ރައީސްގެ ތުހުމަތު: ޕީޕީއެމުން އުޅެނީ ޕްރައިމަރީ ގަޑުބަޑުކުރަން، ސަމާލުވޭ!
ރައީސްގެ ތުހުމަތު: ޕީޕީއެމުން އުޅެނީ ޕްރައިމަރީ ގަޑުބަޑުކުރަން، ސަމާލުވޭ!

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރުމަށް އިދިކޮޅު، ޕީޕީއެމުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރައްވައިފި އެވެ.

ރައީސްގެ ތުހުމަތު: ޕީޕީއެމުން އުޅެނީ ޕްރައިމަރީ ގަޑުބަޑުކުރަން، ސަމާލުވޭ!
ރައީސްގެ ތުހުމަތު: ޕީޕީއެމުން އުޅެނީ ޕްރައިމަރީ ގަޑުބަޑުކުރަން، ސަމާލުވޭ!

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާޅޮހުގައި އެމްޑީޕީ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އެމްޑީޕީގެ ޕްރައިމަރީއަކަށް އެހެން ޕާޓީތަކުން އޭގެ ތެރެއަށް ވަދެގަނެގެން އުޅޭ ކަމަށެވެ.

ރައީސްގެ ތުހުމަތު: ޕީޕީއެމުން އުޅެނީ ޕްރައިމަރީ ގަޑުބަޑުކުރަން، ސަމާލުވޭ!
ރައީސްގެ ތުހުމަތު: ޕީޕީއެމުން އުޅެނީ ޕްރައިމަރީ ގަޑުބަޑުކުރަން، ސަމާލުވޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެކަމާ ދޭތެރޭ އެމްޑީޕީގެ މެމްބަރުން ވިސްނަންޖެހޭނެ ކަމަށާއި އިދިކޮޅުން ކުރަމުންގެންދާ ކަންތައްތަކަކީ އެމްޑީޕީ އަށް ވެރިކަމުގައި އޮވެވެން އޮތުމުން އެކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށެވެ.

"ބައެއް ރަށްރަށުން އެ މަންޒަރު މިހާރު ފެންނަމުންދޭ. ތިބޭފުޅުން ވިސްނަވަން ވާނެ މަގްސަދަކީ ކޮބައިތޯ، އެ ބޭފުޅުން ކުރައްވަނީ ކޮން ކަމެއް ކަން ސާފުކޮށް. އެމްޑީޕީ އަށް ވެރިކަމުގައި ދެމިތިބެ އޮތްކަން އެނގޭތީ އެކަމަށް ހުރަސް އަޅަން އޮތް ކަންތައްތައް އެބޭފުޅުން އެ ކުރައްވަނީ،" ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް، އެ ބޭފުޅުންނަށް ވާދަ ކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ މި ގަޑުބަޑު ކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނުކުމެ އެ ތިބީ."

އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަަމަށާއި އެ ޕާޓީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް އަބަދުވެސް ވާދަވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، މި ފަހަރުގެ ޕްރައިމރީއަކީ ވެސް ވާދަވެރި ނަމުނާ ޕްރައިމަރީއެއް ކަމަށް ވިދާޅުވި އެވެ.

"ނަމޫނާ ދައްކަމުން މި ގެންދަނީ، މި ޕްރައިމަރީ ވެސް ވެގެން ދާނީ ރާއްޖެ އަށް ނަމޫނާއަކަށް، ދެން ހުރި ސިޔާސީ ޕާޓީތަކަށް، އެ ފަރާތްތަކުން ބޭނުންވާ ގޮތަށް އަނބުރާލުމަށްޓަކައި ކުރާ މަސައްކަތެއް މިއީ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ޝުއޫރު ފާޅުކުރުމާއި އެއްވެ އުޅުމަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ.

އެގޮތުން މި ވެރިކަމަށް އައި އިރުގައި އެއީ ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމަކަށް ވިޔަސް 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ފަހުގައި އެއްވެސް ކަހަލަ ހުރަހެއް ނެތި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދޫކޮށްލި ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަން ޖެހޭނެ، ތިމާ ފާޅުކުރާ ހިޔާލެއް ނުވަތަ އުފުލާ އަޑަކީ ނަތީޖާއަކަށް ވެގެން ނުވާނެ، ޖެހިގެން ހުންނަ މީހާގެ ކަންފަތުގެ ތޫރި ފޫއަޅުވާލާ އެއްޗަކަށް، އެ ހިސާބަށް ދިޔައީމާ ދެން ޖެހޭނީ އެއާ ދޭތެރޭގައި ވެރިކަމުގައި ތިބި ބަޔަކު ވިސްނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.