01 ފެބުރުއަރީ 2023 - 17:17

ދުނިޔޭގެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި "އޫކްލާ"އިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ދިރާގަށް ދީފި އެވެ.
މިއީ ޖެހިޖެހިގެން އެ އެވޯޑް ދިރާގަށް ލިބުނު ދެ ވަނަ އަހަރެވެ.
އެ ކުންފުނިން ބުނި ގޮތުގައި އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ވަނީ ފާއިތުވި އަހަރުގެ އެންމެ ހަލުވި މޮބައިލް ސްޕީޑަކީ ދިރާގުގެ ނެޓްވޯކުކަމަށް ދައްކައިފަ އެވެ.
ދިރާގަކީ މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ރާއްޖޭގައި ފުޅާދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.
ދިރާގުން ބުނި ގޮތުގައި އެ ބައިނަލްއަގުވާމީ އެވޯޑަކީ ދިރާގުގެ ދިގު ހިދުމަތުގެ ތާރީހުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ، އެ ފަރާތްތަކުން ބިނާކުރަމުންދާ "ޑިޖިޓަލް ފިއުޗާ"އަށް ތައްޔާރުވުމަށް ކޮށްދެމުންދާ މަސައްކަތުގެ ހެއްކެކެވެ.