އާ ބަނދަރާ އެކު އެސްޓީއޯ ކޮންސްޓްރަކްޝަން އިތުރު ހަރުފަތަކަށް
އާ ބަނދަރާ އެކު އެސްޓީއޯ ކޮންސްޓްރަކްޝަން އިތުރު ހަރުފަތަކަށް

މީގެ ކުރިން އެސްޓީއޯގެ ކޮންސްޓްރަކްޝަން ދާއިރާ ފުޅާކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ތިލަފުށީގައި އިންޓަނޭޝަނަލް ޕޯޓެއް ނެތުމެވެ. ކޮންމެ މަހަކު 50،000 މެޓްރިކް ޓަނުގެ މުދާ މާލެ ގެނެސް، ބަސްތާތަކަށް އަޅައި ބަންދުކުރަން ޖެހެނީ އެހެން ބަޔަކާ ހަވާލުކޮށްގެންނެވެ. އެހެންވެ، ކޮންމެ މަހަކު އެކަމަށް އަށް މިލިއަން ނުވަ މިލިއަން ވަރު ހަރަދު ކުރަން ޖެހެ އެވެ. އެކަމަށް އެސްޓީއޯއިން ހައްލެއް ހޯދީ، ކުރިން ނަލަހިޔާ އިން ތިލަފުށީގައި ހިންގި ބަނދަރު ގަނެގެންނެވެ.

އާ ބަނދަރާ އެކު އެސްޓީއޯ ކޮންސްޓްރަކްޝަން އިތުރު ހަރުފަތަކަށް
އާ ބަނދަރާ އެކު އެސްޓީއޯ ކޮންސްޓްރަކްޝަން އިތުރު ހަރުފަތަކަށް

ތިލަފުށީގައި ހިންގާ އެންމެ ބޮޑު އެއް އިންޓަނޭޝަނަލް ޕޯޓް އެސްޓީއޯ އިން ގަތީ 128 މިލިއަން ރުފިޔާއަށެވެ. މިހާ ބޮޑު ހޭދައެއް ކޮށްގެން ޕޯޓް ގަތުމުގެ އެންމެ ބޮޑު ބޭނުމަކީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނުގެ އަގު މިހާރަށް ވުރެ ހެޔޮކޮށް އާންމުންނާއި ވިޔަފާރިތަކަށް ގެނެވޭނެ ގޮތް ހޯދައިދިނުމަށެވެ.

އާ ބަނދަރާ އެކު އެސްޓީއޯ ކޮންސްޓްރަކްޝަން އިތުރު ހަރުފަތަކަށް
އާ ބަނދަރާ އެކު އެސްޓީއޯ ކޮންސްޓްރަކްޝަން އިތުރު ހަރުފަތަކަށް

ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދައި އެ ޕޯޓުގައި ލޫޒް ބަލްކުކޮށް މުދާ ގެނެސް، ބަސްތާތަކަށް އަޅާނެ އެވެ. ގާތްގަނޑަކަށް 128،000 އަކަމީޓަރުގެ އެ ޕޯޓުގައި މުދާ ރައްކާކުރަން 33،000 އަކަމީޓަރުގެ ޖާގައެއް އެބަ އޮތެވެ.

އާ ބަނދަރާ އެކު އެސްޓީއޯ ކޮންސްޓްރަކްޝަން އިތުރު ހަރުފަތަކަށް
އާ ބަނދަރާ އެކު އެސްޓީއޯ ކޮންސްޓްރަކްޝަން އިތުރު ހަރުފަތަކަށް

ވޭތުވެދިޔަ ތިން އަހަރު އެސްޓީއޯގެ ކޮންސްޓްރަކްޝަން ވިޔަފާރި އަންނަނީ ބާރު ދުވެއްޔެއްގައި ކުރިއަރަމުންނެވެ. އެ ކުރިއެރުންތަކުގެ ސަބަބުން ދެތިން އަހަރުން އާމްދަނީ އަށް ގާތްގަނޑަކަށް 200 މިލިއަން ވަނީ އިތުރުވެފަ އެވެ. ވިޔަފާރީގައި ހުޅުވުނު ފުރުސަތުތަކުގެ ސަބަބުން އެސްޓީއޯ އަށް ވަނީ މުޅި ކޮންސްޓްރަކްޝަން ދާއިރާގެ މާކެޓް ޝެއާގެ 70 ޕަސެންޓް ވަރު ލިބިފަ އެވެ. އެހެންވެ، މުދާ ގެނައުމަށް އޮތް ޑިމާންޑު ވެސް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

އެސްޓީއޯއިން ކުރިން ތިިލަފުއްޓަށް މުދާ ބޭލުމަށް އެހެން އަމިއްލަ ވިޔަފާރިތަކުގެ ޕޯޓުތައް ބޭނުން ކުރަން ޖެހުމުން، އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. އަދި މުދާ ގެންނަން ވެސް ޖެހެނީ ވަކި ލިމިޓްތަކެއް ކަނޑައަޅައިގެންނެވެ. އާ ޕޯޓާ އެކު މުދާ ގެނެސް ގުދަންކުރަން މިހާރަށް ވުރެ 10 ގުނަ ބޮޑު ޖާގައެއް ވަނީ ލިބިފަ އެވެ.

އޭގެ އެންމެ ބޮޑު ސަބަބަކީ ކުރިން ހޭދަކުރަން ޖެހޭ ކްލިއަރެންސް ހަރަދާއި މުދާ ހޭންޑުލް ކުރަންދާ ހަރަދު ވެސް ކުޑަވުމެވެ.

އެސްޓީއޯގެ އޮޕަރޭޝަން މެނޭޖަރު އަހުމަދު ތޮލާލު ވިދާޅުވީ، އާ އިންޓަނޭޝަނަލް ފެންވަރުގެ ޕޯޓާ އެކު އެސްޓީއޯގެ ކޮންސްޓްރަކްޝަން ވިޔަފާރި އަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، އެ ކުންފުންޏަށް ބޭނުން ކޮންމެ އިރަކު ހިލަ އާއި ހިލަވެއްޔާއި ހިމުން ވެލި ބޭނުން ކޮންމެ ވަގުތުތަކު ގެނެސް، ބަނދަރުން ބޭލުމުގެ އިންތިޒާމުތައް ހަމަޖައްސާލެވޭނެ އެވެ.

ތޮލާލު ވިދާޅުވީ، ކުރިން ތަފާތު އެކި ސަބަބުތަކާ ހެދި މުދާ ލިބުމުގައި ކަސްޓަމަރުންނަށް އަންނަ ޑިލޭތައް ވެސް މިހާރު ވަރަށް ބޮޑުތަން ކުޑަ ކުރެވޭނެ ކަމަށެވެ. އެއީ ކޮންސްޓްރަކްޝަން ސާމާނު ގެނެސް، ގުދަން ކޮށްފައި ބެހެއްޓޭނެތީ އެވެ. މިއީ ވެސް އަގު ހިފައްޓައި، ކަސްޓަމަރުން ކުޑަ އަގެއްގައި ވިއްކޭނެ އެއް ސަބަބެވެ.

އިންޓަނޭޝަނަލް ޕޯޓުން މުދާ ބޭލުމަށް ފަހު، މެޓީރިއަލްތައް ޕެކް ކުރުމަށް ފަހު އެސްޓީއޯގެ ތިލަފުށީ ލޯކަލް ބަނދަރުން މުދާ ބޭރު ކުރެވޭނެ އެވެ.

"އަޅުގަނޑުމެންނަށް ބޭނުން ކޮންމެ އިރަކު ކަސްޓަމަރުންނަށް މި މުދާތައް ހުސްނުވެ ދެވޭނެ ގޮތް ހަމަޖެއްސޭނެ. އަޅުގަނޑުމެންގެ އަމިއްލަ ބޯޓުފަހަރު މިހާރު އެބަހުރި. ބޭނުން ކޮންމެ އިރަކު މުދާ ގެނެސް ޕޯޓަށް ބޭލޭނެ،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު އެސްޓީއޯ އިން ހިލަ އާއި ހިލަވެލި ބަންދުކުރުމުގެ މަސައްކަތްކުރަނީ ލޭބަރުން، މެނުއަލްކޮށެވެ. އެސްޓީއޯއިން ބޭނުންވަނީ މި މަސައްކަތުގެ ސްޕީޑް އަވަސްކޮށް ދުވާލަކު ޕެކް ކުރެވޭނެ އަދަދު އެތައް ގުނައެއް އިތުރު ކުރުމަށެވެ.

ތޮލާލް ވިދާޅުވީ، ބަސްތާ ޕެކް ކުރަން މެޝިނު ބޭނުން ކުރަން ފެށުމުން ދުވާލެއްގެ މައްޗަށް 50،000 ބަސްތާ ދޯނިތަކަށް ބަރުކުރެވޭނެ ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށެވެ.

ކޮންސްޓްރަކްޝަން ޕޯޓާ އެކު މުދާ ގެނައުމުގެ މަސައްކަތްތައް އިތުރަށް ފަސޭހަ ކުރަން އެ ކުންފުނިން ވަނީ ބަލްކް ކެރިއާ އެއްވެސް ގަނެފަ އެވެ. އެއާ އެކު ވެސް ކޮންސްޓްރަކްޝަން ސާމާނު ގެނެސް ފުޅާކުރަން ފަސޭހަ ވާނެ އެވެ.

އާ ޕޯޓާ އެކު އެސްޓީއޯގެ ޕަވަމިކްސް ވިޔަފާރި ވެސް އިތުރަށް ފުޅާ ކުރެވޭނެ ކަމަށް އެސްޓީއޯއިން ދެކެ އެވެ. އަދި އާ ޕޯޓާ އެކު އެ ކުންފުނީގެ މި ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ، އާ ލެވެލް އަށް ގެންގޮސް، އާމްދަނީ މިހާރަށް ވުރެ ވެސް ބޮޑު ކުރެވޭނެ އެވެ.