85 ރަށް ނުހެދި، މާދަމާ އަނެއްކާ ވެސް އިތުރު ރަށްތަކެއް!
85 ރަށް ނުހެދި، މާދަމާ އަނެއްކާ ވެސް އިތުރު ރަށްތަކެއް!

އެއް ބައެއްގެ ނަޒަރުގައި ކުރިއަށް ގެންދަންވީ މަޝްރޫއަކީ ނުހެދި ހުރި ރަށްތައް ހެދުމެވެ. އެކަމަކު ސަރުކާރުން ދެކެނީ އެހެން ގޮތަކަށެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ނުހެދި ހުރި ރަށްތަކެއް އެބަހުއްޓޭ ކިޔައިފައި، ޓޫރިޒަމް ފެތުރުމުގެ ސިޔާސަތު ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

85 ރަށް ނުހެދި، މާދަމާ އަނެއްކާ ވެސް އިތުރު ރަށްތަކެއް!
85 ރަށް ނުހެދި، މާދަމާ އަނެއްކާ ވެސް އިތުރު ރަށްތަކެއް!

ޓޫރިޒަމަށް އިއުލާނުކޮށް، އަދި ރަށްތައް ހަވާލުކޮށްފައިވާ 85 މަޝްރޫއެއް މިހާރު ވެސް "ވީނުވީ" ނޭނގި އެބައޮތެވެ. އެތަންތަނުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް އެތައް މިލިއަން ޑޮލަރަކަށް އަރަ އެވެ. އޭގެ ތެރެއިން ބައެއް ރަށްރަށް ނަގައިގެން އުޅޭ މީހުން މިހާރު ތިބީ ދަރައިވިކި ހުސްވެފަ އެވެ. އެ މައްސަލަ އަށް ހައްލެއް ނުލިބި އޮއްވައި، މި ސަރުކާރުން މާދަމާ ހަތަރު ވަނަ ބުރަށް ރަށްތައް ދޫކުރަން ފަށާނެ އެވެ.

85 ރަށް ނުހެދި، މާދަމާ އަނެއްކާ ވެސް އިތުރު ރަށްތަކެއް!
85 ރަށް ނުހެދި، މާދަމާ އަނެއްކާ ވެސް އިތުރު ރަށްތަކެއް!

ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި މާދަމާ 14 މަޝްރޫއެއް އިއުލާންކުރާނެ އެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން އޮންނަ ރަށްރަށް ގުޅުވާލައިގެން [އެއްކޮށްލައިގެން] ހިންގާ ގޮތަށް ރިސޯޓް ހަދަން ވެސް ރަށްރަށް ދޫކުރާނެ އެވެ. މީގެ އިތުރުން، މާލެ އަތޮޅުން ވެސް ފަޅެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

85 ރަށް ނުހެދި، މާދަމާ އަނެއްކާ ވެސް އިތުރު ރަށްތަކެއް!
85 ރަށް ނުހެދި، މާދަމާ އަނެއްކާ ވެސް އިތުރު ރަށްތަކެއް!

އަލަށް ހުޅުވާލާ ރަށްތައް:

ހއ. އާއި ހދ. އިން: ތިން ރަށް

މ. އަތޮޅުން: އެއް ރަށް

ތ. އަތޮޅުން: އެއް ރަށް

ގއ. އަތޮޅުން: ދެ ރަށް

ގދ. އަތޮޅުން: ތިން ރަށް

މާލެ އަތޮޅުން: އެއް ފަޅު

ފ. އަތޮޅުން: ދެ ފަޅު

ރ. އަތޮޅުން: އެއް ފަޅު

މިނިސްޓަރު ވިދާޅުވި ގޮތުގައި ނުހެދި އޮތް 80 އަށް ވުރެ ގިނަ ރަށް ހަދަން އެންމެ މަދުވެގެން ވެސް 900 މިލިއަން ޑޮލަރު އެބަ ބޭނުންވެ އެވެ. އޭނާ ވެސް އުފެއްދެވި ސުވާލަކީ، އިންވެސްޓަރުން ނުލިބި، ނުވަތަ އެ ރަށްރަށް ގަންނާނެ ފައިނޭންސަރުންގެ އިންތިޒާރުގައި ޓޫރިޒަމް ސިޔާސަތު މަޑުޖައްސާލަންވީތޯ އެވެ.

