ކޮޗިންއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ
ކޮޗިންއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ މުހައްމަދު މަހުދީ، 35، ކ. ތުލުސްދޫ އެވެ. އޭނާ ގެއްލުނީ އިއްޔެ ހެނދުނު އެވެ.

މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ބުނީ މުހައްމަދު ގެއްލިގެން އުޅޭކަން ކަމާބެހޭ ހުރިހާ އިދާރާއަކަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި މިހާތަނަށް އޭނާގެ އެއްވެސް ހަބަރެއް ނުވާ ކަމަށް ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު މަހުދީ ކޮޗިންއަށް ދިޔައީ ބައިޕޯލާ ބަލީގެ ފަރުވާއަށެވެ. އޭނާއާ އެކު ބައްޕަ އާއި ޅިޔަނަކު ވެސް އިންޑިއާއަށް ދިޔަ އެވެ.

މަހުދީ ގެއްލުނީ އޭނާ ފަރުވާ ހޯދަމުން އަންނަ އަމްރިތާ ހޮސްޕިޓަލު ކައިރިން ކަމަށް އާއިލާއިން ބުނެ އެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ، 7971667 އަށް ގުޅުމަށް އާއިލާއިން އެދެ އެވެ.