މި ވޯޓުގެ ސައްހަކަމާ މެދު ސުވާލެއް ނެތް، އިންތިޒާމްތައް ހުރީ ރަނގަޅަށް: ރައީސް
މި ވޯޓުގެ ސައްހަކަމާ މެދު ސުވާލެއް ނެތް، އިންތިޒާމްތައް ހުރީ ރަނގަޅަށް: ރައީސް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް އިންތިޒާމްކުރަނީ އޮޅުވާލައި ވޯޓުގެ ސައްހަކަމާ މެދު ސުވާލު ނުއުފެދޭ ގޮތަށް ކަމަށާއި މި ޕްރައިމަރީގައި ވެސް އިންތިޒާމްތައް ހުރީ ކުރީގެ އިންތިހާބުތަކެކޭ އެއްގޮތަށް ފުރިހަމަކޮށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މި ވޯޓުގެ ސައްހަކަމާ މެދު ސުވާލެއް ނެތް، އިންތިޒާމްތައް ހުރީ ރަނގަޅަށް: ރައީސް
މި ވޯޓުގެ ސައްހަކަމާ މެދު ސުވާލެއް ނެތް، އިންތިޒާމްތައް ހުރީ ރަނގަޅަށް: ރައީސް

ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ މި އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތަށް ވެސް މުހިންމު މަންޒަރެއް ފެނިގެންދާނެ އިންތިހާބެއް ކަމަށެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ގިނަ މެމްބަރުން ނުކުމެ ވޯޓުލާ މަންޒަރު ރައީސް ސިފަކުރެއްވީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެއްގެ ގޮތުގަ އެވެ.

މި ވޯޓުގެ ސައްހަކަމާ މެދު ސުވާލެއް ނެތް، އިންތިޒާމްތައް ހުރީ ރަނގަޅަށް: ރައީސް
މި ވޯޓުގެ ސައްހަކަމާ މެދު ސުވާލެއް ނެތް، އިންތިޒާމްތައް ހުރީ ރަނގަޅަށް: ރައީސް

ރައީސް ވިދާޅުވީ ސުލްހަވެރިކަމާ އެކު މި ވޯޓު ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެއާއެކު ދެން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިިހާބަށް އެކުގައި މަސައްކަތް ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

މި ވޯޓުގެ ސައްހަކަމާ މެދު ސުވާލެއް ނެތް، އިންތިޒާމްތައް ހުރީ ރަނގަޅަށް: ރައީސް
މި ވޯޓުގެ ސައްހަކަމާ މެދު ސުވާލެއް ނެތް، އިންތިޒާމްތައް ހުރީ ރަނގަޅަށް: ރައީސް

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީ އެކީގައި އަޅުގަނޑަށް ޔަގީން ރިޔާސީ އިންތިހާބު އަލުން ފަށައިގަންނާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ވޯޓު އޮޅުވާލާނެ ކަމަށް ވާދަވެރި ކެންޑިޑޭޓް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ކުރާ ތުހުމަތުތައް ރައީސް ދޮގުކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އިންތިހާބެއްގައި އެފަދަ އަމަލެއް ނުހިންގާނެ ކަަމަށެވެ. މިހާތަނަށް ބާއްވާފައިވާ އެއްވެސް އިންތިހާބުތަކުގައި ވެސް އެފަދަ ކަމެއް ނުހިނގާ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ އެތެރޭގެ އިންތިޒާމް ހަމަޖެހިފައި ހުރީ އެއަށް ވުރެން ރަނގަޅަށް، ކުރިން ވެސް އެކަން ކޮށްފައި ތިއްބެވި ބޭފުޅުން އެ ތިއްބެވީ ހިންގަން، އެހެންވީމާ އެ ކަހަލަ އެއްވެސް ކަމެއް މި ވޯޓު ތެރޭގައި ހިނގާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިއަދު ވެސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ ވާދަކުރައްވާ މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވޭނެ އެވެ. އިންތިހާބަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ޑަބަލް ޑިޖިޓްގެ ތަފާތެއް ނަތީޖާގައި ފެންނާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިކަމާއި ޓޫރިޒަމާއި ސިއްހީ ދާއިރާ އާއި އެ ނޫން ވެސް ފަށާފައި ހުރި ކަންކަމާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިިހާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. ޕާޓީއަށް އިންތިހާބު ކާމިޔާބުކުރެވޭނެ ފޯމިއުލާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ޕާޓީތަކާ ވެސް ގުޅިގެން ކަމަށެވެ. އެކަން ކުރެވޭނީ ޕާޓީގެ މި ޕްރައިމަރީއަށް ފަހު މަޝްވަރާކޮށް ގޮތްތަކެއް ހޯދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.