ޑަޔާނާގެ ހާއްސަ ސިޓީތަކެއް ނީލަން ކިޔަނީ
ޑަޔާނާގެ ހާއްސަ ސިޓީތަކެއް ނީލަން ކިޔަނީ

އިނގިރޭސި ވިލާތުގެ ޕްރިންސަސް ޑަޔާނާ އަވަހާރަވުމުގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ކަމަނާގެގެ ދެ ރައްޓެއްސަކަށް ލިޔުއްވި ސިޓީތަކެއް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި އެވެ.

ޑަޔާނާގެ ހާއްސަ ސިޓީތަކެއް ނީލަން ކިޔަނީ
ޑަޔާނާގެ ހާއްސަ ސިޓީތަކެއް ނީލަން ކިޔަނީ

އިނގިރޭސިވިލާތުގެ "ލޭސް އޮކްޝަނީސް" އިން އިއުލާނުކުރި ގޮތުގައި، އެއީ ޑަޔާނާގެ ވަރަށް ގާތް ދެ ރައްޓެހިން ކަމަށްވާ ސޫސީ އަދި ތޯރިކް ކަސެމް އަށް ލިޔުއްވި ހައިރާންކުރުވަނިވި، ސިއްރު 32 ސިޓީ އެވެ.

ޑަޔާނާގެ ހާއްސަ ސިޓީތަކެއް ނީލަން ކިޔަނީ
ޑަޔާނާގެ ހާއްސަ ސިޓީތަކެއް ނީލަން ކިޔަނީ

ޑަޔާނާގެ ހަޔާތުގެ އެންމެ ފަހު ދެ އަހަރު، މިހާރުގެ ކިންގް ޗާލްސް 3 އާ އެކު ކައިވެނި ރޫޅިފައި ހުންނެވި ދުވަސްވަރު ފޮނުއްވި އެ ސިޓީތައް ނީލަމަށް ހުޅުވާލާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

"ސޫސީ އާއި ތޯރިކް، ޑަޔާނާގެ ވަރަށް ގާތް ދެ އެކުވެރިން ކަމަށް ވުމުން، އެ މީހުން 25 އަހަރަށް ވުރެ ގިނަ ދުވަހު އެ ސިޓީތައް ހަޒާނާއެއްގެ ގޮތުގައި ވަނީ ރައްކާކޮށްފައި. އެ ސިޓީތަކުން އެ މީހުންނާ ޕްރިންސަސް ޑަޔާނާއާ އޮތް ގާތް ގުޅުން ފެންނާނެ" ލޭސް އޮކްޝަނީސްގެ ބަޔާނެއްގައި ބުންޏެވެ.

އެ ސިޓީތައް ރައްކާކުރުމުގެ މައްސޫލިއްޔަތު ސޫސީ އާއި ތޯރިކް ގެ ދަރިންނަށް ދޭން ބޭނުން ނުވާތީ، އެ މީހުން ވަނީ އެ ސިޓީތައް ވިއްކާލުމަށް ފަހު ލިބޭ ފައިސާ، ޑަޔާނާ އަދި ސޫސީގެ ހިތްތަކާ ގުޅިފައިވާ ބައެއް ޗެރިޓީތަކަށް ސަދަގާތް ކުރަން ނިންމާފައި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ސިޓީތަކުގެ ތެރެއިން އެއް ސިޓީގެ ފޮޓޯއެއް، ނީލަން ކިޔާ ފަރާތުން ވަނީ އާންމުކޮށްފަ އެވެ. އޭގައި ޑަޔާނާ، ސޫސީ އަށް ލިޔުއްވި ސިޓީގައި ތޯރިކް އާއި ދެ މީހުންނަށް އެކަމަނާ ވަރަށް އިތުބާރުކުރައްވާކަން އެނގެ އެވެ.

ޕްރިންސަސް އޮފް ވޭލްސް، ޑަޔާނާ އަދި ރަސްގެފާނު ޗާލްސްގެ 11 އަހަރުގެ ކައިވެނި ނިމުމަކަށް ގެނެސް، 1996 ވަނީ ވަރިކުރިކަން ރަސްމީކޮށްފަ އެވެ. ޑަޔާނާ އަވަހާރަވީ އޭގެ އަހަރެއް ފަހުން ކާރު އެކްސިޑެންޓެއްގަ އެވެ. އޭރު އެކަމަނާގެ އުމުރަކީ 37 އަހަރެވެ.