ޖޯނަސް ބްރަދާސްގެ ކާމިޔާބީ ފާހަގަކުރީ ޕްރިޔަންކާގެ ދަރިފުޅު ދައްކާލަމުން
ޖޯނަސް ބްރަދާސްގެ ކާމިޔާބީ ފާހަގަކުރީ ޕްރިޔަންކާގެ ދަރިފުޅު ދައްކާލަމުން

ބޮލީވުޑްގެ ބަތަލާ، ޕްރިޔަންކާ ޗޯޕްރާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.

އެ ދެމަފިރިންގެ ދަރި، މާލްތީ މަރީ ޗޯޕްރާ ޖޯނަސްގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލީ "ޖޯނަސް ބްރަދާސް" ގެ "ހޮލީވުޑް ވޯކް އޮފް ފޭމް" ތަރި ދައްކާލުމަށް ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.

"ޖޯނަސް ބްރަދާސް" ހޯދި ކާމިޔާބަށް މަރުހަބާ ކިޔާ ޕްރިޔަންކާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި، ކްރީމް ކުލައިގެ ހެދުމަކާއި ހެއާ ބޭންޑެއް އަޅައިގެން ހުރި މާލްތީގެ މޫނު ފެންނަ ވީޑިއޯއެއް ވެސް ހިމެނެ އެވެ.

އޭނާ ޝެއާކުރި ވީޑިއޯގައި ޖޯނަސް ބްރަދާސްގެ ތިން ބެއިންގެ "ވޯކް އޮފް ފޭމް" ސެޓްފިކެޓާ އެކު ސްޓޭޖްމަތީ ހުރި އިރު، މާލްތީއާ އެކު އޯޑިއަންސްގައި ބަލަން އިންނަ މަންޒަރު ފެނެ އެވެ.

ޕްރިޔަންކާ އާއި ނިކްގެ ފުރަތަމަ ދަރިފުޅު ހޯދީ ސަރޮގޭޓް ކޮށްގެންނެވެ. މީގެ ކުރިން ޕްރިޔަންކާ މަލްޓިގެ އެތައް ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކުރި ނަމަވެސް، އެއިން އެއްވެސް ފޮޓޯއެއްގައި މަލްޓިގެ މޫނެއް ނުދައްކަ އެވެ.