ވޯޓު: އެންމެ އަސާސީ ހައްގު ވެސް ނީލަމުގައި!
ވޯޓު: އެންމެ އަސާސީ ހައްގު ވެސް ނީލަމުގައި!

ކަރަންޓު ބިލްތައް ނުދައްކާތީ ކަރަންޓު ކަނޑާލަން ނޯޓިސް ފޮނުވާފައި އެބަ އޮތެވެ. އަނެއް ބަޔަކު ފެން ބިލްތައް ނުދެއްކިގެންނެވެ. އާއިލާގެ ކޮންމެވެސް މީހަކަށް ބޭސް ފަރުވާއަށް ފައިސާ ބޭނުންވާ ކަމަށް ބުނާ މީހުން ވެސް ބައިވަރެވެ. އަނެއް ބަޔަކު ހަމަ ފާޅުގައި ބުނަނީ ތިމަންގެ ވޯޓު ވިއްކާނީ ކަމަށެވެ.

ވޯޓު: އެންމެ އަސާސީ ހައްގު ވެސް ނީލަމުގައި!
ވޯޓު: އެންމެ އަސާސީ ހައްގު ވެސް ނީލަމުގައި!

މިއީ އިންތިހާބެއްގައި ވާދަކުރި މީހަކު އޭނާ އަށް އާންމުންގެ ފަރާތުން އައި ހުށަހެޅުންތަކުން ލިސްޓުކޮށްލި ބައެއް ކަންކަމެވެ.

ވޯޓު: އެންމެ އަސާސީ ހައްގު ވެސް ނީލަމުގައި!
ވޯޓު: އެންމެ އަސާސީ ހައްގު ވެސް ނީލަމުގައި!

އޭނާ ބުނި ގޮތުގައި ވަރަށް އާދައިގެ ކަންކަމުން ފެށިގެން ގޮސް ބޮޑެތި ކަންކަމަށް ވެސް ވޯޓުގެ ބަދަލުގައި މީހުން ޑިމާންޑްކުރެ އެވެ. ވޯޓު ގަތުމަކީ ބޮޑު ކޮރަޕްޝަނެއް ކަމަށް ވިޔަސް އޭނާ ބުނީ ކޮންމެ ބަޔަކު ވެސް ކެމްޕެއިން ތެރޭގައި މި ބާޒާރުގެ ތެރެއަށް ވަދެގެން ނޫނީ ޔަގީންކަން ނުލިބޭ ހިސާބަށް މިކަން ބޮޑުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ބޮޑު ޕާޓީއެއްގެ ކެމްޕެއިންތަކުގައި އެތައް ފަހަރު މަސައްކަތް ކޮށްފައިވާ މީހަކު ކިޔައިދިން ގޮތުގައި ވޯޓު ހޯދަން މަސައްކަތްކުރަންޖެހޭ ގޮތް މިހާރު އޮތީ ވަރަށް "ލަދުވެތި" ހާލަތެއްގަ އެވެ. އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ ވޯޓު ވިއްކުމުގެ ކަންކަން މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަލު ވެސް ވެއްޖެ ކަމަށެވެ.

"އާސަންދަ ނުލިބޭއިރު މީހުން އެންމެ ގިނައިން އެދެނީ ބޭސްފަރުވާގެ ނަމުގައި ފައިސާ އަށް. އެކަމަކު އާސަންދަ ލިބެން ފެށި ފަހުން އެކަން ބަދަލުވެއްޖެ. މިހާރު އެ މީހަކު ބޭނުންވާ ކޮންމެވެސް އެހެން ކަމަކަށް ފައިސާ އަށް އެދޭނީ. އެ ވެދާނެ ކުއްޖެއްގެ ކޯސް ފީ ދެއްކުން ނުވަތަ ގޭ ފުރާޅު ޓިނު ބަދަލުކޮށްލަން ހިނގާ ހަރަދު ކަމަށް ވެސް،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ޕާޓީ ވެރިކަމުގައި އޮންނަ އިރު އެންމެ ބޮޑަށް އާންމުންގެ ފަރާތުން ޑިމާންޑްކުރާ ކަންކަމުގެ ތެރޭގައި ވަޒީފާ އާއި ވަޒީފާގެ ޕްރޮމޯޝަނާއި ފްލެޓްގެ ޔަގީންކަން ހިމެނެ އެވެ.

