"އެންޓްމޭން އެންޑް ދަ ވަސްޕް: ކުއަންޓަމޭނިއާ"ގެ ޓްރެއިލާ ވަރަށް ސަޅި، ފިލްމު އަންނަ މަހު!
"އެންޓްމޭން އެންޑް ދަ ވަސްޕް: ކުއަންޓަމޭނިއާ"ގެ ޓްރެއިލާ ވަރަށް ސަޅި، ފިލްމު އަންނަ މަހު!

މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ ފޭސް ފަހެއްގެ ފުރަތަމަ ފިލްމު "އެންޓްމޭން އެންޑް ދަ ވަސްޕް: ކުއަންޓަމޭނިއާ" ގެ ޓްރެއިލާ އަށް ގިނަބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

"އެންޓްމޭން އެންޑް ދަ ވަސްޕް: ކުއަންޓަމޭނިއާ"ގެ ޓްރެއިލާ ވަރަށް ސަޅި، ފިލްމު އަންނަ މަހު!
"އެންޓްމޭން އެންޑް ދަ ވަސްޕް: ކުއަންޓަމޭނިއާ"ގެ ޓްރެއިލާ ވަރަށް ސަޅި، ފިލްމު އަންނަ މަހު!

މި މަހުގެ 10 ވަނަ ދުވަހު ނެރުނު ޓްރެއިލާ މިހާތަނަށް 20 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު، ފިލްމު ނުނިކުމެގެން ކެތްމަދުވެފައި ތިބި އެތައް ފޭނުންނެއް ވަނީ ޓްރެއިލާގެ ރީތި ކަމަށް ތައުރީފްކޮށްފަ އެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ނިންމާފައިވާ އެ ފިލްމުގައި ފެނިގެންދާނީ އެމްސީޔޫގެ ދުނިޔެ ބަދަލުކޮށްލި "އެވެންޖާސް: އިންފިނިޓީ ވާ" އަދި "އެވެންޖާސް: އެންޑްގޭމް" އަށް ފަހު ފިިލްމުގެ މެއިން ކެރެކްޓަރު ސްކޮޓް ލޭންގް/އެންޓްމޭން (ޕޯލް ރަޑް) އޭނާގެ އާއިލާ އާއި ރައްޓެހިންނާ އަލުން ދިމާވާ ފަހުން، އާ ޑިވައިސް އެއް އެ މީހުން ކުއަންޓަމް ރެއަލްމުގެ ތެރެއަށް ދަމައިގަންނަފަހުން ހިނގާ ކަންކަން ކަމަށް މާވެލް އިން ބުނެފައިވެ އެވެ.

ސްކޮޓް އާއި ހޯޕް (އިވެންޖެލީނާ ލިލީ) އެ ދެ މީހުންގެ އާއިލާ އާއި ބައެއް މީހުންނަށް އެ ރެއަލްމު ތެރެއިން ފެންނަނީ ނުބައި ވެރިއެއްގެ ދަށުވެފައިވާ މުޅިން އާ ދުނިޔެއެކެވެ. އެއީ "އެވެންޖާސް: ސީކްރެޓް ވާސް" ގައި ވެސް ވިލަންގެ ރޯލުން ފެންނާނެ ކަމަށް ބުނާ "ކޭންގް" އެވެ.

ތާނޯސްއާ ހެދި ސްކޮޓަށް އޭނާގެ ދަރިފުޅުގެ ހަޔާތުން ގެއްލުން ފަސް އަހަރު އަނބުރާ ހޯދުމަށް ކޭންގާއެކު އެއްބަސް ވާކަން ޓްރެއިލާ އިން އިނގެ އެވެ. ނަމަވެސް، ފަހު ވަގުތު ކޭންގް އޭނާގެ އެއްބަސްވުމަކަށް ތަބައެއް ނުވެ އެވެ.

އެންޓްމޭންގެ ފުރަތަމަ ދެ ބައި ވެސް ޑައިރެކްޓްކުރި ޕޭޓަން ރީޑް ޑައިރެކްޓްކުރާ މި ބައި، ލިޔެފައިވަނީ ޖެފް ވެލްނެސް އެވެ. އަދި އެންޓްމޭން ފްރަންޗައިޒަށް އެނބުރި އަންނަ ކާސްޓުންގެ ތެރޭގައި ޕޯލް އާއި އިވެންޖެލީނާގެ އިތުރުން މައިކަލް ޑަގްލަސް އާއި މިޝޭލް ފައިފާ ފާހަގަކޮށްލެވެ އެވެ. އަދި އެ ފިލްމަށް އިތުރުވާ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޖޮނަަތަން މޭޖާސް އާއި، ކެތްރީން ނިއުޓަން އަދި ބިލް މައުރީ އެވެ.