އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!
އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!

ބަހުގެ ހަމަލާތަކާއި ސިޔާސަތުތަކަށް ފާޑުކިޔުމާ އެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެނިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ޕާޓީގެ އެތެރޭގެ ކޮންޓްރޯލު ނެންގެވުމަށް ދެ ކެންޑިޑޭޓުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު ނަޝީދު ނުސީދާކޮށް ވާދަކުރައްވަމުން ގެންދެވިޔަސް، މީގެ ކުރިން އިންތިހާބެއްގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ވާދަކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!
އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!

އެހެންވެ، ރައީސާއި ނަޝީދުގެ އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބައެއް މީހުން ސިފަ ކުރަނީ ޒަމާންވީ ބަދަހި ގުޅުން ބަދަލުވެ، އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުގެ ކުންނުގެ ގޮތުގަ އެވެ.

އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!
އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!

އެކަމަކު، އިންތިހާބުގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަން ދަމައިގަތީ ވާދަވެރިކަން "ވިހަވެ" ބައެއް މަރުކަޒުތަކުގައި ހިނގި ހަމަނުޖެހުންތަކެވެ. ވޯޓާސް ލިސްޓުގެ މައްސަލަ ޖެހިގެން ވޯޓު ލުން މެދުކަނޑާލަން ޖެހުނެވެ. އެއާއެކު، ވޯޓު އޮޅުވާލުމާއި އިތުރު ތުހުމަތުތަކެވެ. އެ ތުހުމަތުތަކާ އެކު ޖަޒުބާތީވެ، މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުން ވެސް ދިނެވެ.

އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!
އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!

ގިނަ މަރުކަޒުތައް އަމާންކޮށް އޮތަސް، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އެންމެ ދުވަސްވީ ޕާޓީގެ ޕްރައިމަރީން ފެނިގެންދިޔައީ ނަމޫނާއެއް ނޫނެވެ.

އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!
އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!

އިންތިހާބުގެ ވޯޓު ލުން ކުރިއަށްދިޔަ އިރު ކޮންމެ ފޮއްޓެއް ކައިރީގައި ރައީސާއި ނަޝީދުގެ މަންދޫބުން ވިއްދާފައި ތިބީ އެންމެ އިންޗިއެއް ވެސް ދޫކުރާ ގޮތަކަށް ނޫނެވެ. އިންތިހާބުގެ ކުރިން ނަޝީދުގެ ކެމްޕެއިނުން ވަނީ އިންތިހާބު ގަޑުބަޑު ކުރަން އުޅޭ ކަމުގެ ތުހުމަތުކޮށްފަ އެވެ. އެކަމަކު، އެކަން ދޮގު ކުރައްވައި ރައީސް ވިދާޅުވެފައި ވަނީ އެފަދަ އެއްވެސް ކަމެއް ހިނގާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!
އެމްޑީޕީ ޕްރައިމަރީ: ރިޔާސީ އިންތިހާބެއްގައި ނުފެންނަވަރުގެ ހަމަނުޖެހުން!

ވޯޓުލުން ފެށުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަންދޫބުންނަށް މައްސަލަތަކެއް ފާހަގަވި އެވެ. އެކަމާ ގުޅިގެން ޖެހުނީ ބައެއް ފޮށިތަކުގައި ވޯޓުލުން ހުއްޓާލާށެވެ. އެގޮތުން، އެންމެ ފުރަތަމަ މާލޭގައި ހުރި ގއ. ވިލިނގިލީގެ ފޮއްޓާއި، ގދ. ހޯނޑެއްދޫގެ ފޮއްޓަށް ވޯޓާސް ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓުލި ކަމަށް ބުނެ ވޯޓުލުން ހުއްޓުވި އެވެ. އެކަމަކު، މަޝްވަރާ އަށް ފަހު، މެދުކެނޑުނު ހުރިހާ ފޮއްޓެއްގެ ވޯޓުލުން ކުރިއަށްގެންދިޔަ އެވެ.

އޭގެ އިތުރުން، ވޯޓުލި ބައެއް މަރުކަޒުތަކުގައި މާރާމާރީ ހިންގައި ވޯޓު ލާން ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދިން މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. އެގޮތުން، ގދ. ގައްދޫގައި ވޯޓުލުން ކުރިއަށްގެންދާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން، ބަޔަކު މަރުކަޒަށް ވަދެ، އެތަނުގެ ތެރޭގައި ފެން ޖަހައި ވޯޓު ކަރުދާސްތައް އިރާލި އެވެ.

މާލޭގައި ވެސް އެފަދަ ބައެއް ހަމަނުޖެހުންތަކެއް ހިނގި އެވެ. އެގޮތުން ވޯޓާސް ލިސްޓާ މެދު ކަންބޮޑުވުން ފާޅު ކުރި މަންދޫބެއްގެ ގައިގައި ގޮނޑިއަކުން ޖަހަން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވި އެވެ. އަދި ވޯޓުލުން ބަންދު ކުރި ފަހުން އިސްކަންދަރު ސްކޫލުގައި ހުރި ފޮއްޓެއްގެ ވޯޓު ކަރުދާސް އިރާލަން އުޅުނު ކަމަށް ބުނާ ބަދެ މީހަކު ފުލުހުން ގޮސް ހައްޔަރު ކުރި އެވެ.