"އެކަންތައްތަކާ ހެދި, ޓޫރިޒަމްގެ ދުވެލި މަޑު ޖައްސާލެވޭކަށް ވެސް ނެތް. އެހެންވެ އިތުރު ރަށްރަށް ދޭން ވެސް މިޖެހެނީ،" މައުސޫމް ވިދާޅުވި އެވެ.

"މިހާރު ނުހެދި ހުރި ތަންތަނަކީ އަލަށް ހަދަން ބޭނުންވާ މީހުންނަށް އެވެއިލަބްލް ތަންތަނެއް ނޫން. އެ ރަށްރަށް ނުހެދި ތިބި މީހުންނަށް އެތަންތަނަށް ވަރަށް ބޮޑު ހަރަދެއް ކުރެވިފައި ހުރީ. ނުވަތަ ފައިނޭންޝަލީ ވަރަށް ބޮޑު ބާޑްންއެއްގައި އެ މީހުން ތިބީ. އެހެންވެ ފައިންނޭންސަރަކަށް [އެ ރަށްތަކާ] ކައިރިވެވޭކަށް ނެތް."

އޭނާ ވިދާޅުވި ގޮތުގައި ކުރިއާ މިހާރުގެ ތަފާތަކީ ރަށް ތަރައްގީ ކުރުމުގެ ވިސްނުމުގައި ނޫން ގޮތަކަށް އެއްވެސް މީހަކު މިހާރު ބިޑް ނުކުރުމެވެ.

"މީގެ ފަސް ހަ އަހަރު ކުރިން ހަ މިލިއަން ޑޮލަރަށް ރަށެއް ވިއްކިއޭ ކިޔައިފައި މިހާރު އެ އަތަށް ލައިގެން ހުންނަން ހެޔޮ ނުވާނެ. މިއަދު މާކެޓްގައި ހުރި އެއްޗެއް ބަލާފައި އެ އަގު ނިންމުން ރަނގަޅީ. އަޅުގަނޑުގެ ވާހަކައަކީ މި ދެންނެވިހެން ހަ މިލިއަން ޑޮލަރަށް ރަށެއް ގަންނާނެ ކަމަށް ބަލައިގެން އެ ހިފަހައްޓައިގެން ތިބި ދުވަސް މިހާރު މާޒީވެއްޖެއޭ. ސަރުކާރަށް ނުވަތަ އެހެން ފަރާތަކަށް ވެސް ދައްކަން އޮތް އެއްޗެއް ދައްކައި ނިންމާފައި އެ ރަށް އަވަހަށް ހުޅުވައިގެންނޭ މިހާރު އެއްޗެއް ލިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެ ހުރިހާ ދަރަންޏެއް ދައްކައި، އަދި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ހުރިހާ ޝަރުތަކާ އެކު ފައިނޭންސަރު މިހާރު ރަށްރަށް ގަތުމަކީ ވަރަށް ނާދިރު ކަމެއް."

އެކި މައްސަލަތަކާ ހެދި، ކުރިއަށް ނުގޮސް ހުރި ރަށްރަށް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ގާނޫނަށް އިސްލާހު ގެނެސް، ތިން އަހަރުގެ ތެރޭގައި އެތަންތަން ނިންމުމަށް އެގްރިމެންޓް ކޮށްފައި ކަމަށް މައުސޫމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށްތައް ހެދިއްޖެ ނަމަ، ޓޫރިޒަމަށް ހީވެސް ނުކުރާ ވަރުގެ ބޫސްޓެއް އަންނާނެ އެވެ.

"އެތަންތަން މާކެޓަށް ނެރުމަކީ އަޅުގަނޑުމެން އިސްކަން ދޭ ކަންތައް. ހުއްޓިފައި ހުރި ރަށްރަށް ހުއްޓިފައި ހުރި ސަބަބު ހޯދައި ޖެހިފައި ހުރި މައްސަލަތައް ހައްލު ކުރުމުގައި މިނިސްޓްރީން ވެސް އެބަ ސަޕޯޓް ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އެ ރަށްރަށް ހުޅުވެންދެން މަޑެއް ނުކުރެވޭނެ. ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ އާ އިންވެސްޓަރުންނަށް އެބަ ފުރުސަތު ހޯދައިދޭން ޖެހޭ. އަނެއްކޮޅުން ސަރުކާރަކީ އެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ތަން."

