ގެންނަން މިއުޅޭ ބަދަލަކީ ކޮފީއެއް ބޯން އެކައުންޓް ބެލެންސް ބަލަން ނުޖެހުން: ނަޝީދު
ގެންނަން މިއުޅޭ ބަދަލަކީ ކޮފީއެއް ބޯން އެކައުންޓް ބެލެންސް ބަލަން ނުޖެހުން: ނަޝީދު

ރާއްޖޭގެ ޒުވާނުން ބޭނުން ވަނީ އާމްދަނީ ދެގުނަވާނެ ގޮތެއް ހޯދުން ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ގެންނަވާނެ ބަދަލަކީ ކޮފީއެއް ބޯން އެކައުންޓުގައި ފައިސާ ހުރި ވަރެއް ބަލަން ނުޖެހި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ގެންނަން މިއުޅޭ ބަދަލަކީ ކޮފީއެއް ބޯން އެކައުންޓް ބެލެންސް ބަލަން ނުޖެހުން: ނަޝީދު
ގެންނަން މިއުޅޭ ބަދަލަކީ ކޮފީއެއް ބޯން އެކައުންޓް ބެލެންސް ބަލަން ނުޖެހުން: ނަޝީދު

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވާ ނަޝީދު ރޭ ޒުވާނުންނާ އެކު ލޮނުޒިޔާރަތްޕާކުގައި ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ ޒުވާނުންގެ ކުރިމަގަށް އެމަނިކުފާނު ތަސައްވުރެއް ގެންގުޅުއްވާ ކަމަށެވެ. ތަނަވަސް ދިރިއުޅުމެއް ހޯދަން ކުރަން ޖެހޭ ކަމަކީ ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުން ކަމަށާއި ތަންފީޒުކުރާނެ އެ ސިޔާސަތު އެމްޑީޕީގެ މެނިފެސްޓޯގައި އޮންނާނެ ކަމަށެވެ.

ގެންނަން މިއުޅޭ ބަދަލަކީ ކޮފީއެއް ބޯން އެކައުންޓް ބެލެންސް ބަލަން ނުޖެހުން: ނަޝީދު
ގެންނަން މިއުޅޭ ބަދަލަކީ ކޮފީއެއް ބޯން އެކައުންޓް ބެލެންސް ބަލަން ނުޖެހުން: ނަޝީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒުވާނުން ހިމެނޭ ކޮންމެ ދާއިރާއެއް ވިޔަސް އާމްދަނީ އިތުރުވާނެ ގޮތްތަކެއް ހޯދައިދޭން ޖެހެ އެވެ.

"ޒުވާނުން ވެސް އެންމެ ބޮޑަށް ބޭނުން ވާނީ ތަނަވަސްކަން. ހާސްކަމެއް ނެތުން. ޖީބުގައި ފައިސާއެއް އޮތުން. ސޭވިން އެކައުންޓުގައި ވެސް ކޮންމެވެސް އެއްޗެއް އޮތުން, ކަރަންޓް އެކައުންޓްގައި ވެސް އެއްޗެއް އޮތުން. ކްރެޑިޓް ކާޑުން އަދި ޑެބިޓް ކާޑުން ވެސް ބޭނުންކުރެވޭނެ ގޮތެއް ވުން. ކޮންމެ ފަހަރަކު ކޮފީއެއް ބޯން, ކޮންމެ ފަހަރަކު ބޭންކް ބެލެންސާ ދިމާލަށް ބަލަން ނީނދެ ތަނަވަސްކޮށް އުޅޭނެ ގޮތެއް ވުން," ނަޝީދު ވިދާޅުވި އެވެ.

ޒުވާން އާބާދީއަކީ ނެތް ބައެއްގެ ގޮތުގައި ދޫކޮށް ނުލެވޭނެ ކަމަށާއި މުޖުތަމައުން ގެއްލިފައި ތިބި މީހުން ވެސް ދެވަނަ ފުރުސަތުގެ ދަށުން އަލުން މުޖުތަމައަށް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީއަކަށް ގައުމު އެނބުރުނީމާ އާމްދަނީ ކުއްލިއަކަށް އުފުލޭތަން ފެންނަ ކަމަށެވެ. ދައުލަތުގެ އާމްދަނީ ކުއްލިއަކަށް 10 ގުނަ ވިޔަސް އާއްމު މީހާއަށް އެކަމުގެ ރަނގަޅު އަސަރެއް ނުކުރާ ކަމުގެ ކަންބޮޑުވުން ނަޝީދު ރޭ ވެސް ފާޅުކުރެއްވި އެވެ.

