މައުލޫމާތު ފޯރުކޮށްދޭން ސްޓެލްކޯއިން ބޮޑު ޓީވީ ސްކްރީނެއް ބަހައްޓައިފި
މައުލޫމާތު ފޯރުކޮށްދޭން ސްޓެލްކޯއިން ބޮޑު ޓީވީ ސްކްރީނެއް ބަހައްޓައިފި

އިސްތިހާރު ދައްކައި އާއްމުން ހޭލުންތެރިކުރުވައި އަދި ކަރަންޓުގެ ހިދުމަތާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއިން ބޮޑު ޓީވީ ސްކްރީނެއް ބަހައްޓައިފި އެވެ.

މައުލޫމާތު ފޯރުކޮށްދޭން ސްޓެލްކޯއިން ބޮޑު ޓީވީ ސްކްރީނެއް ބަހައްޓައިފި
މައުލޫމާތު ފޯރުކޮށްދޭން ސްޓެލްކޯއިން ބޮޑު ޓީވީ ސްކްރީނެއް ބަހައްޓައިފި

"މާ ޓީވީ"ގެ ނަމުގައި ސްޓެލްކޯގެ ފުރަގަހުން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ބެހެއްޓި މި ލެޑް ޓީވީ ސްކްރީން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝަކޫރު ވިދާޅުވީ އެ ސަރަހައްދުގައި ސްކްރީން ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަަށެވެ. އޭނާ ވިދާޅުވީ 35 ފޫޓު، 19 ފޫޓުގެ ސްކްރީނުން އިސްތިހާރުތަކާއި ކަންކަމަށް އާއްމުން ހޭލުންތެރިކުރުވުމުގެ މެސެޖުތައް ވެސް ގެނެސްދޭނެ ކަމަށެވެ.

"ސަރުކާރުގެ އޮފީސްތަކުގެ ނޯޓިސްތަކާއި އަދި އެހެން ކުންފުނިތަކުގެ އިސްތިހާރުތަކާއި އަދި އަޅުގަނޑުމެން ބޭނުންވާ މައުލުމާތު ވެސް ފޯރުކޮށްދެވެމުން ގެންދެވޭނެ. ކުއްލި ގޮތަކަށް ކަރަންޓް ކަނޑާލާ ސަރަހައްދުތަކުގެ މައުލޫމާތު ވެސް ފޯރުކޮށްދެވޭނެ،" ޝުކޫރު ވިދާޅުވި އެވެ.

ސްކްރީން ބަހައްޓާފައިވާ ސަރަހައްދަކީ މާލެ އާއި ހުޅުލެ ގުޅުވާލާ ބްރިޖް ހެދުމުން ގިނަ ބަޔަކު ބޭނުން ކުރާނެ ސަރަހައްދެއް ކަމަށާއި ސްކްރީންގެ ފައިދާ ގިނަ ބަޔަކަށް ކުރާނެ ކަމަށް ޝުކޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސްވިމިން ޓްރެކުގައި ކަސްރަތު ކުރާ މީހުންނަށް ވެސް ހާއްސަ މިއުޒިކް ޖެހުން ފަދަ ކަންކަން ވެސް މި ސްކްރީން މެދުވެރިކޮށް ކުރެވިދާނެ ކަމަށެވެ.

މި ސްކްރީން ޖައްސާފައި ހުންނާނީ ކޮންމެ ދުވަހަކު 15 ގަޑިއިރަށެވެ.