ދެން އެކުލަވައިލާ ސަރުކާރެއްގައި އުނދަގޫތަކަށް ފުރުސަތު ނުދޭނަން: ރައީސް
ދެން އެކުލަވައިލާ ސަރުކާރެއްގައި އުނދަގޫތަކަށް ފުރުސަތު ނުދޭނަން: ރައީސް

މާދަމާ އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރައްވައި ރިޔާސީ އިންތިހާބުގެ ކާމިޔާބީ އަށް ފަހު، ދެން އުފެދޭ ސަރުކާރެއްގެ ތެރެއަށް ދަތި އުނދަގޫތައް ފޯރުވިޔަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދެން އެކުލަވައިލާ ސަރުކާރެއްގައި އުނދަގޫތަކަށް ފުރުސަތު ނުދޭނަން: ރައީސް
ދެން އެކުލަވައިލާ ސަރުކާރެއްގައި އުނދަގޫތަކަށް ފުރުސަތު ނުދޭނަން: ރައީސް

ރައީސްގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ބޭއްވި އެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ، ބޭނުންފުޅު ވަނީ ސުލްހަ އާއި ހަމަޖެހުމާއި އަމާންކަން ކަމަށާއި 2013 އިން 2018 އަށް މުޅި ރާއްޖެ ތަހައްމަލުކުރި ބިރުވެރިކަން ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ދެން އެކުލަވައިލާ ސަރުކާރެއްގައި އުނދަގޫތަކަށް ފުރުސަތު ނުދޭނަން: ރައީސް
ދެން އެކުލަވައިލާ ސަރުކާރެއްގައި އުނދަގޫތަކަށް ފުރުސަތު ނުދޭނަން: ރައީސް

އެކަމަކު، ނޮވެމްބަރު 2018 ގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ހަމަޖެހުން ގާއިމުކުރެވިއްޖެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ "މިއަދު ހަމަޖެހިގެން މި ތިބެވެނީ ބަޔަކު މަސައްކަތްތަކެއް ކޮށްގެން" ކަމަށެވެ. އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ ތެރެއިން ދަތިތަކެއް ކުރިމަތިކުރުވިޔަސް އެ ކަންކަމާ މެދު ގޮތް ނިންމެވީ ވިސްނުންތެރިކަމާ އެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ކުރިއަށް ދާނީ މި ތަޖުރިބާތަކާ އެކު،" އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ވެސް ފުރުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، އެ މަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ މި ސަރުކާރުގެ ފާއިތުވި ދުވަސްތަކުގައި ލިބިވަޑައިގަތް ތަޖުރިބާގެ އަލީގަ އެވެ. އެހެންވެ، ދެން އެކުލެވޭ ސަރުކާރެއްގައި އެ ކަހަލަ އުނދަގޫތަކެއް ކުރިމަތިވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަކީ ވަރަށް މުހިއްމު ވަގުތުކޮޅެއް ކަމަށާއި މާދަމާ އިރުއޮއްސޭނީ އުފާވެރިކަމާ އެކު ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ވާދަވެރި ފަރާތްތަކަށް އިޝާރާތްކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާދަމާގެ ނަތީޖާއަށް ފަހު، މާޒީ ހަނދާން ނައްތާލައި އަލުން އެކުގައި މަސައްކަތަށް ނުކުތުމަށް އެދިވަޑައިގަންނަވައިފަ އެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެއްބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެންމެން އެކުގައި ގުޅިގެން ނުކުމެއްޖެ ނަމަ، މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނު މިއަދު ހަވީރު ނިންމަވާލައްވާފައި ވަނީ ފޯރިގަދަ ކެމްޕެއިން ހަރަކާތްތަކަކަށް ފަހުގަ އެވެ. ދެ ބޭފުޅުން ވެސް ޔަގީންކަމާ އެކު ވިދާޅުވަމުން ގެންދަވަނީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަަމަށެވެ.