ރަވީނާ ޓަންޑަންގެ ދަރިފުޅު ފިލްމު ކުޅެން ފަށަނީ
ރަވީނާ ޓަންޑަންގެ ދަރިފުޅު ފިލްމު ކުޅެން ފަށަނީ

ބޮލީވުޑް ތަރި ރަވީނާ ޓަންޑަން އާއި އަނިލް ތަދާނީގެ ދަރި، ރަޝާ ތަދާނީ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަށް ތައްޔާރު ވާން ފަށައިފި އެވެ.

ރަވީނާ ޓަންޑަންގެ ދަރިފުޅު ފިލްމު ކުޅެން ފަށަނީ
ރަވީނާ ޓަންޑަންގެ ދަރިފުޅު ފިލްމު ކުޅެން ފަށަނީ

ރަޝާގެ އެކްޓިން ޑެބިއު ފެނިގެންދާނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އަންނަން އުޅޭ އެކްޝަން-އެޑްވެންޗާ ފިލްމުންނެވެ.

އަބީޝެކް ބުނިގޮތުގައި، އުމުރުން 17 އަހަރުގެ ރަޝާ އަށް ދޭން ނިންމި ރޯލަށް އޭނާ ރަނގަޅުވާނެ އެވެ. އެއީ ތަފާތު ކެރެކްޓާއެއް ކަމަށާއި، އެ ފިލްމުގެ ލީޑިން އެކްޓަރުން މިހާރު ވަނީ ތަމްރީނުތައް ފަށައިފަ އެވެ.

އެކްޓިންގެ އިތުރުން ރަޝާ އަކީ އެހެން ހުނަރުތަކަށް ވެސް މޮޅު ކުއްޖެކެވެ. އެގޮތުން، އޭނާއަކީ ޓައިކްވަންޑޯ ބެލްޓު ލިބިފައިވާ ހުނަރުވެރި "ވައިލްޑް ލައިފް" ފޮޓޯގްރާފަރެކެވެ. އަދި ރަޝާ އަކީ ލަވަކިޔުމަށް ވެސް ލޯބި ހުންނަ ކުއްޖެކެވެ. ރަޝާ ލަވަކިޔަނިކޮށް ހުންނަ ބައެއް ވީޑިއޯތައް އޭނާ ވަނީ ސޯޝަލް މީޑިއާއާ ހިއްސާކޮށްފަ އެވެ.

ރަޝާގެ އެކްޓިން ޑެބިއުގެ ހަބަރާ އެކު ފޭނުން ތިބީ އެ އާ މޫން ސިނާމާގެ ސްކްރީނުން ފެންނާނެ ދުވަހަކަށް ކެތްމަދު ވެފަ އެވެ.

މި އަހަރަކީ ބޮލީވުޑަށް އާ ގިނަ ޒުވާން މޫނުތަކެއް އިތުރުވެގެން ދާނެ އަހަރެކެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މިހާރުގެ މަޝްހޫރު ތަރިންގެ ދަރިންނާއި އެ މީހުންގެ އާއިލާގެ މެމްބަރުން ވެސް ހިމެނެ އެވެ.