އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި

އެމްޕީއެލްއިން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގުރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި

އެ ޕްރޮގުރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި

މިއި ގުރޭޑް 9 އިން 12 އާ ދެމެދު ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގައި 10 ދަރިވަރަކަށް 6 ދާއިރާއަކުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެ އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި

އެ ޕްރޮގުރާމުގައި ތަމްރީނު ދީފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ސިވިލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިން، ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓު މެނޭޖުމަންޓް އަދި ފެބްރިކޭޝަން އެންޑް މެޝިނިން އެވެ.

އިންޓާންޝިޕުގައި އެކި ދަރިވަރުން ވަނީ އެކި މަސައްކަތްތައް ދަސްކޮށްފަ އެވެ. އެ ދަރިވަރުންނަށް އެ ދާއިރާއަކާ ގުޅޭ ސެޓުފިކެޓް ވަނީ ދީފަ އެވެ.

އެމްޕީއެލްގެ އިންޓާންޝިޕުގެ ބައެއްގެ ގޮތުގައި ޕޯޓް ޓްރެއިނިން އިންސްޓިއުޓުން ދަރިވަރުންނަށް ހާއްސަ ތަމްރީނުތަކެއް ދިނެވެ. އެ ތަމްރީނުތަކުގެ ތެރޭގައި މުއާމަލާތްކުރާނެ ގޮތާއި ޓެކްނޮލޮޖީ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ވެސް ކިޔައިދީފައިވެ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި ގޮތުގައި އެ ޕްރޮގުރާމުގެ ސަބަބުން މަސައްކަތައް ގާބީލު ޖީލެއް ބިނާ ކުރެވިގެން ދާނެ އެވެ. އަދި އެ ފަދަ އިތުރު ފުރުސަތުތައް އެ ކުންފުނިން ފަހިކޮށްދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ވަނީ އެ ފަދަ ޕްރޮގުރާމުތަކުގައި ދަރިވަރުން ބައިވެރިކޮށް އެ ފަދަ ފުރުސަތުތައް ހޯދައިދިނުމަށް ބެލެނިވެރިންނަށް ވަނީ ގޮވާލައްވައިފަ އެވެ. އަދި އެ ފަދަ އިންޓާންޝިޕްތަކުގެ ސަބަބުން ދަރިވަރުންނަށް ކިޔަވާ މާއްދާތައް އަމަލީގޮތެއްގައި ބޭނުން ކުރުމުގެ ފުރުސަތު ލިބި، އެ ކުދިންގެ ހުނަރު ތަރައްގީވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ކުރިއަށް ގެންދިޔައީ ސްކޫލު ބަންދުގަ އެވެ. އެ ޕްރޮގުރާމަކީ އެއް މަސްދުވަހުގެ ޕްރޮގުރާމެކެވެ.