މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ހަވާލުކުރަނީ
މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ހަވާލުކުރަނީ

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ ބިން ލިބޭ މީހުންނަށް އަންނަ މާޗް މަހު ބިން ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ހަވާލުކުރަނީ
މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ހަވާލުކުރަނީ

މާލެ މީހުންނަށް ހުޅުމާލެ އިން ދޫކުރަނީ 1،000 ގޯއްޗެވެ. އެ ގޯތިތަކުން އެންމެ ކުޑަ ގޯތީގައި 1،250 އަކަފޫޓު ހުންނާނެ އެވެ. އެ ގޯތިތަކުގެ ބިން ސާފު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.

މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ހަވާލުކުރަނީ
މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ހަވާލުކުރަނީ

ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީން ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، މާލެ ރައްޔިތުންނަށް ބިން ދޫކުރުމަށް އެޗްޑީސީން 1.2 މިލިއަންގެ އަކަފޫޓެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ހަވާލުކުރަނީ
މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ހަވާލުކުރަނީ

"މި ބިންތައް ބެހިގެން ގޮސްފައި ވަނީ 62 ސަރަހައްދަކަށް. ހުޅުމާލޭގައި ވަރަށް ގިނަ ޑިވެލޮޕްމެންޓުތައް ހިންގާ އިރު ބައެއް ކަހަލަ ސްޓޯރޭޖު ބޭނުމަށް ބިންތައް އެބަހުރި،" އާރިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޓާގެޓް ކުރަނީ އިވެލުއޭޝަން ޕްރޮސެސް ނިމެންވާއިރަށް، މާޗް މަހު ލިސްޓު އާންމު ކުރެވޭނެ ކަމަށް. ލިސްޓު އާންމު ކުރުމާއެކު ހަމަ ވަގުތުން ވަގުތަށް ބިމުގައި ކަޑަޖަހައި އެ ބިންތައް ހަވާލުކުރެވޭ ވަރަށް މި 60 ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރެވެމުން އެ ދަނީ."

އޭނާ ވިދާޅުވީ ބިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލައި މާޗް މަހު ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ވެސް ފައިނަލް ލިސްޓެއް އާންމު ކުރެވޭނެ ކަމަށެވެ.

"މިހާރު ކުރިއަށް އެ ދާ ސްޕީޑަށް ބަލާއިރު ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް މާޗް މަހު އަޅުގަނޑުމެންނަށް ދެ ސްކީމުން ވެސް ފައިނަލް ލިސްޓެއް އާންމު ކުރެވޭނެ ކަމަށް. އޭގެ ފަހުން އެ ލިސްޓު އާންމުކޮށް ޝަކުވާ ފޯމުތައް ވެސް ނިންމައިލެވޭނެ،"

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

އެގޮތުން މިއަދު ފެށި، ބިން ސާފު ކުރުމުގެ މަސައްކަތް ދެ ހަފްތާ ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިން ކަނޑައެޅުމުގެ މަސައްކަތް މީގެ މަސްތަކެއްގެ ކުރިން ވަނީ ފެށިފައި. އެޗްޑީސީގެ ފަރާތުން މި ކުރާ މަސައްކަތަކީ މިހާރު ހުށަހެޅިފައިވާ ފޯމުތައް އިވެލުއޭޓްކޮށް ނިންމުމުގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ ބިމުގައި، ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް އިން ޖަހައި، ކަޑަ ޖަހައި އެ ކަންކަން ކުރަންވާ ތައްޔާރީތައް ކުރުން. ދެ ހަފްތާއެއް ތެރޭގައި ސާފް ކުރުމުގެ މަސައްކަތް ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

މާލެ ރައްޔިތުންނަށް ބިން ދިނުމަށް ދެން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެންނެވެ. އެ ސަރަހައްދުން ދޫކުރާ 2،000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 26 ގަ އެވެ.

އެ ފުރުސަތުގައި ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އޭގެ ތެރެއިން މާލެ އިން ހިލޭ ދޫކުރާ ބިންތަކަށް އެދި ފޯމުލީ 15،164 މީހެކެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތި، އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރުކުރެވެ އެވެ.