އީޓުކުރިން ކެއާ ޕްލަސްއާ އެކު ގިވްއަވޭއެއް
އީޓުކުރިން ކެއާ ޕްލަސްއާ އެކު ގިވްއަވޭއެއް

އީޓުކުރިން ސްކިން ކެއާގެ އުފެއްދުންތައް ވިއްކާ "ކެއާ ޕްލަސް" އާ ގުޅިގެން ގިވްއަވޭއެއް ހުޅުވާލައިފި އެވެ.

އެއީ ގައިގެ ހަންގަނޑަށް ފައިދާހުރި އެކި މާއްދާތައް ހިމެނޭ 10 ސިރަމް ފުޅި ލިބޭ ގިވްއަވޭ އެކެވެ. އެ ގިވްއަވޭގައި ބައިވެރިވެވޭނީ އީޓުކުރި އަދި ކެއާ ޕްލަސް އަށް ފޮލޯކުރުމަށް ފަހު އީޓުކުރި ޕޭޖުގައިވާ ގިވްއަވޭއާ ގުޅޭ ޕޯސްޓަށް ލައިކްކޮށް، ސްޓޯރީ އަށް އެ ޕޯސްޓް ހިއްސާ ކުރުމުންނެވެ.

ޕްރައިވެޓް އެކައުންޓުތަކުން ސްޓޯރީ އަށް ޕޯސްޓު ޝެއާކުރުމަށް ފަހު، ސްކްރީންޝޮޓް ފޮނުވަން ޖެހެ އެވެ. ޕޯސްޓުގެ ކޮމެންޓުގަައި ތިން މީހަކު ޓެގުކުރަން ޖެހޭނެ އެވެ.

ގިވްއަވޭގައި ބައިވެރިވުމަށް ތިން މީހަކު ޓެގުކުރާ ކޮންމެ ކޮމެންޓެއް ވަކި އެންޓްރީއެއްގެ ގޮތުގައި ބަލާނެ އެވެ. ގިނައިން ކޮމެންޓުކުރާ މީހުންނަށް ގިވްއަވޭ ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އީޓުކުރިން ބުންޏެވެ.

އެ ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށެވެ. ގިވްއަވޭގެ މުއްދަތު ނިމުމުން އީޓުކުރީގެ ސޯޝަލްމީޑިއާގައި ގިވްއަވޭ ލިބުނު މީހުން އިއުލާނުކުރާނެ އެވެ.

ގިވްއަވޭގައި ހިމަނާފައިވާ 10 ސިރަމުގެ ތެރޭގައި ހައިލޮރޮނިކް 3ޑީ ސިރަމް، ކޮލެޖަން ވިޓަމިން ސީ ސިރަމް، ރެޓިނޯލް އީ ސިރަމް، ޕޯ ޑައުންސައިޒާ ސިރަމް، ނައަސިނަމައިޑް ޖީ ސިރަމް އަދި އޭއެޗްއޭ ޕީލިންގް ސޮލިއުޝަން ހިމެނެ އެވެ. ބީޓާ ސޮލިއުޝަން، ގޯލްޑް އެންޑް ޕެޕްޓައިޑް 24ކޭ އެންޑް ޕިއޯ ވިޓަމިން ސީ ސިރަމް ވެސް ހިމެނެ އެވެ.

އީޓުކުރިން އެ ގިވްއަވޭގައި ކޮލަބަރޭޓުކުރާ ކެއާ ޕްލަސް އަކީ ފާމަސޫޓިކަލް އަދި ބިއުޓީ އާއި ވެލްނެސް ޕްރޮޑަކްޓްސް ވިއްކާ އޮންލައިން ވިޔަފާރިއެކެވެ.

ކެއާ ޕްލަސްގެ އުފެއްދުންތައް އީޓުކުރި ޕްލެޓްފޯމުން ވެސް ލިބޭނެ އެވެ. އީ ޓުކުރި އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އޮންލައިން ވިޔަފާރިތައް ކުރުމަށް ފެސިލިޓޭޓު ކޮށްދިނުމަށް ތައްޔާރުކޮށް އޮޕަރޭޓު ކުރަމުން އަންނަ ޕްލެޓްފޯމެވެ.