ޑިޒްނީ ޗެނަލް އިން 2006 އިން 2008 ވަނަ އަހަރާ ދެމެދު ގެނެސްދިން އެ ސީކުއެލްގައި ގަބްރިއެލާ މޮންޓޭޒްގެ ރޯލުން ފެނުނު ވެނެސާ އެންގޭޖްވީ އެމެރިކާގެ ޕްރޮފެޝަނަލް ބޭސް ބޯލް ކުޅުންތެރިޔާ، ކޯލް ޓަކާއާ އެވެ.

އެންމެ ފުރަތަމަ މި ހަބަރު ރިޕޯޓްކުރި ޓީއެމްޒީ ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެ ދެ މީހުން އެންގޭޖުވީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

އުމުރުން 34 އަހަރުގެ ވެނެސާ އަދި 26 އަހަރުގެ ޓަކާ އެންމެ ފުރަތަމަ ރައްޓެހިވި ކަމުގެ އަޑުތައް ފެތުރުނީ 2020 ވަނަ އަހަރު ތެރޭގަ އެވެ. އެ ދެމީހުން ފުރަތަމަ ދިމާވީ ޒޫމް މެދުވެރިކޮށް ބޭއްވި "މެޑިޓޭޝަން" ގްރޫޕް ކޯލަކުންނެވެ.

ވެނެސާ، ޓަކާއާ އެކު އެންމެ ފުރަތަމަ ރެޑް ކާޕެޓަކުން ފެނުނީ، އޭނާ އާއި އެންޑްރޫ ގާފީލްޑުގެ ފިލްމް، "ޓިކް.. ޓިކް.. ބޫމް" ޕްރިމިއާ ކުރި ރެ އެވެ.

އިންޓަވިއުތަކާއި ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް އޮތް ލޯބި ދައްކަމުން އަންނަ އެ ދެމީހުން ކައިވެނިކުރަނީ ކޮން އިރަކު ކަމެއް އަދި ނޭނގެ އެވެ.