ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ

އެމްޑީޕީއާ އެކު ކުރިއަށް ދާން ބޭނުންވި އާއްމު މެމްބަރުން ޖަމާވެ، އާޓިފިޝަލް ބީޗް ސަރަހައްދުން މިރޭ ދެއްކީ މި މަހުގެ 28 ގައި އޮންނަ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެ ނިމިއްޖެ މަންޒަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ

ރާއްޖޭގެ އެކި ރަށްތަކުގައި ކުރެއްވި ކެމްޕޭން ދަތުރުތަކަށް ފަހު، މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އެ ސަރަހައްދު އޮތީ އެމްޑީޕީގެ މެމްބަރުންނާ އެކު ފުރިބާރުވެފަ އެވެ. މާލޭގެ ގިނަ ރައްޔިތުންނާ އެކު ރަށްރަށުން ވެސް ޖަލްސާގައި ބައިވެރިވި އެވެ.

ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ

އެމްޑީޕީގެ ސަފުތައް އަތުރާލައި މެމްބަރުން އެ ތަނުގައި ތިބި އަދަދަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީ ބޭނުންވާ ގޮތް މިރޭ ސާފުކޮށްދީފި ކަމަށެވެ. އެއީ އެ މަނިކުފާނާ އެކު ޕްރައިމަރީ ނިންމާލުން ކަމަށް ވިދާޅުވި އެވެ.

ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ

ރައީސް ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް އަދި ސިޔާސީ މަސައްކަތް އަބަދުވެސް އެކުގައި ކުރެއްވި ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި މި ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަަމަ ޔަގީންކަން އެބައޮތެވެ.

ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ

"އެއްވެސް ޝައްކެއް ނެތް, އެއްވެސް ޝައްކެއް ނެތް, މި ތަނުން މިއަދު މިއޮތީ އެކަން ނިންމާފައި. ނިމިއްޖެ ނިމިއްޖެ ނިމިއްޖެ," ޖޯޝާއި ފޯރީގައި ރައީސް ވިދާޅުވި އެވެ.

ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ

ޕްރައިމަރީގެ ވޯޓު ވެސް "ނިމިއްޖެ" ރައީސް ވިދާޅުވާން ފެއްޓެވީ އެ މަނިކުފާނުގެ މި ދައުރުގެ ތެރޭގައި މަޝްރޫއުތައް "އަންނަނީ، އަންނަނީ" ގައި ނުނިމި ލަސްވެފައިވާ ކަމަށް ނަޝީދު އަމާޒުކުރައްވާ ފާޑުވިދާޅުވުންތަކަށެވެ. ރައީސް މިރޭ ވަނީ އެ މަނިކުފާނުގެ މި ވެރިކަމުގައި މަޝްރޫއުތައް އަންނަނީ ކަމަަށް ފާޑުވިދާޅުނުވެވޭކަން މަޝްރޫއުތަކުގެ އަދަދުތަކުން ދައްކަވައިފަ އެވެ.

ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ޕްރައިމަރީގެ ނަތީޖާ

މި ދައުރުގެ ތެރޭގައި ފަށައިގެން މިހާތަނަށް ނިމިފައި ހުރި ގިނަ މަޝްރޫއުތައް ތަފްސީލްކޮށްދެއްވި އެވެ. މަޝްރޫއުތައް އަންނަނީ ކަމަށް ވާދަވެރިޔާ، ނަޝީދަށް ވެސް ފާޑުވިދާޅުނުވެވޭނެ ސަބަބަކީ އެއްވެސް ސަރުކާރަކަށް ނުގެނެވޭހާ ގިނަ މަޝްރޫއުތައް މި ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދީފައިވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

- ވެރިކަމެއްގައި، އެންމެ ގިނަ މަޝްރޫއު ހިނގީ މި ދައުރުގައި.

- އެއްވެސް ސަރުކާރެއްގައި މިއަދަދަށް ޕްރޮޖެކްޓް ހިންގި ތަން ނުފެންނާނެ.

- މި ޕްރައިމަރީއަކީ އެމްޑީޕީ އާއި މުޅި ރާއްޖެއަށް މުހިއްމު ފުރުސަތެއް.

- މިއީ ރާއްޖޭގެ މަސްލަހަތު ހިފަހައްޓާ ވޯޓަކަށް ހަދާނަން.

- އެމްޑީޕީގެ ދެ ވަނަ ދައުރަކަށް މިހިރީ ތައްޔާރަށް.

- މަޝްރޫއުތައް ބާރުމިނުގައި ގެންގޮސް މުޅި ރާއްޖެއަށް ބޮޑު ބަދަލެއް ފެންނާނެ.

