26 ޖެނުއަރީ 2023 - 12:20

އިންޑިއާއަކީ އދ.ގެ އެންމެ ފުރަތަމަ 51 ބާނީންގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އޮގަސްޓް 15، 1947 ގައި އިނގިރޭސިވިލާތުން މިނިވަންވުމަށް ފަހު، އދ.ގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އިންޑިއާ ދެމިއޮތެވެ.

ސެޕްޓެމްބަރު 19, 1947 ގައި އދ.ގެ އާންމު މަޖިލީހުގައި މިނިވަން އިންޑިޔާގެ ފުރަތަމަ ބޮޑު ބަޔާނެއް ދެއްވީ ވިޖައިލަކްޝްމީ ޕަންޑިތެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި "ބޮޑެތި ބާރުތައް އެކަތިގަނޑަކަށްވުމުގެ ބަދަލުގައި، އެއަށްވުރެ ދުރަށް ހިނގަމުން އެބަދެއެވެ. ނުތަނަވަސްކަމާއި، ޝައްކު އަދި ކަންބޮޑުވުމާއި، އިންސާނުންނަށް ހަލާކުވަނިވި ކާރިސާއަކާ ދިމާލަށް ކަންކަން ހިނގަމުންދާކަމުގެ ނުތަނަވަސް އެބަހުއްޓެވެ،".
ފިނި ހަނގުރާމައިގެ ފިކުރީ ހަމަނުޖެހުންތަކުގެ ތެރޭގައި އިންޑިއާ ހިމެނުމަށް ކުރާ މަސައްކަތާ ދެކޮޅަށް ޕަންޑިތު ވިދާޅުވީ "ފިކުރަކީ އަމަލަކަށް ވުރެ މުހިންމު ކަމެއް ނޫން" ކަމަށެވެ.

"ފިކުރެއް އަޅުގަނޑުމެންނަކަށް ނުކެވޭނެ. އަޅުގަނޑުމެންނަކަށް ފިކުރެއް ނުގެންގުޅެވޭނެ، އަދި އަޅުގަނޑުމެންނަށް އެއިން ފޭރާން އަޅައިފި ނަމަ ނިވާކަމުގެ އިހުސާސް އެއް ނުކުރެވޭ. އެގޮތުން ކާބޯތަކެއްޗާއި ފޭރާމާއި ބޯހިޔާވަހިކަމާއި ތައުލީމާއި ބޭސްފަރުވާގެ ހިދުމަތަކީ އަސްލު އަޅުގަނޑުމެން ބޭނުންވާ ކަންކަން."

މިނިވަން އިންޑިޔާއިން ވަނީ އދ.ގެ ތަސައްވުރަކީ އިންޑިޔާގެ އިޖްތިމާއީ އަދި އިގުތިސާދީ ބަދަލުތަކަށް އެހީތެރިވެދޭ ބައިނަލްއަގުވާމީ އޮނިގަނޑެއްގެ ގޮތުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެވެ.
މި ތަސައްވުރު ވޭތުވެދިޔަ 75 އަހަރުގެ ތެރޭވަނީ ދެމެހެއްޓިފަ އެވެ. އިންޑިއާއިން މިހާތަނަށް އދ.އަށް ކޮށްދީފައިވާ މަސައްކަތުގެ ރަމްޒެއްގެ ގޮތުގައި ބޮޑު ދެ ކާމިޔާބީއެއް ފާހަގަ ކޮށްލެވެއެވެ. ފުރަތަމަ ކަމަކީ 1960 ވަނަ އަހަރުގެ ޑިސެމްބަރު މަހު އދ.ގެ އާންމު މަޖިލީހުން ތާރީހީ އިއްތިފާގަކުން ފާސްކުރި ޑިކޮލޮނައިޒޭޝަން ގަރާރާ އެކު ކުރީގެ އިސްތިއުމާރީ ގައުމުތަކަށް އދ. އާންމު މަޖިލީހުގައި މިނިވަން މެމްބަރަކަށް ވުމުގެ މަގު ފަހިކޮށްދިނުމުގެ ކާމިޔާބު ކެމްޕޭނެވެ.
