ދުވާލަކަށް 4ޖީބީ ލިބޭ ދިރާގުގެ "ސަޅި 28 ޑޭސް" އެޑްއޮން
ދުވާލަކަށް 4ޖީބީ ލިބޭ ދިރާގުގެ "ސަޅި 28 ޑޭސް" އެޑްއޮން

ދިރާގުން ދުވާލަކަށް 4 ޖީބީގެ ޑޭޓާ ލިބޭ 28 ދުވަހުގެ އެޑްއޮން އެއް ތައާރަފްކޮށްފި އެވެ.

އެ އެޑްއޮން އަކީ "ސަޅި 28 ޑޭސް"ގެ ނަމުގައި އެ ކުންފުނިން ތައާރަފްކުރި އެޑްއޮން އެކެވެ. އެ އެޑްއޮން އަކީ ދިރާގު ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އެއްޗެކެވެ.

ދިރާގުން ބުނި ގޮތުގައި އެ އެޑްއޮން އަކީ 595ރ. އަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމްލަ 112ޖީބީ ޑޭޓާ 28 ދުވަހުގެ މުއްދަތަކަށް ލިބެގެންދާނެ އެޑް އޮންއެކެވެ.

"ސަޅި 28 ޑޭސް" ދިރާގު އެޕް މެދުވެރިކޮށް އަދި 343 އަށް S3GB28’ ޖަހާފައި އެސްއެމްއެސް ކޮށްގެން ވެސް އެކްޓިވޭޓު ކުރެވޭނެ އެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު ހިޔާރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

އެ ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.