ސެންޓު ވިއްކާ ޖޮލާޓީން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ސެންޓު ވިއްކާ ޖޮލާޓީން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

މަޝްހޫރު އެކި ބްރޭންޑްތަކުގެ ސެންޓު ވިއްކާ އޮންލައިން ޕޭޖު "ޖޮލާޓީ" އިން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޮޝަނެއް ފަށައިފި އެވެ.

މިދިޔަ މަހު ފަށައި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި "ގިވްއަވޭ" އެއް ވެސް ދޭން ވަނީ ނިންމައިފަ އެވެ.

އެ "ގިވްއަވޭ"ގައި ބައިވެރިވެވޭނީ އެ ޕޭޖުން ސެންޓުފުޅިއެއް ގަތުމަށް ފަހު ފޭސްބުކް ޕޭޖު ލައިކުކޮށް، އިންސްޓްގްރާމް ޕޭޖު ފޮލޯކޮށް، އެ ޕްރޮމޯޝަނާ ގުޅޭ ޕޯސްޓު ޝެއާކޮށްގެންނެވެ. އެ "ގިވްއަވޭ" ފެބްރުއަރީގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ޖޮލާޓީން ބުނީ އެ ޕޭޖުން ވިއްކާ ސެންޓަކީ ފްރާންސުން ގެންނަ އޮރިޖިނަލް އޮތެންޓިކް ސެންޓު ކަމަށެވެ. މިއީ ގިނައިރު ވަސް ހުންނަ، ކޮލިޓީ ރަނގަޅު ސެންޓު ކަމަށް ވެސް ބުންޏެވެ.