22 ޖެނުއަރީ 2023 - 13:59

ކޮންސްޓްރަކްޝަން ކެމިކަލްސް ވިއްކާ ފިހާރަ އައިވްސްއިން އަލަށް ތައާރަފް ކުރި ސެލްސިލްގެ ޕްރޮޑަކްޓުތަކުން 25 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނަކީ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ.
އައިވްސް ފިހާރައިން ސެލްސިލްގެ ޕްރޮޑަކްޓުތައް ތައާރަފް ކުރީ މި ދިޔަ މަހުގެ ފަހުކޮޅު އެވެ. އެ ބްރޭންޑަކީ 107 ގައުމެއްގައި ވިއްކާ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެއް ކަމަށް އައިވްސްއިން ބުނެ އެވެ.
ސެލްސިލްގެ އެކި ވައްތަރުގެ ސިލިކޯން، ސީލަންޓް، އެދީސިވްސް، ފޯމްސް އަދި ސްޕްރޭ އައިވްސްއިން ލިބޭނެ އެވެ.
އައިވްސް އިން ބުނި ގޮތުގައި އެ ބްރޭންޑުގެ ޕްރޮޑަކްޓުތަކަކީ ތަތް ގަދަ، ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ފުރިހަމަ އަށް ބޭނުން ކުރެވޭނެ ބްރޭންޑެކެވެ.
އެ ފިހާރައިން ލިބެން ހުރި ބައެއް ސެލްސިލް ޕްރޮޑަކްޓުތަކުގެ ތެރޭގައި ސެލްފޯމް ބީ1 ފަޔާ ރެސިސްޓަންޓް ފޯމަކީ ގަން ނުވަތަ ސްޓްރޯ ގްރޭޑުގެ އަލިފާން ނުހިފާ ފޯމެކެވެ. މިއީ ކޮންސްޓްރަކްޝަން ތަކެތި ތަތް ކުރުމަށް ބޭނުން ކުރެވޭ ތަތް ގަދަ އަދި ބޭނުން ކުރުމަށް ފަހު އޭގައި ކުލަވެސް ލެވޭނެ އެއްޗެއް ކަމަށް އައިވްސްއިން ބުނެއެވެ.
އައިވްސްއިން ލިބެން ހުރި އެ ބްރޭންޑުގެ ސެލްސިލް އަލްޓްރާ ޓެކް އަކީ ބާރުގަދަ ހަބްރިޑް ބޭސްޑް ސީލަރެއް ކަމަށް އެ ފިހާރައިން ބުންޏެވެ. އަދި މީގެން 300 ކިލޯއާ ހަމައަށް ބުރަދަން ހުންނަ ދަގަނޑު، އެލުމިނިއަމް، ބިއްލޫރި، ޕްލާސްޓިކް ފަދަ އެކި ތަކެތި ހަރުކުރުމަށް ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ. އަދި އެ ތަނުން ވިއްކާ ސެލްސިލް އަލްްޓްރާ ކްލިއާ އަކީ ފެނުއަޑީގައި ބޭނުން ކުރެވޭ ތަތްގަދަ ބާރު ގަދަ ސީލަރެއް ކަމަށް ވެސް ބުންޏެވެ.
އެ ފިހާރައިން ލިބެން ހުރި ސެލްސިލް ޕެކް މިރަކަލް މަލްޓި ޕާޕަސް ކްލީނިން ޕޭސްޓް އަކީ ސިންކާއި، އުނދުނާއި ބޭކިން ޓްރޭ އާއި އަވަނާއި ފާހަނަ އާއި އައުޓްޑޯ ފަރުނީޗަރު ފަދަ ތަކެތީގައި ހުންނަ ޑިސްކަލަރޭޝަނާއި ދަބަރު ފިލުވުމަށް ބޭނުން ކުރެވޭ މަލްޓި ޕާޕަސް ކްލީނިން ޕޭސްޓެއް ކަމަށް އައިވްސްއިން ބުނެ އެވެ.
އައިވްސްގެ ފިހާރަ ހުންނަނީ ނިކަގަސް މަގުގަ އެވެ.