އެމްޑީޕީގެ އެކަނި ސަރުކާރެއް ބޭނުން، އެކަމަކު އިންތިހާބު ކާމިޔާބު ވާން އޮތީ ޕާޓީތަކާ ގުޅިގެން: ރައީސް
އެމްޑީޕީގެ އެކަނި ސަރުކާރެއް ބޭނުން، އެކަމަކު އިންތިހާބު ކާމިޔާބު ވާން އޮތީ ޕާޓީތަކާ ގުޅިގެން: ރައީސް

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އެކަނި ވެރިކަމެއް ކުރުމަކީ އެމަނިކުފާނު ވެސް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެކަމަކު ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން މޮޅުވެވެން އޮތީ އެހެން ޕާޓީތަކާ ގުޅިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އައްޑޫގައި ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެކަނި ސަރުކާރެއް ބޭނުން، އެކަމަކު އިންތިހާބު ކާމިޔާބު ވާން އޮތީ ޕާޓީތަކާ ގުޅިގެން: ރައީސް
އެމްޑީޕީގެ އެކަނި ސަރުކާރެއް ބޭނުން، އެކަމަކު އިންތިހާބު ކާމިޔާބު ވާން އޮތީ ޕާޓީތަކާ ގުޅިގެން: ރައީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރެއްވި ކެމްޕޭންގެ ފަހު ޖަލްސާގައި ރައީސް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާން އޮތް ހަމައެކަނި ގޮތަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނު އިންތިހާބުކޮށްގެން ކަަމަށެވެ. އެއީ، ރައީސް ތަކުރާރު ކުރައްވާފައިވާ ގޮތުގައި، އެހެން ޕާޓީތަކާ ގުޅިގެން ވާދަވެރި ކެންޑިޑޭޓް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މަސައްކަތް ނުކުރެއްވޭނެތީ އެވެ.

އެމްޑީޕީގެ އެކަނި ސަރުކާރެއް ބޭނުން، އެކަމަކު އިންތިހާބު ކާމިޔާބު ވާން އޮތީ ޕާޓީތަކާ ގުޅިގެން: ރައީސް
އެމްޑީޕީގެ އެކަނި ސަރުކާރެއް ބޭނުން، އެކަމަކު އިންތިހާބު ކާމިޔާބު ވާން އޮތީ ޕާޓީތަކާ ގުޅިގެން: ރައީސް

އެމްޑީޕީއަކީ އެންމެ ތާއީދު ބޮޑު ސިޔާސީ ޕާޓީކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ހަގީގަތާ އެކު ވެސް ރިޔާސީ އިންތިހާބު 50 ޕަސެންޓަށް ވުރެން މަތިން އެމްޑީޕީއަށް އެކަނި ކާމިޔާބު ނުވާނެ ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެކަނި ސަރުކާރެއް ބޭނުން، އެކަމަކު އިންތިހާބު ކާމިޔާބު ވާން އޮތީ ޕާޓީތަކާ ގުޅިގެން: ރައީސް
އެމްޑީޕީގެ އެކަނި ސަރުކާރެއް ބޭނުން، އެކަމަކު އިންތިހާބު ކާމިޔާބު ވާން އޮތީ ޕާޓީތަކާ ގުޅިގެން: ރައީސް

"އަޅުގަނޑު ވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަން ކުރާ ތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވާލާ ތަން ދެކެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޯލިޝަން އާއެކު ސަރުކާރެއް އެކުލަވާލާއިރު ދޫތަކެއް ދޭން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީ އަށް ލިބޭ ބައި އަބަދުވެސް ބޮޑު ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ ވެސް ބަރާބަރަށް ތަންފީޒުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީން ވޭތުވެދިޔަ އަހަރުތަކުގައި މުޅި ރާއްޖޭގައި ތަރައްގީގެ އެތައް މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި ކުރިޔަށް ކުރަން ވެސް އެތައް މަސައްކަތްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މި އިންތިހާބުން ނިންމާ ގޮތެއްގެ ސަބަބުން އެ ހުރިހާ ކަމެއް ދޫކޮށްލުމަށް ފަހު އަލުން މަގުމައްޗަށް ނިކުންނަން ޖެހިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރަށް ފަސޭހަ ގޮތެއް އެބައޮތް ކަމަށާއި އެ ގޮތް ނެތް ނަމަ އަލުން މަގުމައްޗަށް ނިކުމެ ޝުއޫރު ފާޅު ކުރަން މައްސަލައެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންތިހާބު ކާމިޔާބުކޮށް ސަރުކާރެއް އެކުލަވާލަން ކުރަން ޖެހޭ ކަންކަން 2008، 2013 އަދި 2018 އިން ސާފުކޮށް ފެންނަން އެބައޮތް،" ރައީސް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމަކަށް ވިސްނާފައި އެމްޑީޕީގެ ސަރުކާރެއް އެކުލަވާލަން ލިބޭ ފުރުސަތު ގެއްލުވާ ނުލުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވި އެވެ.