ގދ. ތިނަދޫ އާއި އެ އަތޮޅު ރަތަފަންދޫގައި ހިޔާލުތަފާތުވުންތައް އުފެދި ވޯޓު ފޮށި ފަޅާލައި ކަރުދާސްތައް އުކާލިއަސް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. އެ ހާދިސާތަކާ ގުޅިގެން ފުލުހުން ނަޝީދުގެ ފަޅީގެ ބައެއް މީހުން ހައްޔަރު ކުރި އިރު އެ މީހުން ދޫކޮށްލަން ގޮވާލައި ނަޝީދު ޓްވީޓު ވެސް ކުރެއްވި އެވެ.

އެ ހުރިހާ މަންޒަރުތަކެއް، ހާދިސާއަކަށް ފަހު ހާދިސާއެއް ނިއުޅެމުންދިޔަތަން ސޯޝަލް މީޑިއާއިން ދިޔައީ ފެންނަމުންނެވެ.

އިންތިހާބުގެ ނަތީޖާއާ މެދު ނަޝީދުގެ ފަރާތުން އަދިވެސް ސުވާލު އުފައްދަމުން ދެ އެވެ. އެގޮތުން، ބައެއް ފޮށިތަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ވުރެ އިތުރަށް ވޯޓު އަޅާފައިވާ ކަމަށް ބުނެ، ނަތީޖާ ޝީޓުތަކުގެ ފޮޓޯތައް އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ދައުރުކުރަމުންނެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ރަޝީދު ވިދާޅުވީ، އިންތިހާބުގެ ކުރިން 500 އަށް ވުރެ ގިނަ ޝަކުވާ ލިބުނު އިރު މިއަދު އިންތިހާބު ކުރިއަށްދިޔަ ވަގުތު ލިބުނީ ލިޔުމުން 50 ޝަކުވާ އަދި ގުޅައިގެން ތިން ޝަކުވާ ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން އެކަށީގެންވާ ގޮތަކަށް ހުށަހަޅާފައި ވަނީ ދެތިން ޝަކުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބުރޭ ވިދާޅުވީ، މިފަހަރުގެ އިންތިހާބުގެ އިންތިޒާމުތައް ވަރަށް ރަނގަޅު ކަމަށާއި އެގޮތުން އިއްޔެ އިރު އިރު ފޮށިތަކުގެ ހުރިހާ ކަމެއް އޮތީ ނިމިފައި ކަމަށް ވިދާޅުވި އެވެ. އެކަމަކު، ޕާޓީގެ އެތެރެއިންނާއި ބޭރުން ބައެއް މީހުން އިންތިހާބަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ. އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި، މަސައްކަތް ކުރެއްވީ އުނދަގުލުގެ ތެރެއިން އިންތިހާބު ބާއްވައި ނިންމާލެވޭތޯ ކަމަށެވެ.

"އަޅުގަނޑު ދެކެނީ މިއަދުގެ އިންތިހާބަކީ އަޅުގަނޑުމެން މިހާތަނަށް ބޭއްވި އެންމެ އިންތިޒާމު ފުރިހަމަ އިންތިހާބު ކަމަށް،" އިބުރޭ ވިދާޅުވި އެވެ.

މިފަހަރު އިންތިހާބުގެ ވޯޓުލުން ހުއްޓުވުމަށް ޕާޓީގެ ތެރެއިން ވެސް މަސައްކަތް ކުރި ކަމަށް އިބުރޭ ވިދާޅުވި އެވެ. އެގޮތުން، ބައެއް މަޖިލިސް މެމްބަރުން ވެސް ވޯޓު ލާ މަރުކަޒުތަކުގައި ދިމާވި މައްސަލަތަކާ ހެދި އެ ރަށްރަށުގައި ވޯޓު ލުން ހުއްޓާލަން އެދި އޭނާއަށް ގުޅި ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު، "ކަމެއް ވާ އިރަށް" އިންތިހާބު ހުއްޓާލަން ނުޖެހޭ ކަމަށާއި ބަލަންވީ އެކަމެއް ހައްލު ކުރެވޭތޯ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެމްބަރުން ވެސް މި ބުނާހެން ހަމަ އިންތިހާބު ކުރިއަށް ނުގެންދިޔުމުގެ، ހުއްޓުވުމުގެ ވިސްނުން ކޮންމެވެސް ވަރަކަށް ބައެއް މެމްބަރުން ގެންގުޅުނުތަން އަޅުގަނޑުމެންނަށް ފެނުނު،" އިބުރޭ ވިދާޅުވި އެވެ.

