އެހެން ކްލަބްތައް ހުއްޓިފައި، ތަދު ބޭހަކަށް ވެސް އޮތީ މާޒިޔާ
އެހެން ކްލަބްތައް ހުއްޓިފައި، ތަދު ބޭހަކަށް ވެސް އޮތީ މާޒިޔާ

ކްލަބް ފުޓްބޯޅައިގައި ރަން ދުވަސްވަރެއް ދިޔަ އެވެ. ސީޒަން ނިމުމުގެ ކުރިން އެއް ކްލަބަށް ވުރެ ކުރިން މަޝްހޫރު ކުޅުންތެރިޔަކު ގެންދިއުމަށް ވާދަވެރި އަނެއް ކްލަބުން ތިބެނީ ތައްޔާރު ވެގެންނެވެ. ދަނޑުގެ އެތެރޭގައި އޮންނަ ފޯރި އަށް ވުރެ ވަކި ކުޑަ ނޫން ފޯރިއެއް ކުޅުންތެރިން ހޯދުމުގެ ޓްރާންސްފާ މާކެޓްގައި ވެސް އޭރު އޮތެވެ.

އެހެން ކްލަބްތައް ހުއްޓިފައި، ތަދު ބޭހަކަށް ވެސް އޮތީ މާޒިޔާ
އެހެން ކްލަބްތައް ހުއްޓިފައި، ތަދު ބޭހަކަށް ވެސް އޮތީ މާޒިޔާ

އެކަމަކު ކްލަބް ފުޓްބޯޅައިގެ ފޯރި ހިނދި މިހާރު އެ ފޯރި އެއް ނެތެވެ. ގަވާއިދުން މުސާރަ ދެވި ކުޅުންތެރިންނަށް ހަމަޖައްސައި ދޭން ޖެހޭ އެހެން ކަންކަން ފުރިހަމަކޮށް ދެވޭ ހަމައެކަނި ކްލަބަކަށް އޮތީ މާޒިޔާ އެވެ. އެހެން ކްލަބްތަކުގެ ހަރަކާތްތައް އޮތީ ހުއްޓިފަ އެވެ.

އެހެން ކްލަބްތައް ހުއްޓިފައި، ތަދު ބޭހަކަށް ވެސް އޮތީ މާޒިޔާ
އެހެން ކްލަބްތައް ހުއްޓިފައި، ތަދު ބޭހަކަށް ވެސް އޮތީ މާޒިޔާ

ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ފުރަތަމަ 11 ގައި ނުވަތަ ކޮންމެ މެޗެއްގައި ކުޅެން ފުރުސަތު ނުލިބުނަސް ކުޅުންތެރިން ބަލަނީ ގަވާއިދުން މުސާރަ ދެވޭ ކްލަބަކަށް ކުޅެވޭތޯ އެވެ.

"ކުރީގައި ކުޅުންތެރިން ބަލާނެ ކުޅެން ފުރުސަތު ލިބޭ ޓީމަކަށް ދެވޭތޯ. މިހާރު މިވާގޮތަކީ ކުޅެން ފުރުސަތު ނުލިބި ބެންޗުގައި އިންނަން ޖެހުނަސް ކުޅުންތެރިންނަށް އޯކޭ ގަވާއިދުން މުސާރަ ލިބެނިކޮށް. ގަވާއިދުން މުސާރަ ދެވޭ ކްލަބަކަށް އޮތީ މާޒިޔާ،" އޭނާ ބުންޏެވެ.

އޭގެ ގެއްލުން ގައުމީ ޓީމަށް ވެސް ކުރާނެ ކަމަށް އޭނާ ބުންޏެވެ. ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވެސް ވަނީ ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިންނަށް ކްލަބްގައި މަދު މިނެޓްތަކެއްގައި ކުޅެން ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެން ކްލަބްތަކުން ބަލަނީ މާޒިޔާ އަށް ސޮއި ކުރުވާ ކުޅުންތެރިން އެނގުމުން ދެން ބާކީ ތިބޭ ކުޅުންތެރިން ލައިގެން ޓީމެއް ހެދުމަށް ކަމަށް ވެސް ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ.

