26 ޖެނުއަރީ 2023 - 13:50

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް "ސޯޝަލް ޕެކް އެޑްއޮން" އެއް ތައާރަފުކޮށްފި އެވެ.
އެ އެޑް އޮން އަކީ ސޯޝަލް މީޑިއާ އެޕުތައް ބޭނުންކުރުމަށް 23ރ. އަށް 23 ޖީބީ ލިބޭ އެޑްއޮން އެކެވެ. އެ އެޑްއޮން ބޭނުންކޮށްގެން ވައިބާ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޓުވިޓާ، ސްނެޕްޗެޓް އަދި ވީޗެޓު ފަދަ ސޯޝަލްމީޑިއާ އެޕުތައް ބޭނުންކުރެވޭނެ އެވެ.
އެ އެޑްއޮން ލިބޭނީ އެކްޓިވޭޓު ކުރާ ދުވަހުގެ ރޭގަނޑު 11:59އާ ހަމައަށެވެ. ދިރާގުގެ މޮބައިލް އެޕްލިކޭޝަން އަދި 343 އަށް ކީވޯޑް "2023" ޖެހުމަށް ފަހު އެސްއެމްއެސް ކޮށްގެން ވެސް އެ އެޑްއޮން ނެގޭނެ އެވެ.
ދިރާގުން ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިމިޓެޑް އޮފާތައް އަބަދުވެސް ދެ އެވެ. އަދި ކަސްޓަމަރުންނަށް ގިނަ ބެނެފިޓްތަކެއް ލިބޭ އެކި ޕެކެޖުތައް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެ ކަސްޓަމަރެއް ބޭނުންވާ މިންވަރަކަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހިމަނައިގެން ނެގޭ ކޮމްބޯ ޕްލޭނާއި، ކޮންމެ ދުވަހަކު ރިފްރެޝްކޮށް ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭ ސަޅި ޕްރިޕެއިިޑް ޕްލޭން ވެސް ހިމެނެ އެވެ.
ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުން ގޮތަކަށް ފަރުމާކުރެވޭ މަމެން ޕްލޭނަކީ ވެސް ދިރާގު ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޕެކޭޖެކެވެ.