އެލައިޑްގެ ފްރަންޓް އޮފީހުން ޕޮލިސީއެއް ގަންނަ 38 މީހަކަށް ކަލަންޑަރެއް
އެލައިޑްގެ ފްރަންޓް އޮފީހުން ޕޮލިސީއެއް ގަންނަ 38 މީހަކަށް ކަލަންޑަރެއް

އެލައިޑްގެ އަހަރީ ދުވަހާ ދިމާކޮށް، އެ ކުންފުނިން ނެރުނު މި އަހަރުގެ ކަލަންޑަރު ލިބޭ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

އެލައިޑުން ބުނީ، ކަލަންޑަރު ހޯދަން ގިނަ ބަޔަކު އެދުނަސް އެ ކަން ކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންވެ، އެ އެ ކުންފުނީގެ އަހަރީ ދުވަހު ފްރަންޓް އޮފީހުން ޕޮލިސީއެއް ގަންނަ 38 މީހަކަށް ކަލަންޑަރެއް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެލައިޑްގެ އަހަރީ ދުވަހަކީ މިއަދެވެ. އެ ކުންފުންޏަށް މިއަދު ފުރެނީ 38 އަހަރު ކަމަށް ވާއިރު އެއީ މުދަލާއި ގެދޮރާއި ތަކެއްޗާއި ނަފުސަށް ބޭނުންވާ އިންޝުއަރެންސް ފޯރުކޮށްދިނުމުގައި މަގުބޫލު ބައެކެވެ.

އެލައިޑުން ބުނި ގޮތުގައި އެ ކުންފުނީގެ ކޮންމެ ޕްލޭނެއް ގަނެގެން ވެސް ކަލަންޑަރެއް ހޯދިދާނެ އެވެ.

އެލައިޑްގެ ކަލަންޑަރު އާއްމުންގެ މެދުގައި މަގުބޫލުވެ ޑިމާންޑު ބޮޑުވީ، އެ ކަލަންޑަރުގެ ތަފާތު ޑިޒައިނުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ "ވައިޓްބޯޑު" ސްޓައިލަށް މުހިންމު ކަންކަން ނޯޓުކޮށްލެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ކަލަންޑަރެކެވެ. އޮފީހުގެ މުހިންމު ބައްދަލުވުންތަކާއި ކުރިއަށް ރާވާފައި ހުންނަ ކަންކަމާއި ބަދިގޭގައި ކެއުން ތައްޔާރުކުރުމަށް ބޭނުންވާ ރެސިޕީ ވެސް އެ ކަލަންޑަރުގައި ލިޔެވޭނެ އެވެ.

އެލައިޑުން ބުނި ގޮތުގައި ކަލަންޑަރު ބެހުމަށް މި މަހު ބޭއްވި ދެ ހަރަކާތަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

އެލައިޑުން ލިބެން ހުރި އިންޝުއަރެންސް ޕެކޭޖުތަކުގެ ތެރޭގައި ސައިކަލަށް ބޭނުންވާ އިންޝުއަރެންސާއި ގޭގެ ފަރުނީޗަރު އިންޝުއާ ކޮށްދޭ "ހިޔާވަހި ޕްލޭން" އަދި ހިޔާ ފްލެޓުތަކަށް ހާއްސަކޮށް ތައާރަފުކުރި "މަގޭ ހިޔާ" ޕްލޭނާއި ދަތުރުކުރުމުގައި ލަގެޖާއި ޕާސްޕޯޓާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ "ޓްރެވެލް ޕްލޭން" ހިމެނެ އެވެ.