ރައީސް، 67 ޕަސެންޓުން ޕްރައިމަރީ ކާމިޔާބު ކުރައްވައިފި: ކެމްޕޭން ޓީމް
ރައީސް، 67 ޕަސެންޓުން ޕްރައިމަރީ ކާމިޔާބު ކުރައްވައިފި: ކެމްޕޭން ޓީމް

އެމްޑީޕީގެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވާފައިވާ ކަން އެގްޒިޓް ޕޯލްތަކުން ދައްކާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން އިއުލާންކޮށްފި އެވެ.

ރައީސްގެ ކެމްޕޭން ޓީމުން ބުނި ގޮތުގައި އެގްޒިޓް ޕޯލުން ދައްކާ ގޮތުގައި އެމަނިކުފާނަށް 67 ޕަސެންޓް ލިބިފައިވެ އެވެ.

"އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން ރައީސް އިބޫ 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބު ކުރައްވައިފި. މަރުހަނާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް،" ކެމްޕޭން ޓީމުން ބުންޏެވެ.

ރައީސްގެ ޓީމުން އެމަނިކުފާނުު މޮޅުވެއްޖެ ކަމަށް އިއުލާންކުރިއިރު އެގްޒިޓް ޕޯލްތަކާ ހަވާލާދީ ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެމަނިކުފާނު ކަމަށެވެ. އެގްޒިޓް ޕޯލްތަކުން 64.7 ޕަސެންޓު ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދުގެ ކެމްޕޭން ޓީމުން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިންމުމަށް ފަހު ފޮށިތައް ވަނީ ގުނަން ފަށައިފަ އެވެ. މިހާތަނަށް މަރުކަޒުތަކުގައި އިއުލާން ކުރި ގިނަ ފޮށިތަކުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.