މި ޕްރައިމަރީގެ ކެމްޕޭންގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އާއި އެ ޕާޓީއަށް ތާއީދުކުރައްވައި ނަޝީދު ވާހަކަ ދައްކަވާތީ, ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ހުކުމް އިއްވާފައި ހުރި ބޭފުޅަކު "އޯކޭ" ވަނީ ކީއްވެތޯ އެ ބައްދަލުވުމުގައި ޒުވާނަކު ސުވާލުކުރުމުން ވިދާޅުވީ އެމަނިކުފާނާ އަމާޒުކުރާ ސުވާލަކީ އެއީ ނޫން ކަމަށެވެ.

"ޕޮލިސީއެއްގެ ގޮތުގައި ކަންކަން އޯކޭތޯ. މިހެން އަޅުގަނޑު ބެލީމާ މި ހިނގާ އަޅުގަނޑުމެން އެމްޑީޕީ ބައިވެރިވާ ކަމަށް ބުނާ ސަރުކާރުގައި އިންތިހާއަށް ކޮރަޕްޝަން އެބަހުރި, އެއްގޮތަކަށް ވެސް ތަހުގީގު ނުކުރެވޭ," ނަޝީދު ވިދާޅުވި އެވެ.

ވެންޓިލޭޓަރު ހޯދުމުގައި ހިންގި ހިޔާނާޔާތާއި އެ ނޫން ވެސް އެ ކަންކަމަށް މަގުފަހިވި އެތައް ކަމެއް, ނަޝީދު ވިދާޅުވި ގޮތުގައި, ތަހުގީގު ނުކުރެވި އެބަހުއްޓެވެ. އިންސާފެއް ވެސް އެކަމުގައި ނުހޯދުނު ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

"ދެން ރައީސް ޔާމީނާއި ޕީޕީއެމްގެ ކޮރަޕްޝަން, އެނގޭތޯ އެ ވާހަކަ ދައްކާއިރު އެމްއެމްޕީއާރުސީގެ މައްސަލަތަކެއް ނޭނގުނު. ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވިއްޖެ. އެކަމަކު 270 މީހުންނަކީ ކޮބައި ކަމެއް ނޭނގުނު. އެ ފައިސާއަށް ވީ ގޮތެއް ވެސް ނޭނގުނު." ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު މި އިންނަނީ ވަރަށް އުނދަގޫވެފައި އެއްވެސް މީހަކާ ދިމާލަށް މިހެންނޭ އެހެންނޭ ބުނަން, ރައީސް ޔާމީން އޯކޭތޯ ނޫންތޯ އަޅުގަނޑުގެ ނަޒަރުގައި ބަލަންވީ ޕީޕީއެމްގެ ސިޔާސަތުތައް ހުރީ ކިހިނެއްތޯ. އެ މީހުން މި އިންތިހާބަށް ދާއިރުގައި ކަންތައްތައް އެކުލަވާލީ ކޮން ގޮތަކަށްތޯ. އެ މީހުންނާ އަޅުގަނޑުމެންނާ އެއްގޮތްވާ އެއްވެސް ސިޔާސަތެއް އެބައޮތްތޯ."

އެއާއެކު އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އާއި އަދާލަތު ޕާޓީ ނުވަތަ އެމްއާރުއެމްއާ އެއްގޮތްވާ އެއްވެސް ސިޔާސަތުތަކެއް އޮތްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.

އަނިޔާ އާއި ކޮރަޕްޝަނާއި ނާއިންސާފުގެ ވާހަކަ ދައްކަން ފަށައިފި ނަމަ "ސަހަލު އެކަކު ވެސް ނެތް" ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އިއްތިހާދު ހަދައިގެން ރައީސް މައުމޫނާ. އަޅުގަނޑު ކީކޭ އެކަމާ ދަންނަވާނީ. އޯކޭ ވެފައި މިތިބީ މައުމޫން" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޒުވާން ދުވަސްވަރު ޗޭނު ޖަހައި ބިޑި އަޅުވައި އަނދަގޮނޑިއަށް ލާފައި ހޭދަކުރައްވަން ޖެހިވަޑައިގަތީ ގޮޅީގައި ކަމަށެވެ. އެއާއެކު ވެސް "ރައީސް މައުމޫން ހަމަ އޯކޭ" ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ ވާހަކަ ދައްކައިފި ނަމަ, ނަޝީދު ވިދާޅުވި ގޮތުގައި ހައްތަހާ ވާނީ ބަސް ގިނަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބު އެމަނިކުފާނަށް އޮތީ "ކާމިޔާބުވެފަ" އެވެ. ސެޕްޓެމްބަރު މަހުގައި އޮންނަ އިންތިހާބާ ހަމައަށް ދާއިރު އެމްޑީޕީގެ ސިޔާސަތުތަކެއް އޮންނާނީ ޒުވާނުންގެ ދިރިއުޅުން ވެސް ކުރިއަރައިދާނެ ގޮތަށް ބައްޓަންވާނެ ގޮތަށް އެކުލަވާލެވިފައި ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވެވަޑައިގަންނަވާނީ އެމްޑީޕީގެ 39,000 މީހުން ވަކިކޮށްފައިވާތީ އެވެ.