29 ޖެނުއަރީ 2023 - 14:02

ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއާ އަށް ބަދަލުވުގެ މަސައްކަތް ކުރުމަށް، ޑްރައިވިން ލައިންސަންސާ ގުޅޭ ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއާއަށް މަސައްކަތްތައް ބަދަލުކުރާތީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ލައިންސާ ގުޅޭ އެއްވެސް ހިދުމަތެއް ނުދޭނެ ކަމަށެވެ.
އެކަމަކު މިނިސްޓްރީން ބުނީ ހިދުމަތް މެދުކެނޑިފައި އޮންނަ ދުވަސްތަކުގެ ތެރޭ މުއްދަތު ހަމަވާ ލައިސަންސް އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ބޭނުންކުރެވޭ ކަމަށެވެ.
"ލައިސަންސްގެ ޚިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކޮށްގެން 14 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެ ކަމުގައި ވެސް ދެންނެވީމެވެ." އިއުލާނުގައިވެ އެވެ.
އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއާއާ އެކު، މިނިސްޓްރީން ބުނި ގޮތުގައި ހިދުމަތްތަކުގެ ފެންވަރު މަތިވެ ލުއިފަސޭހަކަމާ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.