މާވެލް ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް: ސެތު
މާވެލް ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް: ސެތު

މާވެލްގެ ފިލްމުތައް ބޮޑަށް އަމާޒުވެފައި ހުންނަނީ ކުޑަކުދިންނަށް ކަމަށް، އެމަޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭ މަގްބޫލް "ދަ ބޯއީސް" ސީރީޒްގެ ޕްރޮޑިއުސަރު، އަދި ކޮމީޑިއަން، ސެތު ރޯގަން ބުނެފި އެވެ.

މާވެލް ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް: ސެތު
މާވެލް ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް: ސެތު

"ޓޯޓަލް ފިލްމު މެގަޒިން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މާވެލްސް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) އާ ނުލައި "ދަ ބޯއީސް" ރީތި ނުވާނެ ކަމަށާއި ނުވަތަ ވުޖޫދު ވެސް ނުވީސް ކަމަށެވެ. އެކަމަކު މާވެލްގެ ފިލްމުތައް އޭނާ ނުބަލާ ކަމަށް ބުންޏެވެ.

މާވެލް ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް: ސެތު
މާވެލް ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް: ސެތު

ސެތު ބުނި ގޮތުން، މާވެލްގެ ފިލްމުތައް "ފާޑަކަށް" ކުޑަކުދިންނަށް އަމާޒުކޮށްފައި ހުންނާތީ އޭނާ އަށް އެމްސީޔޫގެ ތެރެއަށް ވަންނަން އުނދަގޫވެ އެވެ. އެއީ އޭނާގެ ދަރިން ނުހުންނާތީ ކަމަށް ބުންޏެވެ.

މާވެލް ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް: ސެތު
މާވެލް ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް: ސެތު

އޭނާ ބުނިގޮތުން، ބައެއް ފަހަރު އެހެން ގޮސް މާވެލްގެ ފިލްމެއް ބަލައިލެވުނަސް، އެ ފިލްމަކީ އޭނަ އަށް އެހާ ކަމުދާއެއްޗަކަށް ނުވެ އެވެ.

ސެތުގެ ޕްރޮޑަކްޝަން ކުންފުނިން 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށް "ދަ ބޯއީސް"، ނެރެން ނިންމީ ވެސް، އެއްވެސް ކަހަލަ ކޮމިކް ބުކް ފިލްމެއް ނުވަތަ ޝޯއެއް ސީދާ ބޮޑެތިމީހުންގެ ނަޒަރުން ގެނެސްދީފައި ނެތީމާ ކަމަށް އޭނާ ބުންޏެވެ.

"ދަ ބޯއީސް" ގެ ހަތަރު ވަނަ ސީޒަން މި އަހަރުގެ ފަހުކޮޅު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ ފުރަތަމަ ލައިވް-އެކްޝަން ސްޕިން އޮފް، "ޖެން-ވީ" ސީރީޒް ވެސް މި އަހަރު ފަހުކޮޅު އެމަޒާން ޕްރައިމްގައި ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.