މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި
މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި މިއަދު ހިންގި މާރާމާރީއެއްގައި މީހަކަށް ވަޅިން ހަމަލަދީ ޒަހަމް ކޮށްލައިފި އެވެ.

މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި
މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

އެ މާރާމާރީ ހިންގީ މިއަދު އަމީނީ މަގުން ޣިޔާސުއްދީން ސްކޫލް ކައިރީގަ އެވެ.

ފުލުހުން ބުނީ މާރަމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 4:10 ގައި ކަމަށާއި އެ ހާދިސާގައި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

އޭނާ އަށް މިވަގުތު އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާ އަށް ލިބުނީ ކިހާ ސީރިއަސް އަނިޔާތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ބަޔަކު މާރަމާރީ ހިންގައި އޭނާގެ ގަޔަށް ވަޅި ހެރީ އެވެ.

އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ދާދި ފަހުން ވެސް މާލޭގައި މާރަމާރީއެއް ހިންގައި މީހަކަށް ވަނީ ހަމަލަދީ ޒަހަމް ކޮށްލައިފަ އެވެ.