އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު
އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު

މާދަމާ ބާއްވާ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީއަކީ އެ ޕާޓީގެ އެންމެހައި ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް، އެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށް އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން މިރޭ ބުނެފި އެވެ.

އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު
އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު

ކެމްޕެއިން ޓީމުތަކަށާއި ސަޕޯޓަރުންނަށް އެ މަނިކުފާނު އެ ގޮތަށް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސްގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، ޕްރައިމަރީ ގަޑުބަޑު ކުރަން ރާވާ ކަމަށް ބުނެ ކުރީގެ ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ މުހައްމަދު ނަޝީދުގެ ޓީމުން މިއަދު ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު
އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު

މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންއެއްގައި، ނަޝީދުގެ ކެމްޕެއިން އެޖެންޓް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން އެކި ކަންކަން ރާވަމުންދާ ކަމުގެ މައުލޫމާތު އެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ވާހަކަތައް ގަބޫލުކުރާ ސަބަބުތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު
އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު

އެ ތުހުމަތުތަކަށް ރައްދު ދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ބުނީ، އެ ގޮތަށް ނަޝީދުގެ ޓީމުން ބުނަނީ އިންތިހާބެއް ގަޑުބަޑު ކުރުމުގެ ފުރުސަތު ނޯންނާނެކަން އެނގި ތިބެ ކަމަށެވެ.

އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު
އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު

"ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ޑިމޮކްރެޓިކް ދެފުށް ފެންނަ އިންތިހާބީ އުސޫލްތައް ރާއްޖެ އަށް ތައާރަފުކުރި މި ޕާޓީގެ އެތެރޭގެ އިންތިހާބެއް ގަނޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫން ކަން އެނގި ތިބެ، ވާދަވެރި ކެންޑިޑޭޓުގެ ފަރާތުން އެއްވެސް އަސާސެއް ނެތި އެފަދަ ތުހުމަތާއި އިލްޒާމް އެޅުމަކީ ހިތާމަކުރާ ކަމެކެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު
އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު

އެ ބަޔާނުގައި ބުނީ، އެފަދަ ރޭވުންތަކުން އެއްކިބާވެ، މާދަމާގެ ރިޔާސީ ޕްރައިމަރީއަކީ ޑިމޮކްރެޓިކް ރޫހުގައި އެއް އަމާޒަކަށް މަސައްކަތްކޮށް، އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ބަދަހި އަދި އެންމެ ވަރުގަދަ ޕާޓީކަން ރާއްޖެ އަށާއި ދުނިޔެ އަށް ވެސް ދައްކާ ފުރުސަތަކަށް ހެދުމަށް އެދޭ ކަމަށެވެ.

އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު
އެމްޑީޕީގެ އުސޫލުތައް ދަމަހައްޓަން ރައީސް ވަނީ އިރުޝާދު ދެއްވާފައި: ކެމްޕެއިން ޓީމު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން ބުނިގޮތުގައި، މި ޕްރައިމަރީ އަށް ފަހު، ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޒާތީ ތައައްސުބާއި އެކަށީގެން ނުވާ ބަހުރުވަ އާއި ޒުވާބާއި ޖަދަލުގެ ތެރެއަށް ނުވެއްޓި ތިބި މެމްބަރުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރައްވަ އެވެ.

އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ވެސް ފުރުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ފަހުގެ ހަރަކާތެއްގެ ގޮތުގައި ހުޅުމާލޭގައި ބޭއްވި އެއްވުމުގައި، ނަޝީދަށް އިޝާރާތް ކުރައްވައި ވިދާޅުވީ މާދަމާގެ ނަތީޖާއަށް ފަހު، މާޒީ ހަނދާން ނައްތާލައި އަލުން އެކުގައި މަސައްކަތަށް ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެއްބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

ޕްރައިމަރީގައި މޮޅުވާ ކެންޑިޑޭޓާއެކު ހުންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވީ ނަމަވެސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވައިފި ނަމަ އެކުގައި މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ނަޝީދު އެ ޖަވާބު ދެއްވީ ކެމްޕެއިނަށް ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އާންމުންގެ ބަޔަކާއެކު ބޭއްވެވި ބައްދަލުވުމެއްގައި ދެންނެވި ސުވާލަކާ ގުޅިގެންނެވެ. ޕްރައިމަރީން ބަލިވެއްޖިއްޔާ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ޕީޕީއެމާއެކު ތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ، ޕީޕީއެމާއެކު ނުހުންނަވާނެ ކަމީ "ސަތޭކައިން ސަތޭކައިގެ ކަމެއް" ކަމަށެވެ.

"..އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހާއެކު ނުހުންނާނަން،" ނަޝީދު ވިދާޅުވި އެވެ.

އޭގެ މާނައަކީ ކޮބައިތޯ ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ، "އަހަރެން އެކަނި ގޮސް ގޭގައި ހުރީމާ ނިމުނީ ނޫންހޭ" އެވެ.