ވޯލްޑް ކަޕަށް ފަހު ބަޔާންގެ ފުރަތަމަ މެޗު، މޮޅެއް ނުވެވުނު
ވޯލްޑް ކަޕަށް ފަހު ބަޔާންގެ ފުރަތަމަ މެޗު، މޮޅެއް ނުވެވުނު

ލައިޕްޒިގް (ޖެނުއަރީ 21) - ވޯލްޑް ކަޕް މުބާރާތަށް މެދުކަނޑާލި ޖަރުމަން ލީގުގެ ކުޅުން ރޭ އަލުން ފެށައި، އާރުބީ ލައިޕްޒިގާއި ލީގު އެއްވަނައިގައި އޮތް ބަޔާން މިއުނިކް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

ވޯލްޑް ކަޕަށް ފަހު ބަޔާންގެ ފުރަތަމަ މެޗު، މޮޅެއް ނުވެވުނު
ވޯލްޑް ކަޕަށް ފަހު ބަޔާންގެ ފުރަތަމަ މެޗު، މޮޅެއް ނުވެވުނު

މިޑް ސީޒަން ބްރޭކުގެ 68 ދުވަހަށް ފަހު އަލުން ލީގު ފަށައިގެން ފުރަތަމަ މެޗުގައި ލީޑު ނެގީ ބަޔާނުންނެވެ. ސާޖް ގްނަބްރީ ނަގައިދިން ބޯޅައަކުން 37 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ އެރިކް މެކްސިމް ޗޯޕޫ މޮޓިން އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ލައިޕްޒިގަށް އެއްވަރު ކޮށްދިނީ ޑިފެންޑަރު މާސެލް ހަލްސްޓެންބާގެވެ.

މި މެޗުގައި ބަޔާންގެ ގްނަބްރީ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒު ވިއިރު، ލިއޯން ގޮރެޓްޒްކާގެ ގޯލެއް އޮފްސައިޑް ވެގެން ބަލައިގަނެފައެއް ނުވެ އެވެ.

ބަޔާންގެ ގޯލު ރޭގެ މެޗުގައި ބެލެހެއްޓީ މި ހަފްތާ ބަންދުގައި ޖަރުމަންގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ދޫކޮށް، ބެޔާނަށް ބަދަލުވި ސްވިޒަލެންޑްގެ ގޯލްކީޕަރު ޔާން ސޮމާ، 34، އެވެ. އޭނާ ބެޔާނަށް ބަދަލުވީ 8.3 މިލިއަން ޕައުންޑް (10.28 މިލިއަން ޑޮލަރު) އަށް 2025 ގެ ޖޫން އާ ހަމައަށެވެ.

ބެޔާންގެ އެއް ނަމްބަރު ގޯލްކީޕަރު މެނުއެލް ނޯޔާ ގެ ފައި ބިންދައިގެން ގޮސްގެން އޭނާ އަށް ވަނީ ސީޒަން ނިމިފަ އެވެ. އޭނާ އަށް އަނިޔާ ވީ ވޯލްޑް ކަޕަށް ފަހު ޗުއްޓީގައި ސްކީ ކުރަން އުޅުމުގެ ތެރޭގަ އެވެ.

މި ނަތީޖާއާ އެކު ބަޔާން އެއްވަނައިގައި އޮތީ، 16 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ފްރެއިބާގް ދެވަނައިގައި އޮތީ 30 ޕޮއިންޓާ އެކު އެވެ. ލައިޕްޒިގް ތިންވަނައިގައި އޮތީ ފްރެއިބާގަށް ވުރެ ޕޮއިންޓެއް މަދުން ހޯދައިގެންނެވެ.