- އަތޮޅު ތެރޭގެ ތަރައްގީ ވަށައި ޖެހި މާލެއަށް ލުއި ލިބޭނެ.

- ހާސްކަމުން ނެއްޓި ހަމަޖެހޭ ދިރިއުޅުމެއް މުޅި ރާއްޖެއަށް ލިބޭނެ.

ރައީސް ވިދާޅުވީ އަންނަނީ ކަމަށް ވިދާޅުވާ ހުރިހާ ކަމެއް މި ސަރުކާރުގައި އަންނަނީ ވައުދުވި ގޮތަށް ފުރިހަމަކޮށްދެމުން ކަމަށެވެ. މިސާލު ދައްކަވަމުން މިހާތަނަށް މި ސަރުކާރުން ނިންމައި ރައްޔިތުންނަށް ފައިދާ ވަމުން އަންނަ މަޝްރޫއުތަކުގެ ތަފްސީލް ދެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި މާލޭގެ މީހުންނަށް އިން ކަނޑައި ގޯތި ދޭނީ ވެސް އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގަ އެވެ.

"ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށައި ނިންމައި ފްލެޓުގެ ތަޅުދަނޑި އަތަށް ދޭނީ އަޅުގަނޑު," ރައީސް ވިދާޅުވި އެވެ.

އެ ފްލެޓްތައް ތަފާތުވާނެ ކަމަށާއި އަމިއްލައަށް އެކަން ތަޖުރިބާކުރައްވަން ރައީސް އެދިވަޑައިގަތެވެ.

ރައީސް މިރޭ ވަނީ އެމްޑީޕީގެ މި ޕްރައިމަރީގެ ކެމްޕޭންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތައުރީފްކުރައްވައި ނަޝީދު ދައްކަވާ ވާހަކަފުޅުތަކާ މެދު ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަށްޓަކައި ވެސް ކުރަން ހެޔޮނުވާވަރުގެ ކަންކަން ހުންނާނެ އެވެ.

މި ސަރުކާރުގެ ހަތަރު އަހަރަށް ވުރެން ޔާމީންގެ ވެރިކަމާއި އެމަނިކުފާނު ވެރިކަން ކުރެއްވި ގޮތާ ރުހިވަޑައިގަންނަވާ ކަމަށް ދޭހަވާ ގޮތަށް ނަޝީދު ކުރައްވާ ތައުރީފްގެ ރައްދުގައި ރައީސް ހަނދާންކޮށްދެއްވީ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުން ތިބި ބިރުވެރި ހާލަތެވެ. އަނިޔާވެރިކަން ފެތުރިފައި އޮތް މިންވަރު ހަނދާން ނުނެތޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ސިފަތައް އެނބުރި ރާއްޖެ ގެނައުމަށް އެއްވެސް ވަރަކަށް ދުލެއް ނުދެވޭނެ ކަމަށެވެ.

"އެ އަނިޔާ އާއި ބިރަށް އަޅުގަނޑު އޯކޭއެއް ނޫން. އެ މީހުންނާ އެކީ އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ," ރައީސް ވިދާޅުވި އެވެ.

ކެމްޕޭންގައި ޕީޕީއެމްގެ މެމްބަރުން ރުހޭ ގޮތަށް ޔާމީން މޮޅުކޮށް ނަޝީދު ވާހަކަ ދައްކަވާއިރު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެމްޑީޕީ އެކަނިވެ އެހެން ހުރިހާ ޕާޓީތަކުން ދެކޮޅަށް ނުކުމެ މަގުމަތިވާން ޖެހުނީ އެމްޑީޕީގެ މެމްބަރުންގެ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށް ވިދާޅުވެ ވެސް ރައީސް ރައްދު ދެއްވި އެވެ.

އެމްޑީޕީގެ މެމްބަރުންނަކީ، ރައީސް ވިދާޅުވި ގޮތުގައި، އަނިޔާގައި އެންމެ ބިރުވެރި ތަޖުރިބާކޮށްފައި ތިބި މީހުންނެވެ. އެނބުރި އެ މާޒީއަށްދާން ބޭނުން ނުވާ ކަމަށާއި އެމްޑީޕީގެ މެމްބަރުން ތިބީ އެމަނިކުފާނާ އެކު ކުރިއަށް ދާން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ ކެމްޕޭންގައި ބޭނުންކުރައްވާ ސްލޯގަން "އެމްޑީޕީ ކުރިއަށް" މެމްބަރުންނާ އެކު ތަކުރާރު ކުރައްވަމުންނެވެ.