ހަމަނުޖެހުން ގެއްލެން މެދުވެރި އެއް ސަބަބުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މިފަހަރު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ބޭނުން ކޮންމެ މީހަކު ބެހެއްޓޭ ގޮތް ހެދުމުވެ. މަންދޫބުންނަށް ދިން ޑިޖިޓަލް ފާސްތައް ބޭނުންކޮށްގެން، އިދިކޮޅު ޕީޕީއެމްގެ މީހުން އިންތިހާބީ މަރުކަޒުތަކަށް ވަދެ އިންތިހާބު ހިންގިޔަ ނުދޭން މަސައްކަތް ކުރި ކަމަށް އިބުރޭ ވިދާޅުވި އެވެ. އެގޮތުން، ށ. ފީވަކުގައި ވެސް އެފަދަ މައްސަލައެއް ދިމާވެގެން އެ މީހުން ބޭރުކުރަން ޖެހުނީ ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ވޯޓުގެ ސައްހަކަން ގެއްލިގެންދާ ވަރަށް އިންތިޒާމުތައް ގޯސް ކަމަށެވެ. ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓާއި ފޮށި ކައިރީގައި އޮންނަ ލިސްޓާ ދިމާނުވެގެން ޖެހުނު މައްސަލަތައް ވެސް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި ވޯޓާސް ލިސްޓުގައި ނަން ނެތް މީހުން ވެސް ވޯޓުލާފައިވާ ކަމާއި، އިންތިޒާމުތައް ހުރި ގޮތުން ރަށެއްގައި ވޯޓުލާފައި މީހަކަށް މާލެ އައިސް ދެވަނަ ފަހަރަށް ވެސް އެ ރަށު ފޮއްޓަށް ވޯޓުލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންތިހާބު ފެށުނު އިރު ވެސް ނާއިންސާފުވެރިކަން ފެނުނު ކަމަށެވެ. އެގޮތުން އިންތިހާބުގެ ހުރިހާ ކަމެއް އިންތިޒާމު ކުރީ ވަކި ބައެއްގެ ކޮންޓްރޯލު އޮތް ގައުމީ މަޖިލީހަކުން ހޮވި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އިންތިހާބުގެ އިންތިޒާމުތައް ފާހަގަކުރެވުނީ ވަރަށް ދޯދިޔާކޮށެވެ.

"އެމްޑީޕީ، އެންމެ ބޮޑު ޕާޓީ ކަމަށް ދައުވާ ކުރާ ޕާޓީއިން އެ ބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށްޓަކައި ބޭއްވުނު އިންތިހާބަކީ ވަރަށް ދެރަވަރު، އިންތިޒާމުތައް ވަރަށް ގޯސް، ދޯދިޔާ އިންތިހާބަކަށް މި އިންތިހާބު ވެސް ވެގެން މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، އިންތިހާބުގެ އިންތިޒާމުތައް ހުރީ ހަމަނުޖެހުންތައް މަގުފަހިވާ ގޮތަށް ކަމަށެވެ. އެގޮތުން، މައްސަލަ ހޫނުވެފައި އޮތް އިރެއްގައި ވޯޓު ފޮށިތައް ދޮށުގައި މަންދޫބުން ތިބޭ ގޮތް ހަމަޖެއްސީ މަސްލަހަތު ގެއްލޭގޮތަށް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީއަކުން ނަމުން ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި އެކަމަކު، ޑިމޮކްރެޓިކް އުސޫލުން އަމަލު ކުރާ ތަނެއް އިންތިހާބުން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެމްޑީޕީ މިހާރު އޮތީ ހިތާމަ ކުރަން ޖެހޭ ހާލަތެއްގައި ކަމަށެވެ.

"[އެމްޑީޕީއަށް] 17 އަހަރު ވެގެން ދިޔަ އިރު ވެސް މިކަހަކަ މިކަހަލަ ކަންތައްތައް މިހާ ދޯދިޔާކޮށް މަސްލަހަތު ގެއްލޭ ގޮތަށް ހުރުމަކީ އަޅުގަނޑު ވެސް ސިޔާސީ ޕާޓީއެއްގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކަށް ވީމައާ އެކީގައި ހަމަ ހިތާމަ ކުރަން އަސްލު އެމްޑީޕީގެ ހާލަތާ ދޭތެރޭގައި. އެމްޑީޕީގެ މުސްތަގުބަލާ މެދު ވެސް ހިތާމަކުރަން." ޝިޔާމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރާނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓަކުކަން ފާހަގަކުރައްވައި، ޝިޔާމް ވިދާޅުވީ އިދިކޮޅުން ވެސް ބޭނުންވަނީ ރިޔާސީ އިންތިހާބު ވަރަށް އޮަމާންކޮށް ގެންދަން ކަމަށެވެ. އެހެންވެ، ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓު ވެސް ބަލި ގަބޫލުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގެ އިންތިޒާމުތަކާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވަކި އެއްޗެއް ނުބުނެ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބުއާ ސުވާލު ކުރުމުން ފާހަގަކުރެއްވީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ދައުރެއް ނޯންނަ ކަމެވެ. ބައެއް ފަހަރު ޕާޓީތަކުން އޮބްޒާވްކުރުމަށާއި ފަންނީ އެހީތެރިކަމަށް އެ ކޮމިޝަނުގައ އެދޭ ކަމަށާއި އެކަމަކު، އެމްޑީޕީން މިފަހަރު އެފަދަ ދައުވަތެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.