22 ޖެނުއަރީ 2023 - 11:55

ސްޓޮކްހޯމް (ޖެނުއަރީ 22) - ތުރުކީގެ ދެކެ ރުޅި އައިސްގެން، ސްވިޑެންގެ ސިޔާސީ ޕާޓީއެއް ލީޑަރަކު އެ ގައުމުގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި ގުރުއާން އަންދައިފި އެވެ.
ސްވިޑެންގެ ކަނާތު ފިޔައިގެ ހަރުކަށި ވިސްނުމެއް ގެންގުޅޭ ސިޔާސީ ޕާޓީ "ފާ-ރައިޓް ޑެނިޝް ޕާޓީ" ގެ ލީޑަރު ރަސްމޫސް ޕަލޫޑާން، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި ގުރުއާން އެންދީ ނޭޓޯގެ މެންބަރުކަން ހޯދަން ސްވިޑެން ކުރާ މަސައްކަތަށް ތުރުކީން ތާއީދު ނުކުރާނެ ކަމަށް ބުނުމުންނެވެ.
ފުލުހުން ސަލާމަތީކަންކަން ބަލަހައްޓަމުން ދިޔަ އެމްބަސީގެ ސަރަހައްދުގެ ބޭރުގައި ގުރުއާން އަންދަން ފެށުމުގެ ކުރިން ޕަލޫޑާން ވަނީ އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކައި އެއްގަޑިއިރުގެ ތަގުރީރެއް ދެއްވައިފަ އެވެ.
ޕަލޫޑާން އަކީ މުސްލިމުންނާ ދެކޮޅު ސިޔާސީ ފިކުރެއް ގެންގުޅޭ ސިޔާސީ ލީޑަރެކެވެ. މިދިޔަ އަހަރު އޭޕްރީލް މަހު އޭނާ ވަނީ ރޯދަ މަހާ ދިމާކޮށް ގުރުއާން އެންދުމުގެ ކެމްޕޭނެއް ސްވިޑެންގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ ކަމަށް އިއުލާންކޮށްފަ އެވެ. އެކަމަިގެ ސަބަބުން ސްވިޑެންގައި ހަމަނުޖެހުންތައް އުފެދުނެވެ.
ގުރުއާން އަންދަން ޕަލޫޑާން އާއި އޭނާގެ ސަޕޯޓަރުން ނުކުތުމުން، މިހަފަުތާގައި ތުރުކީ އަށް ދަތުރުކުރަން ހަމަޖެހިފައިވާ ސްވިޑެންގެ ޑިފެންސް މިނިސްޓަރު ޕީޓާ ހަލްޓްކްވިސްޓްގެ ދަތުރުފުޅު ތުރުކީން ވަނީ ކެންސަލްކޮށްފަ އެވެ.
ގުރުއާން އެންދި މައްސަލަ ތުރުކީ އާއި ސައުދީ އަރަބިއާގެ ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.