މައުސޫމް ވިދާޅުވީ ޓޫރިޒަމްގެ ސިޔާސަތަކީ މުޅި ރާއްޖެ އަށް ޓޫރިޒަމް ފުޅާކުރުން ކަމަށެވެ. އަދި، އެހެން މަޝްރޫއުތައް ވެސް ކާމިޔާބު ކުރުމަށްޓަކައި، ޓޫރިޒަމް ފެތުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. މާދަމާ އިއުލާންކުރާ ރަށްތައް ކަނޑައަޅާފައި ހުންނާނީ އެ ވިސްނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ކަމަކަށް އަޅުގަނޑުމެން އިސްކަން މިދެނީ. އެއް ކަމަކީ ހަދަމުންދާ އެއާޕޯޓްތައް ފީސިބަލްކުރުން. އަނެއް ކަމަކީ ރައްޔިތުން އެ މީހުން ބޭނުންވާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކުރުން،" މައުސޫމް ވިދާޅުވި އެވެ.

"މިސާލަކަށް ހަނިމާދޫ އެއާޕޯޓް ރަނގަޅަށް ހިނގައިގަނެ, އެ ސަރަހައްދު ޓޫރިޒަމް ހަބަކަށް ހެދުމަށް ރަށްތައް އެބަ މުހިންމުވޭ. ގއ. ގދ. ހިސާބުގައި ވެސް އެނދު އަދިވެސް މަދު. ހުވަދު އަކީ ވެސް ހަމަ އިންޓަނޭޝަނަލް އެއާޕޯޓް އަންނާނެ ސަރަހައްދެއް. އެ ތަންތަނަށް އަޅުގަނޑުމެން މިފަހަރު ބޮޑަށް މި އަމާޒުކުރީ. ހަމައެގޮތަށް ތ. އަތޮޅު ވެސް. ވިލުފުށީގައި މިހާރު އެއާޕޯޓެއް އެ އިއުލާންކުރީ."

އޭނާ ވިދާޅުވީ، ޓޫރިޒަމްގެ ކޮންސެޕްޓަށް އައި ބަދަލުތަކާ އެކު އޮތް އުފާވެރި ކަމަކީ، ބިޑްކުރާ މީހާ އެ ރަށް ހަދާނެ ކަމުގެ ޔަގީންކަން ލިބުމެވެ.

"ދޫކުރާ ރަށްރަށް އެއްވެސް މީހަކު ނުނެގުމަކީ ކަންބޮޑުވާންވީ ކަމެއް ނޫން. އެކަމަކު، ނަގާ ރަށެއް ހަދާނެ ކަމުގެ ޔަގީންކަން މިހާރު އޮންނާނެ. ނަގައިފިއްޔާ ވަރަށް ބޮޑު ގެރެންޓީއެއް އެ ލިބުނީ ޓޫރިޒަމްގެ ފައިދާ އެ ހިސާބަކަށް ލިބޭނެ ކަން."

މި ސަރުކާރުގައި މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރަށްތަކަށް ހުޅުވާލިޔަސް، ފުރަތަމަ ފަހަރު ފިޔަވައި، ދެން އައި ދެ ފަހަރު ވެސް ވީ ނާކާމިޔާބެވެ. ބައިވަރު ރަށްރަށް ހުޅުވާލުމުން، ތިން ވަނަ ބުރުގައި ވިކުނީ އެންމެ ރަށެކެވެ. އޭގެ ކުރިން އޮތް ބުރުގައި ވެސް އިންވެސްޓަރުން ޝައުގުވެރިއެއް ނުވި އެވެ. އަނެއްކޮޅުން، ރާއްޖޭގައި މީގެ ކުރިން ޓޫރިޒަމަށް ވިއްކާފައި ހުރި ރަށްރަށާ ނުބައްދަލު ހެޔޮ އަގުތަކެއް ޖަހައިގެން ވެސް އެކަން ކާމިޔާބެއް ނުވި އެވެ.

