ވައިޓަލް ކެއާއަށް ކުޑަކުދިންގެ ހާއްސަ ދަތުގެ ޑޮކްޓަރެއް
ވައިޓަލް ކެއާއަށް ކުޑަކުދިންގެ ހާއްސަ ދަތުގެ ޑޮކްޓަރެއް

ވައިޓަލް ކެއާގައި ކުޑަކުދިންގެ ދަތުގެ ހާއްސަ ޑޮކްޓަރެއް ބަލަން ފަށައިފި އެވެ.

އަލަށް ވައިޓަލް ކެއާއާ ގުޅިވަޑައިގެންނެވީ ޑރ. ޑރ. ސިއްދީގު އަބްދުލް ޖަލާލް އެވެ. އޭނާ އަކީ ޑެންޓަލް ސާޖަރީން ބެޗްލާސް ހާސިލްކޮށް ޕީޑިއޭޓްރިކްސް އެންޑް ޕްރިވެންޓިވް ޑެންޓިސްޓްރީ އިން މާސްޓާސް ހާސިލްކުރައްވާފައިވާ، 10 އަހަރުގެ ތަޖުރިބާ ހުރި ޑެންޓިސްޓެކެވެ.

ދަތް ފަނިކެއުމާއި ދަތަށް ލިބޭ ގެއްލުންތަކުން ދަތް ރައްކާތެރި ކުރުމަށް ފަރުވާދިނުމާއި ފުޓުނި އެޅުމާއި ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު ދަތަށާއި އަނގަޔަށް ދިމާވާ މައްސަލަތަކުގެ ފަރުވާ ޑރ. ސިއްދީގު ދެއްވާނެ އެވެ.

އެ ކްލިނިކުން ބުނި ގޮތުގައި ކިރު ދަތް ވެއްޓި ދާއިމީ ދަތް ފަޅަން ޖާގަ ނެތް ނަމަ އެ ޖާގަ ހަދަން ބޭނުންކުރާ ވަސީލަތްތަކާ އެކު އެ ފަރުވާ ވެސް އެ ޑޮކްޓަރު ދެއްވާނެ ކަމަށެވެ. އެ ފަރުވާގެ ސަބަބުން މުސްތަގުބަލުގައި ކުދިން ނަރުގަނޑު އެޅުވުން ފަދަ ފަރުވާތައް ދޭން ނުޖެހޭނެ އެވެ.

ވައިޓަލް ކެއާ އިން ބުނީ ދަތްތަކަށް ރައްކާތެރިކަން ހޯދުމަށް ދަތާއި އަނގައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުޑައިރުން ފަށައިގެން ރެގިއުލާ ޗެކްއަޕް ހެދުމަކީ މުހިންމު ކަމަށެވެ.

އަލަށް އެ ކްލިނިކުގައި ހިދުމަތް ދޭން ފެށި ޑޮކްޓަރަށް މިހާރު އެޕޮއިންޓުމަންޓު ނެގޭނެ އެވެ. އެ ކުލިނިކުގެ ހޮޓްލައިން 3321315 އަށް ގުޅައިގެން އަދި 9191315 އަށް ވައިބާކޮށްގެން އެޕޮއިންޓުމަންޓު ހޯދޭނެ އެވެ.