އެމްއެެޗްއޭއިން ވިއްކާ "ލަންޑަން ޑެއިރީ"ގެ އާ ރަހަތަކެއް
އެމްއެެޗްއޭއިން ވިއްކާ "ލަންޑަން ޑެއިރީ"ގެ އާ ރަހަތަކެއް

އެމްއެޗްއޭއިން ވިއްކާ "ލަންޑަން ޑެއިރީ"ގެ އައިސްކްރީމް އަދި ސޯބޭސްގެ އާ ރަހަތަކެއް ތައާރަފްކޮށްފި އެވެ.

އެ ފިހާރައިން ބުނި ގޮތުގައި އަލަށް ތައާރަފްކޮށްފައި ވަނީ އެ ބްރޭންޑުގެ ސްޓްރޯބެރީ އަދި ޗޮކްލެޓު ފްލޭވާގެ ކޯން އާއި ބެރީޒް އެން ކްރީމް އަދި ވައިޓް އާމަންޑް ސްޓިކާއި، މެންގޯ އަދި ރާސްބެރީ ސޯބޭސް އެވެ.

އަލަށް ތައާރަފުކުރި ހުރިހާ ފްލޭވާއެއްގެ އުފެއްދުންތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވި ގޮތުގައި އެ ފިހާރަ އަކީ ޕްރިމިއަމް އައިސްކްރީމް މާކެޓުގައި ވިއްކަމުންދާ އެންމެ ބޮޑު ޑިސްޓްރިބިއުޓަރެވެ. އަދި އަލަށް ތައާރަފުކުރި ރަހަތަކަކީ ކަސްޓަމަރުންނަށް ވަރަށް ކަމުދާނެ މަގުބޫލު ރަހަތަކަކށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ލަންޑަން ޑެއިރީ" އަކީ ޕްރިމިއަމް އައިސްކްރީމް ބްރޭންޑެކެވެ. އެ ބްރޭންޑަކީ ސައުތު އޭޝިއާ އަދި ނޯތު އެފްރިކާގައި ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ގިނަ ފްލޭވާތަކެއްގެ އެކި ޑެޒާޓް ޕްރޮޓަކްޓުތައް އުފައްދާ ބްރޭންޑެކެވެ.