"ކާމިޔާބުގެ މިންގަނޑަކީ އިކުއިޒިޝަން ކޮސްޓެއް ނޫން. އެ ރަށްރަށް ހަދައިގެން މާކެޓަށް ނެރުން،" އޭނާ ވިދާޅުވި އެވެ.

"އިކުއިޒިޝަން ކޮސްޓަކީ އެންމެ ފަހަރަކު ވަންނަ އާމްދަނީއެއް. ހަގީގީ ފައިދާ މި އޮންނަނީ ރަށްރަށް ހުޅުވި ހިންގައިގަންނަން ފެށީމަ އެއިން ލިބޭ ޓެކްސް އާއި އެތަނުން އުފެދޭ ވަޒީފާ އާއި އެހެނިހެން ކަންކަން. އެހެންވެ އަޅުގަނޑުމެން މިހާރު ބިޑްތަކުގައި ވެސް މި ޖަހަނީ ފަށާނެ އަގު. އެންމެ ދަށް އަގު،" މައުސޫމް ވިދާޅުވި އެވެ.

ކުރީގެ ތަޖުރިބާތަކަށް ބަލައި، އާ ރަށްތަކަށް ބިޑްކުރުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރީ ފަހަރުތަކުގައި ރަށްރަށަށް އިންވެސްޓަރުން ނުލިބުނީ ރާއްޖޭގެ ޕްރޮޑަކްޓާ ދޭތެރޭ ސުވާލެއް އޮވެގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ހުޅުވާލި ރަށްތަކަށް ބިޑް ކުރި އިރު އެއީ ކޮވިޑްގެ މެދުތެރެ. އެފަހަރު އެއްވެސް މީހަކަށް ބޭންކަކާ ހިސާބަކަށް ނުދެވުނު. އެތައް ބަޔަކު ބިޑް ނެގި. އެކަމަކު ބިޑް ނެގީ ވަރަށް ގިނަ ފައިސާ ހުރި މީހުން. އެކަމަކު ބައެއް މީހުން ޓެކްނިކަލް އެރާސްތަކާ އެކު ޑިސްކޮލިފައިވީ،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމްގެ ބައެއް ތަފާސްހިސާބު:

● ނުހެދި ހުރި ރަށްތަކުގެ އަދަދު: 61

● ނުހެދި ހުރި ފަޅުގެ އަދަދު: 24

● މި ވަގުތު ހިންގަމުން އަންނަ ރިސޯޓްތަކުގެ ޖުމްލަ: 168

● ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އަދަދު: 1216

● މި ވަގުތު ހިދުމަތް ދޭ އެނދުގެ އަދަދު: 59734

"ކުރިއަށް އޮތްތާނގައި ބިޑް ވިއްކާއިރު ދެ ކަމަކަށް އަޅުގަނޑުމެން ބަލާނަން. އެއް ކަމަކީ, ފުރުސަތު އޮންނާނެ ބިޑް ކޮންމެ ރަށަކަށް ވެސް ލާން. އެހެންވެ ޚުދު އަޅުގަނޑަށް ވެސް ނޭނގޭނެ ބިޑް ފޮތް ގަންނަ މީހާ ކޮން ރަށަކަށް ކަމެއް ލާނީ. އަނެއް ކަމަކީ ރަށްތައް އިއުލާން ކުރުމާ ހިސާބުން ފެށިގެން އިންފޮމޭޝަން ސެޝަންތަކެއް ކުރިއަށް ގެންދިއުން."

މިފަހަރު ރަށްތައް އިއުލާންކުރުމަށް ފަހު ބިޑް ހުށަހެޅުމާ ދޭތެރޭ ވަރަށް ގިނަ ދުވަސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރީގެ ތެރޭގައި ކިރިޔާ ވެސް އުޅޭ މީހަކަށް ބޭންކަށް ގޮސް މިކަންކަން ކުރެވޭނެ ވަގުތު އޮންނާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ ކުރިން ވެސް ދެންނެވިހެން އެންމެ ފަހަރަކު އެ ލިބޭ އިކުއިޒިޝަން ފީއެއް ނޫން. ރަށް ހުޅުވައި ތަރައްގީ ކުރުން."