"އެއީ ކުޅުންތެރިން ހޯދުމުގައި އެއް ވެސް ޓީމެއް ނެތް މާޒިޔާ އާ ވާދަކުރެވޭނެ. ކުޅުންތެރިން ވެސް ބޭނުން ވަނީ މާޒިޔާއިން ފުރުސަތެއް އޮތިއްޔާ އެ ޓީމަށް ދާން،" އޭނާ ބުންޏެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން މާޒިޔާއިން ވަނީ އެ ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އަދި އެ ޓީމާ އަލަށް ގުޅޭ ކުޅުންތެރިންނާ އެކު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އެހެން ކްލަބްތަކުން ގިނަ ކުޅުންތެރިންތަކެއް މިއަހަރު މާޒިޔާ އާ ގުޅޭނެ އެވެ.

ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އާއި އަލީ ފާސިރު (ސެންޓޭ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ހަސަން ނަޒީމް (ޗޯޓް) އާއި ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އަދި އަހުމަދު ނޫމާން (ހެލްމެޓް) މާޒިޔާ އަށް ބަދަލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބެލެވޭ ގޮތުގައި މި އަހަރު އަނެއްކާ ވެސް ވާނީ މާޒިޔާގެ ޑޮމިނޭޓެޑް ސީޒަނަކަށެވެ. މިދިޔަ ސީޒަނަށް ވެސް އެންމެ ދުރާލައި ތައްޔާރުވާން ފެށީ މާޒިޔާއިންނެވެ. ގިނަ އެހެން ކްލަބްތަކުން ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފެށީ ވެސް ސީޒަން ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ހަތަރު އަހަރަށް ފަހު ފުލް ސީީޒަނެއް ފުރިހަމަ ކުރި މިދިޔަ އަހަރު އެވެ. ކަޕު ފޯމެޓަށް ކުރިއަށް ގެންދިޔަ މުބާރާތްތަކުގައި މާޒިޔާއާ ވާދަ ކުރީ ކްލަބް ވެލެންސިއާ އެވެ. އުނދަގޫ ހާލަތެއްގައި އޮތް އިރު ވެސް މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން މާޒިޔާ ބަލިކޮށް ވެލެންސިއާއިން ހޯދި އެވެ. އެކަމަކު އެފްއޭ ކަޕު ފައިނަލުގައި މާޒިޔާ އާ ދެކޮޅަށް އެ ފެންވަރެއް ވެލެންސިއާ އަށް ވެސް ނުދެއްކުނެވެ.

އެ ކްލަބް އަދި އޮތީ މާ އުނދަގޫ ހާލަތެއްގަ އެވެ. ޕްރެޒިޑެންޓްސް ކަޕު އެ ޓީމަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ބޯހަސް މާޓިން އަށް ދޭން ޖެހޭ މުސާރަ ދިފައި ނުވުމުން އެ މައްސަލަ ވަނީ ފީފާ އަށް ވައްދައިފަ އެވެ. ދިވެހި ކުޅުންތެރިންނަށް ވެސް މުސާރަ ނުދެވޭތީ ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމް އަށް މައްސަލަ ހުށަހަޅައިފަ އެވެ.

ސީޒަންގެ ވަކި ހިސާބަކުން ގިނަ ކްލަބްތަކަށް ދިމާވާ އަނެއް މައްސަލަ އަކީ މުސާރަ ނުދެވި ޕްރެކްޓިސް ހުއްޓާލަން ޖެހުމެވެ. މުޅި ސީޒަންގައި ފުލް ސްކޮޑް އެއްކޮށް ޕްރެކްޓިސް ކުރަނީ މާޒިޔާ އެވެ. މުސާރަ ނުދޭތީ ޕްރެކްޓިހަށް ނުކުންނާކަށް ކުޅުންތެރިން ބޭނުމެއް ނުވެ އެވެ.

"ކުޅުންތެރިން މެޗު ކުޅެ ދޭން އަންނަކަން ވެސް ރަނގަޅު،" އެހެން ޓީމެއްގެ އޮފިޝަލަކު ބުންޏެވެ.

ކްލަބްތަކުގެ ހާލަތު ރަނގަޅު ކުރުމަށް މިދިޔަ ފަސް ވަރަކަށް އަހަރު ކްލަބްތަކަށް ފައިސާ ދިނެވެ. ކްލަބްތަކަށް ފަސޭހަ ކުރުވަން ސީޒަން އަހަރުގެ މެދުތެރޭގައި ފަށަން ނިންމި އެވެ. އެކަމަކު ކްލަބްތަކުގެ ހާލަތު ރަނގަޅެއް ނުވި އެވެ.