ޓްރީ ޓޮޕުން ލޭޒާ ހެއާ ރިމޫވަލަށް 15 ޕަސެންޓް ޑިސްކައުންޓް
ޓްރީ ޓޮޕުން ލޭޒާ ހެއާ ރިމޫވަލަށް 15 ޕަސެންޓް ޑިސްކައުންޓް

ޓްރީ ޓޮޕް ހޮސްޕިޓަލުން ލޭޒާ ހެއާ ރިމޫވަލް އަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި އެ ޑިސްކައުންޓް މި މަހުގެ ނިޔަލަށް ލޭޒާ ރިމޫވަލް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ހެއާ ރިމޫވަލް ޕްރޮސީޖާތައް ފުރިހަމަ ކުރުމަށް ބޭނުންކުރަނީ އަލްމާގެ ހާމޮނީ އެކްސްއެލް ކިޔާ ޒަމާނީ ވަސީލަތެކެވެ. އެ މެޝިނަކީ ހަމާ ގުޅުން ހުރި މައްސަލަތަކަށް ފަރުވާކުރުމަށް ރައްކާތެރި ވަސީލަތަކެވެ.

ލޭޒާ ހެއާ ރިމޫވަލް އަކީ ލޭޒާ ބޭނުންކޮށްގެން އިސްތަށިތަކުގެ ރޫޓްތަކަށް އަމާޒުކޮށްގެން އިސްތަށި ނައްތާލުމަށް ކުރެވޭ މެޑިކަލް ޕްރޮސީޖަރެކެވެ. ލޭޒާއިން އިސްތަށި ނައްތާލުމުން ދިގު މުއްދަތަކަށް އިސްތަށި ނުފަޅާ ހުންނާނެ އެވެ.

އެ ޕޮރޮސީޖަރަކީ ބޮޑު ހަރަދެއް ނުގޮސް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ޕްރޮސީޖަރެކެވެ. ޓްރީ ޓޮޕުން އެ ހިދުމަތްތައް ފޯރުކޮށްދޭނީ ހަމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ބެލުމުގެ ދަށުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމަޓޮލޮޖީ އެންޑް ވެނިރިއޮލޮޖީ ޑިޕާޓްމަންޓުން ހަންގަނޑާއި، އިސްތަށިގަނޑުގެ ބަލިތައް ދެނެގަނެ ފަރުވާދެއެވެ. އެ ޑިޕާޓްމަންޓުން މަދުން ނޫނީ ނުފެންނަ ހަމުގެ ބަލިތަކަށް ވެސް ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.