ދެވަނަ ކަމަކީ، ދެމެހެއްޓެނިވި ތަރައްގީގެ މައްސަލަތައް އދ. އާއި އެ ޖަމާއަތުގެ ހާއްސަ އިދާރާތަކުގެ މަރުކަޒީ އެޖެންޑާގައި ހަރުދަނާގޮތެއްގައި ހިމެނުމަކީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީގެ 17 ލަނޑުދަނޑިއަކާ އެކު، އެޖެންޑާ 2030 ގެ އިއްތިފާގުން ފާސްކުރުމެވެ. މި ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް އިން ރަމްޒުކޮށްދެނީ ސިއްހީ، ތައުލީމާއި، ޖިންސާއި، ހަކަތަ އާއި، ވަޒީފާ އާއި، އުމްރާނީ ތަރައްގީ އާއި، އާބަން ގްރޯތް، ކޮންޒަމްޕްޝަން އަދި އެއްގަމާއި ކަނޑުއަދި ވައިގެ މާހައުލު ހިމެނޭ ގޮތަށް އިންސާނުން ކުރާ މަސައްކަތުގެ ވަށާޖެހޭ ނިޒާމެކެވެ.
މި ދެ ކާމިޔާބީ ހާސިލްކުރެވުނީ، އދ.ގެ އާންމު މަޖިލީހުގެ އެހެން މެމްބަރު ގައުމުތަކާ އެކު އިންޑިޔާއިން ދޭދޭ ގުޅުން ބަދަހިކޮށް، ހިއްސާ ކުރެވިފައިވާ އަސާސްތަކާއި މަސްލަހަތުތަކުގެ މައްޗަށް ބިނާކޮށެވެ. ނަވާރަ ސަތޭކަ ފަސްލޮޅަސް އެއް ވަނަ އަހަރު އިންޑިއާ, ފިނި ހަނގުރާމައިގެ ވާދަވެރި ބްލޮކް ޕޮލިޓިކްސްގެ ތެރެއަށް ވަނުމަށް ދެކޮޅު ހެދި ނޮން-އެލައިންޑް މޫވްމަންޓް (އެންއޭއެމް)ގެ ކޯ ފައުންޑަރަކަށް ވިއެވެ. އެންއޭއެމްގެ މެމްބަރުންގެ ގޮތުގައި މިއަދު ތިބީ އދ.ގެ އާންމު މަޖިލީހުގެ މެމްބަރު 193 ގައުމުގެ ތެރެއިން 120 ގައުމެވެ. އިންޑިއާއިން ވަނީ، 1964 ގައި އަލަށް މިނިވަންވަމުން އަންނަ 77 ގައުމަކާ އެކު ގްރޫޕް އޮފް 77 (ޖީ-77) އުފައްދައި، މިހާރު އދ.ގެ އާންމު މަޖިލީހުގައިވާ 134 މެމްބަރު ގައުމު ހިމެނިފައެވެ. ޖީ-77 ގެ މައިގަނޑު ބޭނުމަކީ 1967 ވަނަ އަހަރު އެ ގައުމުން ފާސްކުރި ޗާޓަރު އޮފް އަލްޖިއާސްގެ މައްޗަށް ބިނާކޮށް ހަމަހަމަ އާ ބައިނަލްއަގުވާމީ ނިޒާމެއް އުފައްދުމެވެ. އަދި ޖީ-77 ގެ މައިގަނޑު ޝައުގުވެރިކަން ވަނީ އދ.ގެ އެޖެންޑާ 2030 އަށެވެ.
ޑިމޮކްރަސީ އާއި ދެމެހެއްޓެނިވި ތަރައްގީ ހިމެނުމުން ފާއިތުވި 75 އަހަރުގެ ތެރޭގައި އދ. އާއި އެ ޖަމިއްޔާގެ ޚާއްސަ އިދާރާތަކުގެ ހަރަކާތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއަ އެވެ. އދ.ގެ އެޖެންޑާ 2030 ގެ އިބާރާތުގައި ފާހަގަކޮށްފައިވާ ގޮތުގައި ދެމެހެއްޓެނިވި ތަރައްގީއަކާ ނުލައި ސުލްހައެއް ނޯންނާނެ އެވެ. އަދި ސުލްހަ އާ ނުލައި, ދެމެހެއްޓެނިވި ތަރައްގީއެއް ނޯންނާނެ އެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ ސުލްހަމަސަލަސްކަމާއި ސަލާމަތަށް ނުރައްކާވަމުން ދާކަމީ މައިގަނޑު ގޮތެއްގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ނާކާމިޔާބުގެ ސަބަބުންނެވެ.
