އެލައިޑުން "ރައްކާ"ގެ ދަށުން ފުލުހުންނަށް 100 ހެލްމެޓު
އެލައިޑުން "ރައްކާ"ގެ ދަށުން ފުލުހުންނަށް 100 ހެލްމެޓު

އެލައިޑުގެ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ފުލުހުންނަށް 100 ހެލްމެޓު ދީފި އެވެ.

އެލައިޑުން "ރައްކާ"ގެ ދަށުން ފުލުހުންނަށް 100 ހެލްމެޓު
އެލައިޑުން "ރައްކާ"ގެ ދަށުން ފުލުހުންނަށް 100 ހެލްމެޓު

އެ ހެލްމެޓުތަކަކީ އެ ކުންފުނިން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އެންމެ ބޮޑު ކެމްޕެއިން "ރައްކާ"ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގައި ބެހުމަށް ހަދިޔާ ކުރި ހެލްމެޓުތަކެކެވެ. އެ ހެލްމެޓުތައް ފުލުހުންނަށް ހަދިޔާ ކުރީ މިއަދު އެލައިޑުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެލައިޑުން "ރައްކާ"ގެ ދަށުން ފުލުހުންނަށް 100 ހެލްމެޓު
އެލައިޑުން "ރައްކާ"ގެ ދަށުން ފުލުހުންނަށް 100 ހެލްމެޓު

އެ ބައްދަލުވުމުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވި ގޮތުގައި "ރައްކާ" ޕްރޮގްރާމަކީ މަގުމަތީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ހިންގާ މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

އެލައިޑުން "ރައްކާ"ގެ ދަށުން ފުލުހުންނަށް 100 ހެލްމެޓު
އެލައިޑުން "ރައްކާ"ގެ ދަށުން ފުލުހުންނަށް 100 ހެލްމެޓު

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ފެށުމަށް ހަމަޖެހިފައިވާ ޕްރމޯޝަން ވެސް ފިރުޝާން ވަނީ އިއުލާން ކުރައްވައިފަ އެވެ.

އަހަރީ ދުވަހާ ގުޅިގެން ބުދަ ދުވަހުން ފެށިގެން މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ނަގާ ފުރަތަމަ 145 ކަސްޓަމަރުންނަށް ހެލްމެޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އިންޝުއަރެންސް އެލައިޑު ނުވަތަ އެލައިޑުގެ އިސްލާމިކް ވިންޑޯ "އަޔާދީތަކަފުލް" މެދުވެރިކޮށް ވެސް ނަގައިގެން ހެލްމެޓު ލިބޭނެ އެވެ.

"މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސަކީ ތިން ވަނަ ފަރާތެއްގެ ރައްކާތެރިކަމުގެ އިތުރުން އެކްސިޑެންޓެއް ފަދަ ހާލަތުގައި ދުއްވާ މިހާ އާއި އުޅަނދުގެ ކަވާ ކުރާ ޕޮލިސީއެއް. އެ ޕޮލިސީގެ ދަށުން ގުދުރަތީ ކާރިސާއެއްގައި ނުވަތަ އަލިފާނުގެ ހާދިސާ ފަދަ ހާލަތެއްގައި ވެސް ލިބޭ ގެއްލުން ކަވާ ކޮށްދޭނެ. ގާނޫނުން ލާޒިމު ކުރާތީ މީހުން އާއްމުކޮސް ނަގަނީ ތާޑް ޕާޓީ އިންޝުއަރެންސް. އެކަމަކު އެ އިންޝުއަރެންސަކީ އެކްސިޑެންޓެއްގެ ހާލަތުގައި ތިމާ އަތުން އަނެކާއަށް ލިބޭ ގެއްލުން ކަވަރު ކުރާ އިންޝުއަރެންސެއް. އޭގެން އަމިއްލަ މީހާ އަށް އިންޝުއަރެންސެއް ނުލިބޭނެ." ފިރުޝާން ވިދާޅުވި އެވެ.

މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ އަކީ އެއްގަމު ހުރިހާ އުޅަނދަކަށް ވެސް ހޯދޭނެ އިންޝުއަރެންސް އެކެވެ. އެ ޕޮލިސީ ނަގާއިރު އުޅަނދު ވަގަށް ނަގައިފި ނަމަ ކަވަރު ކޮށްދޭ ގޮތަށް ނެގޭނެ އެވެ.

އެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ފަސީހު ވަނީ "ރައްކާ" ޕްރޮގްރާމުގެ ދަށުން އެލައިޑުން ވެދީފައިވާ އެހީތެރިކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އަމަލީ ގޮތުން ފުލުހުން ހިންގާ ޕްރޮގުރާމުތަކުގައި ބައިވެރިވުމާއި ވީޑިއޯ އަދި ބިލްބޯޑު ފަދަ ތަކެތި ހެދުމުގައި އެ ކުންފުނިން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވި އެވެ. އަދި އެލައިޑުން ހަދިޔާ ކުރި ހެލްމެޓުތައް ދޭނީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގައި ހެލްމެޓު އަޅަން ޖެހޭ ތަންތަނުގައި ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގަ އެވެ.

"އާއްމުން ހޭލުންތެރިކަމަށް "ރައްކާ"ގެ ދަށުން މި ދިޔަ އަހަރު އެކަނި ވެސް ތިރީހަކަށް ވުރެ ގިނަ ޕްރޮގްރާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާނީ ހިންގައިފަ. އެ ޕްރޮގުތަކުގައި ޑައިރެކްޓުކޮށް 20،000އެއްހާ މީހުންނަށް މައުލޫމާތު ވާނީ ދީފައި،" ފަސީހު ވިދާޅުވި އެވެ.

އެލައިޑާ ގުޅިގެން ފުލުހުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ފެށީ 2015 ވަނަ އަހަރު އެވެ. އެ ޕްރޮގްރާމުގެ ދަށުން ސްކޫލު އަދި ކޮލެޖު ދަރިވަރުންނާއި ބެލެނިވެރިން އަދި އޮފީސްތަކަށް ވެސް ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ވަނީ ހިންގައިފަ އެވެ.

އެލައިޑުން މިއަދު ފާހަގަ ކުރަމުންދާ 38 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު އެ ކުންފުނީގެ ފްރަންޓް އޮފީސް ކުރިމަތީގައި ކަޕްކޭކު ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި "ލަންޗް އަވާ"ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.