އެންމެ ބޮޑު ހައިރާންކަމެއް ގެނުވާނީ އަޝްފާ!
އެންމެ ބޮޑު ހައިރާންކަމެއް ގެނުވާނީ އަޝްފާ!

ފިލްމުގެ ޕްރޮޑިއުސަރަށް އޮތް އެއް ޔަގީން ކަމަކީ، މި ފިލްމުގެ ވާހަކަ އެވެ؛ ދެން ތަރިންނެވެ؛ އޭގެ ތެރެއިން ވެސް، ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ހުނަރެވެ. "ބީވީމާ"ގެ ޕްރޮޑިއުސަރު މުހަންމަދު އަލީ (މޮގާ) އަށް އަޝްފާއާ ދޭތެރޭ ސުވާލެއް ނެތެވެ!

އެންމެ ބޮޑު ހައިރާންކަމެއް ގެނުވާނީ އަޝްފާ!
އެންމެ ބޮޑު ހައިރާންކަމެއް ގެނުވާނީ އަޝްފާ!

"ކުރިމަގުގައި ރަނގަޅު ފިލްމުތަކެއް ޗޫސްކޮށްގެން ކުރިއަށް ހިނގައްޖެ ނަމަ އަޝްފާ ވާނެ ހަމަ މި ދާއިރާ ހައިރާންކޮށްލުވާނެ ވަރުގެ ތަރިއަކަށް،" މޮގާ ބުންޏެވެ.

އެންމެ ބޮޑު ހައިރާންކަމެއް ގެނުވާނީ އަޝްފާ!
އެންމެ ބޮޑު ހައިރާންކަމެއް ގެނުވާނީ އަޝްފާ!

އަންނަ މަހުގެ 6ގައި އޮލިމްޕަހުގައި އަޅުވާ، ޑާކްރެއިންގެ "ބީވީމާ"ގެ ހުރިހާ މަސައްކަތެއްހެން ފުރިހަމަކޮށް، ފިލްމު އެއްކޮޅުން އަނެއްކޮޅަށް ބަލައި ނިންމާލުމަށް ފަހު މޮގާ ދިން އެއް ޔަގީން ކަމަކީ އެ ފިލްމުގެ ކާސްޓްގެ ހުނަރެވެ.

އެންމެ ބޮޑު ހައިރާންކަމެއް ގެނުވާނީ އަޝްފާ!
އެންމެ ބޮޑު ހައިރާންކަމެއް ގެނުވާނީ އަޝްފާ!

"މި ފިލްމުގެ ކާސްޓް ހަމަޖެއްސީ އަޅުގަނޑުގެ އަންހެނުން. އަޝްފާ އަކީ ވެސް އޭނާގެ ޗޮއިސްއެއް. އަޅުގަނޑު ބުނާނީ މިއީ މި ފިލްމަށް 100 ޕަސެންޓް ފިޓް ކާސްޓެކޭ،" އަޝްފާގެ އިތުރުން ކޮޕީ އިސްމާއިލް ރަޝީދާއި އައިމިނަތު ރަޝްފާ (އާޝާ) އަދި އަލަށް ތައާރަފްވާ އާދަމް ޒިދާން (ނާނަ) ލީޑު ރޯލުން ފެންނަ ފިލްމާ ބެހޭ ގޮތުން މޮގާ ބުންޏެވެ.

މިއީ، ލަވަކިޔުމުގެ ދާއިރާގެ އެންމެ މަތީ ހަރުފަތުގައި ހުރުމަށް ފަހު، އަޖުމަ ބަލައިލުމުގެ ގޮތުން އަޝްފާ ކުޅުނު ފިލްމެކެވެ. އޭނާ ބުނި ގޮތުގައި އޭނާ ބޭނުންވީ، ފިލްމެއްގެ މަސައްކަތް ތަޖުރިބާކޮށްލުމެވެ.

"އަހަންނަކީ އަބަދުވެސް އަހަރެން ކުރާ ކޮންމެ ކަމެއް ވެސް ވަރަށް ޕާފެކްޓްކޮށް ކުރަން ބޭނުންވާ މީހެއް. އެހެންވެ، މި ފިލްމު ވެސް ކުޅުނީ ވަރަށް ބޮޑަށް ތައްޔާރުވެގެން. ދުރާލައި މަންޒަރުތަކަށް ތައްޔާރުވެގެން،" އޭނާ ބުންޏެވެ.

