އެންމެ ގިނައިން ސްޓްރީމް ކުރި އާޓިސްޓުގެ ރެކޯޑް އަލްކާ އަށް ޖެހިޖެހިގެން ތިން ވަނަ އަހަރު
އެންމެ ގިނައިން ސްޓްރީމް ކުރި އާޓިސްޓުގެ ރެކޯޑް އަލްކާ އަށް ޖެހިޖެހިގެން ތިން ވަނަ އަހަރު

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް، އެންމެ ގިނައިން މީހުން ސްޓްރީމްކުރި އާޓިސްޓުގެ ރެކޯޑު، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަލްކާ ޔަގްނިކަށް ލިބިއްޖެ އެވެ. އޭނާއެ ރެކޯޑު ހޯދާފައި ވަނީ ޓޭލާ ސްވިފްޓާއި، ބީޓީއެސް އާއި ބިޔޯންސޭ އަދި ބްލެކްޕިންކް ފަދަ ބޮޑެތި ނަންތައް ފަހާލައިފަ އެވެ.

އެންމެ ގިނައިން ސްޓްރީމް ކުރި އާޓިސްޓުގެ ރެކޯޑް އަލްކާ އަށް ޖެހިޖެހިގެން ތިން ވަނަ އަހަރު
އެންމެ ގިނައިން ސްޓްރީމް ކުރި އާޓިސްޓުގެ ރެކޯޑް އަލްކާ އަށް ޖެހިޖެހިގެން ތިން ވަނަ އަހަރު

ގިނިސް ވޯލްޑް ރެކޯޑް ފޮތުގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އަލްކާގެ ލަވަތަކަށް 15.3 ބިލިއަން ސްޓްރީމް ލިބިފައިވެ އެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 42 މިލިއަން ސްޓްރީމެވެ. އޭނާ އެ ރެކޯޑު 2021 ވަނަ އަހަރު 17 ބިލިއަން ސްޓްރީމާ އެކު ހޯދާފައި ވާއިރު، 2020 ވަނަ އަހަރު އެ ރެކޯޑު ހޯދީ 16.6 ބިލިއަން ސްޓްރީމާ އެކު އެވެ.

މިދިޔަ އަހަރު، އަލްކާއާ ޖެހިގެން އެންމެ ގިނައިން ސްޓްރީމް ކުރި އާޓިސްޓުންގެ ލިސްޓުގައި ހިމެނެނީ 14.7 ބިލިއަން ސްޓްރީމު ލިބުނު ބޭޑް ބަނީ އެވެ. އެއާ ޖެހިގެން ދެން ހިމެނެނީ ވެސް އިންޑިއާގެ ތިން ލަވަކިޔުންތެރިން ކަމަށްވާ އުދިތު ނަރާޔަން (10.8 ބިލިއަން ސްޓްރީމް)، އަރިޖިތު ސިންހް (10.7 ބިލިއަން ސްޓްރީމް) އަދި ކުމާރު ސާނޫ (9.09 ބިލިއަން ސްޓްރީމް) އެވެ.

ކޮރެއާގެ ދެ ގްރޫޕް، ބީޓީއެސް (7.95 ބިލިއަން ސްޓްރީމް) އަދި ބްލެކްޕިންކް (7.03 ބިލިއަން ސްޓްރީމް) އެ ލިސްޓުގެ ޓޮޕް 10 ގައި ހިމެނުނު ނަމަވެސް، ދަ ވީކެންޑާއި، ޓޭލާ ސްވިފްޓް ފަދަ އާޓިސްޓުން ނެތް ނުހިމެނެ އެވެ.

ސަތޭކައަށް ވުރެ ގިނަ ލަވަތަކުގެ ކްރެޑިޓު ލިބޭ، އަލްކާ އަކީ 90 ގެ ދުވަސްވަރު ބޮލީވުޑްގެ އެންމެ މަގްބޫލް ޕްލޭބެކް ލަވަކިޔުންތެރިޔާ އެވެ. އަލްކާ ޕްލޭބެކް ލަވަކީ އެންމެ ހިޓު ލަވަތަކުގެ ތެރޭގައި "ޕަރްދެސި ޕަރްދެސި" އާއި، "ގަޒާބްކާ ހެއި ދިން" އާއި، "ތާލް ސޭ ތާލް މިލާ" ގެ އިތުރުން، އެންމެ ފަހު ހިޓަކަށް "އަގަރް ތުމް ސާތުހޯ" ލަވަ ފާހަގަކޮށްލެވެ އެވެ.