ޔޫއެންއެސްސީގެ އެޖެންޑާގައި މިހާރު 50 އަށް ވުރެ ގިނަ ހަނގުރާމަ ހިމެނޭއިރު އޭގެ ތެރޭގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ދެކުނު ސޫދާން، މާލީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލީބިޔާ، ސީރިއާ، ޔަމަން، މެދުއިރުމަތީ، އިރާގު، އަފްޣާނިސްތާން، މިޔަންމާ އަދި ޔޫކްރެއިން ހިމެނެ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 90 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފަ އެވެ.
ދެކުނު އޭޝިއާގައި، 2020 ވަނަ އަހަރުގެ މާޗް މަހު ޔޫއެންއެސްސީގެ ގަރާރު 2513 އިން ތާއީދުކުރި ދޯހާ އެއްބަސްވުން ދަމަހައްޓަން ޔޫއެންއެސްސީއިން ދެކޮޅު ހެދުމުގެ ސަބަބުން އަފްޣާނިސްތާނުގައި ހަލުވިކަމާ އެކު ދަށަށް ދަމުންދާ ހާލަތުގެ ސަބަބުން އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން (ގާތްގަނޑަކަށް 20 މިލިއަން އަންހެނުން)، އެޖެންޑާ 2030 ތަންފީޒު ކުރުމުގައި މުހިންމު ކަންކަން ކަމުގައިވާ ތައުލީމާއި ވަޒީފާގެ އަސާސީ އިންސާނީ ހައްގުތައް ވަނީ އެ މީހުންނަށް ގެއްލިފަ އެވެ.
ބައިނަލްއަގުވާމީ ސުލްހަ އާއި ސަލާމަތާއި ތަރައްގީ އަށް ކުރިމަތިވެފައިވާ މި ގޮންޖެހުންތަކަށް ރައްދު ދެއްވަމުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އދ.ގެ 75 ވަނަ އަހަރީ ދުވަހުގެ ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހެޅުއްވީ އިންސާނިއްޔަތުގެ މައްޗައް ބިނާކޮށް މަލްޓިލޭޓަރަލިޒަމް އިސްލާހު ކުރުމުގެ މުހިންމު ޕްރޮޖެކްޓެކެވެ. މީގެ މައިގަނޑު ދެ މަގުސަދަކީ އދ.ގެ ތެރޭގައި، ހާއްސަކޮށް ޔޫއެންއެސްސީ އަށް އިސްލާހުތައް ގެނައުމެވެ. އަދި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އާންމު ގޮންޖެހުންތަކަށް އިޖާބަދިނުމަށް ޓަކައި، ބައިނަލްއަގުވާމީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި، އިންޓަލިންކްޑް މަލްޓިލޭޓަރަލް އޯގަނައިޒޭޝަން (އދ، އެ ޖަމާއަތުގެ ހާއްސަ އިދާރާތަކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)، ވޯލްޑް ބޭންކް އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންތަކުގެ ގުޅުމަށް އިސްލާހު ގެނައުމެވެ.
އދ.ގެ މެންބަރުކަމުގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ތަރައްގީވަމުން އަންނަ ގައުމުތަކަކީ، އދ.އާއި އެހެނިހެން މަލްޓިލޭޓަރަލް މުއައްސަސާތައް އިސްލާހުކޮށް، އެ ގައުމުތައް މިހާރަށްވުރެ ހަރުދަނާ އަދި ޒިންމާދާރު ބަޔަކަށް ހެދުމުގައި ސީދާ ހިއްސާއެއް އޮންނަ ގައުމުތަކެކެވެ. އެޖެންޑާ 2030 ގެ އެސްޑީޖީ 16.8 ގައި ހިމެނެނީ "ދުނިޔޭގެ ހިންގުމުގެ މުއައްސަސާތަކުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބައިވެރިވުން ފުޅާކޮށް ހަރުދަނާ ކުރުމަށް" މަލްޓިލޭޓަރަލް މުއައްސަސާތައް އިސްލާހު ކުރުމަށް ޔޫއެންޖީއޭގެ އިއްތިފާގުންނެވެ.