ޝޫޓިން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު އެ ފިލްމު ސިނަމާ އަށް އަންނަ އިރު، އަޝްފާ އަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވައިފަ އެވެ. އެއީ، އެ ފިލްމު ބަލައިފައި ޑާކްރެއިންގެ މުޅި ޓީމު އޭނާގެ ހުނަރަށް ކުރި ތައުރީފެވެ.

"އަހަރެން އަދި މުޅި ފިލްމެއް ނުބަލަން. އެކަމަކު ޑާކްރެއިންގެ ޓީމު އެ ފިލްމު ބަލައިފައި ވަރަށް ރަނގަޅޭ ބުނި އެކި މީސްމީހުން. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ރީތި އެތައް ލަވައެއް ކިޔާފައިވާ އަޝްފާ ބުންޏެވެ.

"އެކަމަކު ފިލްމު ސިނަމާގައި އަޅުވާތީ ވަރަށް ބޮޑަށް އެކްސައިޓް ވެފައި މިހުރީ ވެސް."

އެކަމަކު އޭނާ އަށް އެންމެ މުހިންމީ ބެލުންތެރިންގެ ކޮމެންޓެވެ. ފިލްމީ ދާއިރާ އިން ކުރިއަށް ދާނީތޯ ނުވަތަ ނުދާނީތޯ އަޝްފާ ނިންމަން އާންމުންގެ ކޮމެންޓް އޭނާ އަށް ވަރަށް މުހިންމެވެ.

"ކުރިން ވެސް ފިލްމީ ދާއިރާ އިން ވަރަށް ގިނަ އޮފާތައް ލިބުނު. އެކަމަކު މި ފިލްމު ކުޅުނީ މީގެ ވާހަކަ ވަރަށް ރީތިވެފައި ކެރެކްޓާ ރަނގަޅުވެފައި، މި ފިލްމަކީ އަހަރެންގެ ފުރަތަމަ ފިލްމަށް ހަދަން ޖެހޭ އެހެން ސަބަބުތަކެއް ވެސް ހުރީމަ،" އަޝްފާ ބުންޏެވެ.

"އެކަމަކު ކުރިއަށް އޮތްތާނގައި މިކަން ކުރާނީތޯ، އެކަން އަދި ނުނިންމަން."

"ބީވީމާ"ގެ ކޮންމެ މަންޒަރެއް ވެސް އޭނާ ކުޅުނީ ކުޅޭ ހިތުން، އެކަމާ ވެގެންނެވެ. އެހެންވެ، އޭނާ ބެލުންތެރިންނަށް ދޭން އޮތް ޔަގީން ކަމަކީ ވެސް މި ފިލްމަކީ، ބަލާލަން ކަމުދާނެ ފިލްމެއް ކަމެވެ.

"ޔަގީނުން ވެސް ބުނަން ކެރިދާނެ މި ފިލްމަކީ އެ ފިލްމު ބަލަން ހުސްކުރާ ވަގުތު ބޭކާރުވެގެން ދާނެ ފިލްމެއް ނޫން. އަހަރެން އަހަރެންގެ އެންމެ ރަނގަޅު އެކްޓިންއެއް މީގައި ދެއްކިން. ހިތްހަމަޖެހޭ ވަރަށް ޕާފޯމްކުރިން. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިއްސެ އާއި ޑައިރެކްޓަރު ވެސް އަހަރެން ކުޅުނު ބަޔަށް ޕޮޒިޓިވް ކޮމެންޓްތަކެއް ހުރީމަ. ދެން މީގައި ތިބި ތަރިން ވެސް ހަމަ އެހެން. ސްޓޯރީ އެހާ ރީތި އަދި މިއީ ކޮންމެ މީހެއްގެ ހަޔާތުގެ ވެސް ވަކި ހިސާބެއްގައި ކޮންމެވެސް ގޮތަކުން ތަޖުރިބާ ކޮށްފައި ހުރެދާނެ ކަންތައްތަކެއް ހިމެނޭ ފިލްމެއް،" އަޝްފާ ބުންޏެވެ.

"ގައިމު ވެސް މީހުން މި ފިލްމު ބަލައިފައި ޑިސެޕޮއިންޓެއް ނުވާނެ."