ވެރިކަމުގައި އެ ވަގުތަކު ތިބޭ ބަޔަކު ހިންގާ މަޝްރޫއުތަކާއި ވަކި މޫސުމަކަށް ވާ ވައުދުތަކާއި ކުއްލިއަކަށް ހިނގައިގަންނަ މަޝްރޫއުތަކަކީ އަދި މުޅިން އެހެން ވާހަކައެކެވެ. ކޮންމެ ބަޔަކު ވެސް ވެރިކަމުގައި ތިބޭއިރު ކޮންމެ މަޝްރޫއުއަކީ އަދި ކޮންމެ ވައުދަކީ ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭތީ ކުރާ ކަންކަމަށެވެ. އިންތިހާބަކާ ގުޅޭ ކަމެއް ނޫނޭ ބުނާނެ އެވެ.

"ވޯޓު ހޯދަން ގުޅުމުން އެބަ ބުނޭ އެވެނި ޕާޓީއެއްގެ މީހަކު ޕާޓީ ކަންކަމުގައި އުޅުނީމާ އެވެނި ވަޒީފާއެއް ލިބުނޭ، ފްލެޓް ލިބުނޭ އަހަރެމެން ވެސް އެ ގޮތް ބޭނުމޭ،" ވޯޓާ މެދު އާންމުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވަމުން އަންނަކަން ފާހަގަކުރަމުން އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ވޯޓު ވިއްކާލީމާ ދެން އެ ވޯޓާ މެދު، އެ އިންތިހާބުވީ މީހަކާ މެދު ކުރާނެ ސުވާލެއް ޝަކުވާއެއް ފަހުން ނޯންނާނެ ކަމަށް ބުނެ ވިސްނައިދޭން އުޅުނަސް ހަމަ ކޮންމެ މީހަކު ވެސް "ދެން ވެސް ވޯޓު ހޯދަން އަންނަން ޖެހޭނީ އަހަރެމެން ގާތަށް ނޫންހޭ" ބުނެލާ ކަމަށެވެ.

"މިއީ ހަމަ ބޮޑު ބާޒާރަކަށް ވެއްޖެ. އެކި ކަންކަމާއި ފައިސާއަށް ވޯޓު ވިއްކަން ބޭނުންވެގެން އުޅޭ މީހުންނާއި އިންތިހާބު ކާމިޔާބުކުރަން ވޯޓުކޮޅެއް ގަންނަން ބޭނުންވެގެން އުޅޭ މީހުން ހަމަ ފާޅުގައި އުޅޭނީ."

މިއީ ސިޔާސީ ބޭފުޅުންގެ ފަރާތުން އާންމުން އުންމީދުކުރާ ކަންކަން ނުވުން ނުވަތަ އިތުބާރު ގެއްލުމުގެ ނަތީޖާ ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ބުނެ އެވެ. އެއީ ތެދަކަށް ވެދާނެ އެވެ. އަހަރެމެން ރައްޔިތުންގެ މަތިން އެ މީހުން ހަނދާންވާނީ އިންތިހާބުތަކަށޭ އެހެންވެ އެ މީހުން އަންނަ ފަހަރަކު އެ މީހުން އަތުން ހޯދުނު އެއްޗެއް ހޯދާނީއޭ ބުނާ މީހުން މިހާރު ވަރަށް ގިނަ އެވެ.

ކެމްޕެއިންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް މީހުންނާ ވާހަކަ ދެއްކުމުން ބުނީ ކޮންމެ އިންތިހާބެއްގައި ވެސް ޔަގީން ވޯޓާއި ވޯޓު ދޭނެ ކަމަށް ބުނާ މީހުންގެ ވޯޓުގެ އަދަދު އަންދާޒާކުރުމަށް ފަހު ވާދަވެރި ކެންޑިޑޭޓުންނާ ހުރި ފަރަގު ބަލާފައި ދެން ދިމާކުރަން ޖެހެނީ ވޯޓު ވިއްކާ މީހުންނާ ކަމަށެވެ.

"އެވެނި ކަމެއް ކޮށްދީފި ނަމަ ވޯޓު ދޭނަމޭ ބުނާ މީހުންނާއި ފައިސާ އަށް ވޯޓު ވިއްކާނެ ކަމަށް ބުނާ މީހުންގެ ވޯޓުން ނަތީޖާ ނެރެން ޖެހުނީމާ ވޯޓު ގަތުން އެއީ ހިނގަމުން އަންނަ ކަމެއް. ކެންޑިޑޭޓުން ވެސް ފާޅުގައި އެ ވާހަކައެއް ނުދައްކާނެތާ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މީހުން ކިޔައިދިން ގޮތުގައި، އިންތިހާބުގެ ފޯރި ގަދަވުމާ އެކު "ގަނޑުކޮށް ވޯޓު ވިއްކަން" ވެސް ބައެއް މީހުން އަމިއްލައަށް އާދެ އެވެ. އެއީ އެތައް ބައެއްގެ ވޯޓު އެ މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ބަހައްޓައިގެން ބޮޑު އަގު ހުށަހެޅި ކެންޑިޑޭޓަކަށް އެ އެންމެންގެ ވޯޓު ދޭން އުޅޭ މީހުންނެވެ.

މިއީ އިންތިހާބެއްގެ ކަންކަމުގައި ކިރިޔާ ހޭކިލިޔަސް އެނގޭނެ ކަންކަމެވެ. އެކަމަކު ވޯޓު ވިއްކުމާއި ގަތުމަކީ ވެސް ކޮރަޕްޝަންގެ ކުށަކަށް ވިޔަސް މިކަން ބަލާނެ ބަޔަކު ނެތެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް، ކަމާބެހޭ އިދާރާތަކުން ބަޔާނެއް ނެރެފައި، ވޯޓު ނުވިއްކާށޭ، ނުގަންނާށޭ ފަރުދީ ހައްގު ހެޔޮގޮތުގައި ބޭނުންކުރާށޭ ބުނެލީމާ އެ ތިބީ ޒިންމާ އަދާކުރެވިފަ އެވެ.

ވާދަވެރި ކޮންމެ އިންތިހާބެއްގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް އެންމެ ބޮޑަށް ކުރާ އެއް ތުހުމަތަކީ ވޯޓު ގަނެވިއްކުމެވެ. މިކަން ކުރާ އެއްވެސް ބަޔަކު އުޅޭ ކަމަކަށް ނުވެ އެވެ. އެކަމަކު މިކަން ނުކުރާ ބަޔަކު ވެސް ނެތެވެ. އާންމުންގެ ތެރޭގައި ވެސް ހަމަ މި ގޮތެވެ. ފެންނަ ފެނުމަށް ކޮރަޕްޝަނާ ދެކޮޅެވެ. އެކަމަކު އެންމެ އަސާސީ އެއް ހައްގު ކަމަށްވާ ވޯޓު ވެސް އުޅެނީ ނީލަމަށް ލައިގެންނެވެ.

ރާއްޖޭގައި ވޯޓުގެ ކަންކަން އޮތީ ސިޔާސީ މީހުން ބޭރަށް މި ދައްކާ ގޮތަކަށް ނޫނެވެ. ވޯޓު ދޭން ތިބި މީހުންގެ އަތުން ވޯޓު ގަންނަ ވާހަކައެއް ނުދައްކާނެ އެވެ. އެންމެން ވެސް ކިޔާނީ ތާއީދު އޮތް ވާހަކަ އެވެ. ވޯޓު ވިއްކާ މީހަކު ވެސް ގަންނަ މީހަކު ވެސް ނެތީ އެވެ!