ޖެނުއަރީ 12-13 ގައި އިންޑިއާއިން ވަނީ ވާޗުއަލްކޮށް "ވޮއިސް އޮފް ދަ ގްލޯބަލް ސައުތު ފޯ ހިއުމަން ސެންޓްރިކް ޑިވެލޮޕްމަންޓް" ސަމިޓެއް ބާއްވައިފަ އެވެ. އިންޑިޔާގެ މި މަސައްކަތުގެ މުހިންމުކަން ވަޒަންކުރެވެނީ އެފްރިކާގެ 47 ގައުމަކާއި އޭޝިއާގެ 31 ގައުމަކާއި ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 29 ގައުމަކާއި އޯޝޭނިއާގެ 11 ގައުމަކާއި ޔޫރަޕުގެ ހަތް ގައުމަކުން މިކަމަށް އިޖާބަދިނުމުންނެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ގައުމުތައް ގުޅިފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނައުމުގެ ކަންކަމާ ބެހޭގޮތުން އެ ގައުމުތަކުން އިސްކަންދޭ ކަންކަމާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.
ނިއު ދިއްލީ ގްލޯބަލް ސައުތު ސަމިޓުގެ ނަތީޖާ ޖީ-20 މަރުހަލާގެ ތެރެއަށް ގުޅާލާނީ ޖީ-20ގެ މިހާރުގެ ރިޔާސަތުގައި އޮތް އިންޑިއާއިންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޖީ-20ގެ ކުރިއަށް އޮތް ރިޔާސަތާ ހަވާލުވުމަށް ހަމަޖެހިފައިވާ ދެ ގައުމު ވެސް ނިއު ދިއްލީ ގްލޯބަލް ސައުތު ސަމިޓްގެ ބައިވެރިވެފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރު ބްރެޒިލް އަދި 2025 ވަނަ އަހަރު ދެކުނު އެފްރިކާގެ ރިޔާސަތު ބަލަހައްޓުމާ ހަވާލުވުމަށް ވަނީ ހަމަޖެހިފަ އެވެ. ހަމައެއާ އެކުގައި، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ "ސަމިޓް އޮފް ދަ ފިއުޗާ" އަށް ވާންޖެހޭ ތައްޔާރީތަކަށް އިންޑިއާގެ އިސްނެގުމާ އެކު ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ.
މި މަރުހަލާތަކުގެ ތެރެއިން "ރިފޯމްޑް މަލްޓިލޭޓަރަލިޒަމް" ހާސިލުކުރުމަކީ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގުދުރަތީ ގޮތުންނާއި އިންސާނުން އުފެއްދި ސަބަބުތަކުގެ ސަބަބުން ކުރިމަތިވި ހުރަސްތަކަށްފަހު، ބައިނަލްއަގުވާމީ ހާލަތު މުރާޖައާކުރުމަށް ދުނިޔޭގެ ލީޑަރުންނަށް މަޖްބޫރުވާނެ ކަމެކެވެ. މިގޮތުން އދ.ގެ "ސަމިޓް އޮފް ދަ ފިއުޗާ" އިން 2025 ވަނަ އަހަރު އދ.ގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، އދ.ގެ ޖެނެރަލް ކޮންފަރެންސެއް ބޭއްވުމަށް ނިންމި ނިންމުމަކީ އެންމެ އެކަށީގެންވާ ނިންމުމެކެވެ. ޑިޕްލޮމެސީ އާއި މަޝްވަރާ އާއި ތަރައްގީ އަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްގެ ހައިސިއްޔަތުން މި މަގުސަދު ކަށަވަރު ކުރުމުގައި އިންޑިއާ އިން ބޮޑު ދައުރެއް އަދާކުރަން ޖެހޭނެ އެވެ.
• އެޑިޓަރުގެ ނޯޓް: މިއީ އދ.ގައި އިންޑިއާ ބައިވެރިވިތާ 75 އަހަރު ފުރުމާ ގުޅިގެން, ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ޝާއިއުކުރާ ލިޔުމެކެވެ.
މި ލިޔުން ލިޔުއްވި، އަސޯކޭ މުކަރްޖީ ވަނީ އިންޑިއާގެ ފޮރިން ސާވިސްގައި އޭނާ 37 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. ނިއުޔޯކްގައި ހުންނަ އދ. އަށް ކަނޑައަޅާފައި ހުންނަ އިންޑިއާގެ ދާއިމީ މަންދޫބުގެ މަގާމުން ސަފީރު (ރިޓަޔަޑް) އަސޯކޭ މުކަރްޖީ ވަނީ ޑިސެމްބަރު 2015 ގައި ރިޓަޔާ ކުރައްވައިފަ އެވެ.